ގެދޮރާބެހޭ ގޮތުން އެންމެ ދުވަސްވީ މައުލޫމާތުތަކެއް ލިބޭ މޯލްޑިވްސް ލިވިން އެކްސްޕޯ 2019 އަންނަ ފެބްރުއަރީ މަހު ބާއްވަން ތައްޔާރުވެއްޖެއެވެ.

މިއަދު ޗަންޕާ ސެންޓްރަލް ހޮޓެލްގައި ވަނީ މި ފެއާ ފެށުމަށް ސްޕޮންސަރުނާއެކު އެބަސްވުމެއްގައި ސޮއިކޮށްފައެވެ. މިފަހަރު ލިވިން އެކްސްޕޯގެ މެއިން ސްޕޮންސާ ނަގާފައި ވަނީ އެލައިޑް އިންޝުއަރެންސެވެ. ކޯ-ސްޕޮންސަރުންނަކީ އަކުއާ ވިޓާ ރެސިޒެޑްންސާއި ސްރީލަންކާގެ ލަގްޒަރީ ޕްރޮޕަޓީ ބްރޭންޑް އަލްޓީ, އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިން , ބްރޯޑްކާސްޓިން ޕާޓްނަރ އަކަށް ޕީއެސްއެމް ވަނީ ހަމަޖައްސާފައެވެ.

މިފެއާ އިންތިޒާމު ކުރާ ހައިރައިޒުން ބުނި ގޮތުގައި ފެބްރުއަރީ މަހުގެ 7 އިން 9 އަށް ދަރުބާރު ގޭގައި ކަމަށެވެ. މި އެކްސްޕޯގައި ގެދޮރާބެހޭ ގިނަ މައުލޫމާތު ތަކެއް ދޭނެ ކަމަށެވެ. މިއީ މި އެކްސްޕޯ ބާއްވާ ހަތްވަނަ ފަހަރެވެ.

މި އަހަރުގެ ލިވިން އެކްސްޕޯގައި މިހާތަނަށް 10 ކުންފުންޏަކުން ބައިވެރިވެފައިވާއިރު ހައިރައިޒް އިން ބުނި ގޮތުގައި ބުނި ގޮތުގައި މިފަހަރު ބާއްވާ އެކްސްޕޯގައި އެހެން އަހަރު ތަކާއި ހިލާފަތް ގިނަ ބައިވެރިން ބައިވެރިވާނެ ކަމަަށެވެ.

ރިއަލްއެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެމީހުންގެ މުދަލާއި ހިދުމަތް ދައްކައިލުމުގެ އިތުރުން މައުލޫމަތު ބަދަލުކޮށް ފުރުސަތުތައް އިތުރުކުރުމަށް މަގުފަހިކޮށްދޭނެ މި އެކްސްޕޯ އެންމެ ފުރަތަމަ ބާއްވާފައިވަނީ 2013 ވަނަ އަހަރު އެވެ.

މި ފަހަރުގެ ލިވިން އެކްސްޕޯ ގައި ރާއްޖޭގެ އިތުރުން އަވައްޓެރި ގައުމުތަކުގައި ހުރި ރިއަލްއެސްޓޭޓްގެ ވިޔަފާރީގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ވެސް ލިބިގެންދާނެއެވެ

"މޯލްޑިވްސް ލިވިން އެކްސްޕޯ 2019"ގައި ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ބޮޑެތި ޑިސްކައުންޓުތަކުގެ އިތުރުން އަގުހުރި އިނާމްތަކެއް ހުށަހަޅައިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު