އެމް&އެމްސް އަކީ ގިނަ ބަޔަކަށް ކަމުދާ އެއްޗެކެވެ. މީގެ 77 އަހަރު ކުރިން 1941 ގައި އުފައްދަން ފެށި އެމް&އެމްސް އަކީ ދިވެހިންގެ ތެރޭގައިވެސް މަޤްބޫލުކަން ހޯދާފައިވާ އެއްޗެކެވެ. އެމް&އެމްސް ކަމުދާ ފަރާތްތަކަށް މިއޮތީ އުފާވެރި ޚަބަރެކެވެ. އެމް&އެމްސް އިން އާ ފްލޭވަރ އެއް މިވަނީ ތަޢާރަފްކޮށްފައެވެ.

"ހޮޓް ކޮރޮސް ބަން" ގެ ނަން ދީފައިވާ މިފްލޭވާގެ އިންތިޒާރުގައި މިއަދު ގިނަ ބަޔަކު އެބަތިއްބެވެ. ނަމަވެސް މި ފްލޭވަރ އަދި ވިއްކަން ފަށާފައިވަނީ ހަމައެކަނި އޮސްޓްރޭލިޔާގައެވެ. "ހޮޓް ކޮރޮސް ބަން" ބޮޑަށް ރަހަލަނީ އީސްޓަރގެ ކަމަށް މިތަކެތީގެ ރަހަ ބަލާފައިވާ ފަރާތްތަކުން ހާމަކުރެއެވެ.

އޮސްޓްލޭލިޔާގައި ގިނަ ބަޔަކު އެމް&އެމްސް ގެ ރަހަ ބަލާފައިވާއިރު، ގިނަ ބަޔަކަށް އެކަމުގޮސްފައިވެއެވެ. މިކަން ޓްވިޓަރ އަދި އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓްތަކުން އެގެއެވެ. ބެލެވޭ ގޮތުގައި މި ފްލޭވަރ މިއަހަރު ނިމޭ ހިސާބުގައި އިންޓަރނޭޝަނަލް މާކެޓްއަށް ނިކުންނާނެއެވެ.

މާރސް ވިގްލެރަލީ ކޮންފެކްޝަންއިން އުފައްދާ އެމް&އެމްސް 100 އަށްވުރެ ގިނަ ޤައުމުގައި ވިއްކަމުން އަންނަ ޕްރަޑަކްޓެކެވެ.

ކިޔުންތެރިންގެ ހިޔާލު