ބޭންކް އޮފް މޯލްޑިވްސް ގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ 3 ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ ބީއެމްއެލްގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު 3 މާރިޗު 2019 ވާ އާދިއްތަ ދުވަހު 16:00 ގެ ނިޔަލަށް ބީއެމްއެލްގެ ހެޑް އޮފީހުގެ 06 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓުން ބަލައިގަންނަމުންދާނެއެވެ.

މި މަޤާމަށް ކުރިމަތި ލެއްވޭނީ، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ޢުމުރުން 30 އަހަރާ 70 އަހަރާ ދެމެދުގެ ބޭފުޅުންނަށެވެ. އަދި މި ފަރާތްތަކުގެ ކިބައިގައި އެމްއެމްއޭ ގެ ޕްރުޑެންޝިއަލް ރެގިއުލޭޝަންގެ 'ފިޓް އެންޑް ޕްރޮޕަރ ރިކުއަރމެންޓްސް' ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ހުރުން ލާޒިމްކުރެއެވެ.

މީގެ އިތުރުން ބޭންކުގެ ހިންގާ ޤަވާއިދުގެ 53 ވަނަ މާއްދާގައި ޑިރެކްޓަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަކަށް ވާންވާނެއެވެ. މި ޝަރުތުތައް ބޭންކުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައި ވެއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނެންސް ކޯޑު ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޭންކުގެ ބޯޑުގައި ޖެންޑަރ ޑައިވަރސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑުގެ މެންބަރުންގެ ގޮތުގައި އަންހެން ކަނބަލުން ކުރިމަތިލުމަކީ ބީއެމްއެލް އިން އަބަދުވެސް މަރުޙަބާ ކިޔާކަމެއް ކަމަށް ބީއެމްއެލް އިން ވިދާޅުވެއެވެ.

ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމާއި، އެފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބީއެމްއެލްގެ ގެ ހެޑް އޮފީހުގެ 6 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް 3 މާރިޗު 2019 ވާ އާދިއްތަ ދުވަހުގެ 00:16 ކުރިން ހުށަހަޅުއްވާ ނުވަތަ މި ބޭންކުގެ ކުންފުނީ ސެކްރެޓަރީ mv.com.bml@samah އަށް އީމެއިލް ކުރެއްވުމަށް ބީއެމްއެލް އިން އެދެއެވެ.

މިފޯމު ލިބިވަޑައިގަންނަވާނީ ބީއެމްއެލްގެ ހެޑް އޮފީހުގެ ކޯޕަރޭޓް އެފެއާޒް ޔުނިޓުންނެވެ. އަދި ބޭންކުގެ ވެބްސައިޓް mv.com.bankofmaldives.www އިން ޑައުންލޯޑް ކުރެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު