ދުޅަހެޔޮ ހަށިގަނޑެއް ބޭނުންވެ، ސިއްހަތައް ސަމާލުކަން ދޭ މީހުން މިހާރު ވަރަށް ގިނަ ވެއްޖެއެވެ. ނަމަވެސް ބައެއް ފަހަރު ކަސްރަތުތައް ދަސްކުރަން ތަނަކަށް ނުވަތަ މީހެއްގެ ކައިރިއަށް ބޮޑު އަގެއް ދީގެން ދިއުން އެއީ ކޮންމެ މީހަކަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ.

އެކަމާ ކަންބޮޑުވާނެ ކަމެއް ނެތެވެ. މިއޮތީ ދުޅަހެޔޮ، ރީތި ހަށިގަނޑެއް ބޭނުންވާ ކޮންމެ މީހަކަށް ވެސް ރަނުގެ ފުރުސަތެކެވެ. ޓެކްނޮލޮޖީގެ ކުރިއަރާފައިވާ ޒަމާނުގެ ފަސޭހައާއި އެކު ކަސްރަތު ކުރަންވީ ގޮތް ކިޔައިދޭނެ އިނިސްޓެކްޓަރާއި، ކެއުން ބުއިމުގެ ކަންތައްތައް ބަހައްޓަންވީ ގޮތް "ދެން އަންނީ ގެއަށެވެ."

"ފިޓްނެސްޓް" ނަމަކަށް ކިޔާ އޮންލައިން ޕްރޮގްރާމް ނުވަތަ އެޕްލިކޭޝަނުން ކަސްރަތު ކުރުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ވީޑިއޯ އާއި އެކު ކިޔައި ދޭނެއެވެ. އެޕްލިކޭޝަންގައި 300 އަށް ވުރެ ގިނަ ވީޑިއޯ ހިމެނިފައި ވާނެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ޕްރޮގްރާމްގެ ކޮންސަލްޓަންޓުންނާއި ވާހަކަދައިގެން އިތުރު މައުލޫމާތު އޮޅުން ފިލުވޭނެއެވެ.

ކަސްރަތު ކުރަންވީ ޓައިމް ޓޭބަލް އެކުލަވާލާ، އަމިއްލަ ހަށިގަނޑު ހުރި ހާލަތު ރެކޯޑް ކުރެވި ދެން ކަންތައް ކުރަންވީ ގޮތް ކިޔައިދޭނެއެވެ.

ކެލޮރީސް ހަށިގަނޑުން އަނދައިގެންދާ މިންވަރާއި، ކެއުމުގައި ހިމަނަންވީ އެއްޗެހި، ނިއުޓިރިޝަން ބޭނުންވާ މިންވަރު، ޕްރޮޓީން ބޭނުންވާ މިންވަރު ވެސް މިއެޕްލިކޭޝަނުން ބުނެދޭނެއެވެ.

ސިކްސް ޕެކް ބޭނުންވާ މީހަކަށް އެކަން، ބަރުދަން ލުއިކޮށް ހިކެން ބޭނުންވާ މީހަކަށް އެކަން އަދި ދުޅަހެޔޮ ހަށިގަނޑެއް ބޭނުންވާ މީހަކަށް އެކަން ވެސް ކުރަން "ފިޓްނެސްޓް" އަކީ އެއްވަނަ އެވެ. މިއެޕްލިކޭޝަން ހަފްތާއެއް ވަންދެން ހިލޭ ބޭނުން ކުރެވޭނެއެވެ. އެޕްލިކޭޝަނަށް ފައިސާ ދައްކަން ޖެހޭނީ އެއަށް ފަހު އެވެ.

"ފިޓެންސްޓް" ގައި މިލިންކުން ރަޖިސްޓްރީ ވެވޭނެއެވެ.

މިއެޕްލިކޭޝަނަކީ މިހާރު ވެސް ދުނިޔޭގެ އެކި ގައުމުތަކުގެ އެތައް ހާސް ބަޔަކު ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަނެކެވެ. އެހެންކަމުން މިއީ ކަސްރަތު ކުރުމުގައި ހަރަކާތްތެރިވާ މީހުންގެ އިތުބާރު ލިބިފައިވާ އެޕްލިކޭޝަނެކެވެ.

އެޕްލިކޭޝަން ހިލޭ ބޭނުން ކުރުމަށް ހަފްތާއެއް ލިބުމަކީ ވެސް އެޕްލިކޭޝަން ތަޖުރިބާ ކޮށްލަން ރަނގަޅު ފުރުސަތަކަށް ވާނެއެވެ.