ރާއްޖޭން ނަގާފައިވާ ލޯނުތަކަށް މިދިޔަ ހަފުތާގެ ނިޔަލަށް 198.3 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ބަޔާނުގައި ވާގޮތުން ލޯނުތައް ދައްކަން ބަޖެޓުގައި ކަނޑައަޅާފައި ވަނީ ތިން ބިލިއަން ރުފިޔާއެވެ. މިގޮތުން އެންމެ ގިނައިން ލޯނު ނަގާފައިވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އާއި އޭޝިއަން ޑިވެޕޮލްމެންޓް ބޭންކް (އޭޑީބީ) އިންނެވެ.

ރާއްޖެއިން މިދިޔަ އަހަރާ ހަމައަށް 99 ލޯނެއް ނަގާފައިވާ އިރު، މި ސަރުކާރުން ބުނެފައިވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ލޯނާއި ގެރެންޓީގެ ގޮތުގައި 3.7 ބިލިއަން ޑޮލަރު ނަގާފަ އެވެ. އަދި މީގެ ތެރެއިން 1.4 ބިލިއަން ޑޮލަރަކީ ޗައިނާގެ ދަރަންޏެވެ.

ކިޔުންތެރިންގެ ހިޔާލު