ޒުވާން ވިޔަފާރިވެރިންނަށް އަމާޒުކޮށް ސްޕާކްހަބް އާއި ދިރާގު ގުޅިގެން ދެވަނަ ސްޓާޓަޕް ގްރައިންޑް އިވެންޓް ބާއްވައިފިއެވެ.

"ސްޓާޓްއަޕް ގްރައިންޑް އެކްސް" ގެ ނަމުގައި ދިރާގު މައި އޮފީހުގައި ބޭއްވި މި އިިވެންޓުގައި އައިސީޓީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.

"ސްޓާޓް އަޕް ގްރައިންޑް" އަކީ ތައުލީމީ ފަރާތްތަކާއި އަލަށް ވިޔަފާރިތައް ނުކުންނަ ފަރާތްތަކާއި އިންވެސްޓަރުން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ އެންމެ ބޮޑު ސްޓާޓް އަޕް ކޮމިއުނިޓީއެވެ.

މި އިވެންޓުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ޒުވާނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ ދިރާގުގެ ސީއެސްއާރް އިޖުތިމާއި ޒިންމާ ގެ މުހިންމު ބައެއް ކަމަށެވެ.

"މި ދާއިރާއަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން އެހީތެރިވާން އެންމެ ބޭނުންވާ އެއް ދާއިރާ،" އޭނާ ވިދާޅުވިއެވެ.

ދިރާގުން ކުރިއަށް ގެންދިޔަ "ސްޓާޓް އަޕް ގްރައިންޑް އެކްސް މާލެ" ގައި މައުލޫމާތު ދީފައި ވަނީ މެލޭސިޔާގެ ކުންފުންޏެއް ކަމަށްވާ މައިބަންޕް މެލޭޝިއާ ކުންފުނީގެ ކޯފައުންޑަރު އަދި ސީއީއޯ ދަނީސް އާތިފެވެ.

މި ކުންފުންޏަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަފާތު ވަސީލަތްތައް މެދުވެރިކޮށް ކާމިޔާބު ކަމާއެކު މާކެޓިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކުންފުންޏެވެ.

ދިރާގުން ސްޓާޓް އަޕް ގްރައިންޑް އިވެންޓު ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.އެ ކުންފުނިން ވަނީ ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ހެކަތޯންވެސް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު