އޮސްޓްރޭލިޔާގެ މަޝްހޫރު ކޮފީ ބްރޭންޑެއް ކަމަށްވާ "ގްލޯރިއާ ޖީންސް ކޮފީސް” ގެ އައުޓްލެޓް ރާއްޖޭގައި ހުޅުވިތާ އަހަރެއް ވުން ފާހަގަ ކުރުމުގެ ގޮތުން، އެ ބްރޭންޑުން މާލޭގައި ހިންގާ ދެ ރެސްޓޯރެންޓްގައި ހާއްސަ އޮފަރއެއް ކަސްޓަމަރުންނަށް ދިނުމަށް ނިންމައިފިއެވެ.

ގްލޯރިއާ ޖީންސް ކޮފީސް އިން މާލޭގެ ރަސްފަންނުގައި ތަރައްގީކޮށްފައިވާ ޕަވެލިއަން އަދި ވެލާނާގޭގެ އިމާރަތް ކުރިމަައްޗަށްވާ ކަހަލަ ގޮތަކަށް ހުންނަ އިމާރާތެއްގައި އައުލެޓެއް ދަނީ ހިންގަމުންނެވެ.

ރާއްޖޭގައި ގްލޯރިއާ ޖީންސް ކޮފީސް ހުޅުވާފައި މިވަނީ "ބްރޫ އެންޑް ފީސްޓް" ކިޔާ ދިވެހި ކުންފުންޏަކާ ގުޅިގެންނެވެ. ޕަވެލިއަންގައި ހުޅުވާފައިވާ އެ އައުޓްލެޓްގެ ފުރަތަމަ ތަން ހުޅުވިތާ އަހަރެއް ވާނީ މާދަމާއެވެ.

ގްލޯރިއާ ޖީންސް ކޮފީގެ އައުޓްލެޓް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ކަސްޓަމަރުންނަށް އުފާވެރިކަން ގެނެސްދިނުމުގެ ގޮތުން ގްލޯރިއާއިން ނިންމީ މާދަމާ ކޮންމެ ގަޑިއެއްގައި އެތަނުން ހިދުމަތް ހޯދާ ކޮންމެ ކަސްޓަމަރެއްގެ ބިލަށް 50 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށެވެ.

ގްލޯރިއާ ޖީންސް ކޮފީސްއަކީ އޮސްޓްރޭލިއާގެ މަޝްހޫރު ފްރެންޗައިޒް ކޮފީ ހައުސްއެކެވެ. އެތަނުން ކޮފީގެ އެކި ކަހަލަ ބުއިންތަކާއި އުފެއްދުންތަކަށް ލިބޭއިރު، ރާއްޖެއިންވެސް ސީދާ އޮސްޓްރޭލިޔާގެ ގްލޯރިއާ ޖީންސްއާ އެއް ކޮލެޓީއެއްގައި ކޮފީ ލިބޭނެކަމަށް މައުލޫމާތު ލިބެއެވެ.