މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީ ހިންގާ ޤަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިސްބަތަށްބަލާ ޑިރެކްޓަރުންގެ ބޯޑަށް އަމިއްލަ ހިއްސާދާރުންގެ ތެރެއިން 02 ޑިރެކްޓަރުން އިންތިހާބުކުރަންޖެހެއެވެ. މި 02 ޑިރެކްޓަރުން އިންތިހާބްކުރުން މިއަހަރު ބާއްވާ 2018 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި އޮންނާނެއެވެ.

ބޯޑް ޑިރެކްޓަރ ކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ އެމްޓީސީސީގެ ހިންގާ ޤަވާއިދުގެ 73 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ތޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ވާންޖެހޭނެއެވެ. އަދި މީގެ އިތުރުން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕޮރޭޓް ގަވަރނަންސް ކޯޑުގެ ދެވަނަ ބައިގެ 1.1c ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ އަދި އެ އޮތޯރިޓީގެ "ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.

އަދި މީގެ އިތުރުން ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ގިނަވެގެން 3(ތިނެއް) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތަކަށް ވެގެން ނުވާނެއެވެ.

އެމްޓީސީސީގެ ހިންގާ ޤަވާއިދުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިން 2018 ވަނަ އަަހަރުގެ އަހަރީ އާންމު ޖަލްސާގައި އިންތިހާބުކުރައްވާ ޑިރެކްޓަރުންގެ ޑިރެކްޓަރުކަމުގެ މުއްދަތަކީ 2018 ވަނަ އަަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޙުން 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީހަށެވެ.

އެމްޓީސީސީގެ 2018 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރެވޭ، ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ، ފަރާތްތަކުން، 24 އޭޕްރީލް 2019 ވަނަ ދުވަހުގެ 1600 ގެކުރިން ހުށަހަޅަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު