ރީތިވާ ސާމާނުތައް އެއްތަނަކުން ލިބެން ހުންނަ ބިއުޓީ ސީކްރެޓްސް އެމްވީއިން ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިިފިއެވެ.

މި ޕްރޮމޯޝަން ފަށާފައި ވަނީ މިއަދުއެވެ. މި ޕްރޮމޯޝަން ފަހެއް މެއިގެ ނިޔަލަށް ކުރިއަށްދާނެއެވެ. ބިއުޓީ ސީކްރެސްޓްއިން ބުނީ، މި ޕްރޮމޯޝަންގައި އެތަނުން ވިޔަފާރި ކުރާ ކޮންމެ މީހަކަށްވެސް 25 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެެވެ.

ބިއުޓީ ސީކްރެޓް އެމްވީ ފިހާރަ ހުންނާނީ ހެންވޭރު ގުލިސްތާނުގޯޅީގައި ހާޖަރާގޭގައެވެ. ފިހާރައިގައި ރީތިވުމަށް ބޭނުންވާ ސާމާނު ނަން ހުސްކޮށް އެބައޮތެވެ. ފިހާރައިގެ ޕޭޖުންވެސް އެތަނުން ވިއްކަމުން އަންނަ ތަފާތު ޕްރޮޑަކްޓްތައް ފެންނަން ހުންނާނެއެވެ.

އެތަނުން ވިއްކާ ތަކެއްޗަށް ބަލާއިރު، ރީތިވުމަށް ބޭނުންވާ ސާމާނާއި، ހިކެން ބޭނުންވާ އެކިއެކި ޕްރޮޑެކްތައް، ހިކެން ބޭނުންވާ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ގުޑް ވާޗިއުސް ކޯގެ ފޭސް އަދި ބޮޑީގެ ހުރިހާ ޕްރޮޑަކްޓްވެސް އެ ފިހާރައިން ލިބޭނެއެވެ. އަދި އޭގެ އިތުރުން ފޭސް ވައިޓަނިން ކްރީމްތަކާއި މޫނުގެ ހަންގަޑި އަލިކޮށް، ފަސޭހަކޮށްލުމަށް ފޭސް ވޮޝް އަދި ފޭސް ސްކަރަބާއި ބޮޑީ ސްކްރަބްވެސް ލިބެން ހުންނާނެއެވެ.

އެ ފިހާރައިން ވިއްކަމުންދާ ޕްރޮޑަކްޓްތަކުގެ ކޮލިޓީވެސް އަމިއްލައަށް ޔަގީން ކޮށްލަން އެ ފިހާރައަށް ވަޑައިގަންނަވާށެވެ. އެންމެ ހެޔޮ އަގުގައި ރީތިވާ ސާމާނު ލިބޭނެ ތަނަކީ ހަމަ ޔަގީނުންވެސް ބިއުޓީ ސީކްރެޓްސް އެމްވީއެވެ.