ކުރިއަށް އޮތް ބަރަކަާތްތެރި ރަމަޟާން މަހުގައި ރެސްޓޯރެންޓް ފަދަ ތަންތަން ހުޅުވިފައި ހުންނާނެ ގަޑިތައް އިއުލާނުކޮށްފިއެވެ.

އިކޮނޮމިކް މިިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ސައި ހޮޓާ، ރެސްޓޯރަންޓު އަދި ކެންޓީނު ފަދަ ތަންތަނުން ކެއިންބުއިމުގެ ޚިދުމަތް ދިނުމަށް ހުޅުވާފައި ބަހައްޓަން ވާނީ އެދުވަހެއްގެ އިރުއޮއްސޭ ގަޑިން ފެށިގެން މެންދަމު 3:00 އާ ދެމެދުގެ ވަގުތުގައި ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން މިގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.

ކޮންމެ ރޯދަމަހެއްގައިވެސް ރެސްޓޯރެންޓްތައް ހުޅުވާލާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެއެވެ.

ކިޔުންތެރިންގެ ހިޔާލު