ދެކުނު އޭޝިއާގެ އެންމެ ބޮޑު ޓްރެވެލް އެވޯޑްސް، ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) ގެ ވޯޓުލުމަށް ހުޅުވާލައިފިއެވެ.

އޮންލައިން ކޮށް ވޯޓު ލުމަށް ހުޅުވާލާފައިވާ އިރު، އާންމުންނަށް ވޯޓު ލުމަށް ހުޅުވާލާފައި ވަނީ ޖުލައި މަހު 10 ވަނަ ދުވަހާ ހަމައަށެވެ. ވޯޓު ލެވޭނީ އޮފިޝަލް ވެބްސައިޓް މެދުވެރި ކޮށެވެ. ސަޓާއިން ބުނެފައި ވަނީ މިފަހަރުގެ އެވޯޑަށް ދެކުނު އޭޝިއާގައި އޮޕަރޭޓް ކުރާ 500 ޓްރެވެލް އަދި ޓޫރިސްޓް ވިޔަފާރި ނޮމިނޭޓް ވެފައިވާ ކަމަށެވެ.

ސެޕްޓެންބަރު މަހު އޮންނަ ގާލާގައި ނަތީޖާތައް އިއުލާން ކުރެވިގެންދާ އިރު، ސަޓާ އެވޯޑަކީ މި ސަރަހައްދުގގައި ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. ގިނަ ކެޓަގަރީތަކުން އެވޯޑު ދެވޭ އިރު، ސަރަހައްދީ ފަތުރުވެރިކަމުގެ އަގު އެންމެ ބޮޑަށް ހިފެހެއްޓުމަށް އެހީވެދޭ އެވޯޑަކީވެސް ސަޓާ އެވޯޑެވެ.

ސަޓާ އެވޯޑަކީ އާންމުންގެ ވޯޓުވެސް ދެފުއް ފެންނަ ގޮތަށް ހަމަހަމަ ކަމާއެކު ނެގިގެންދާ އެވޯޑެކެވެ. އޭގެ އިތުރުން އެވޯޑުގެ ޖަޖުންނަކީވެސް ސަރަހައްދީ ލެވެލްގައި ތަޖުރިބާ ބޮޑު، ދާއިރާއާ ގުޅުންހުރި މައުލޫމާތުތައް ގިނަ ޖަޖުންނެވެ. އަދި ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް ބޮޑަށް ގަދަރު އުފުލިގެންވާ މީހުންކަންވެސް ފާހަގަކޮށްލެވެއެވެ.

ވޯޓުލުމަށް:

www.southasiantravelawards.com/vote

ކިޔުންތެރިންގެ ހިޔާލު