އަލްނޫރު ބްރޭންޑުގެ ހިކި ކިރު، ހެޔޮ އަގުތަކެއްގައި އެސްޓީއޯ ސުޕަމާޓުން ވިއްކަން ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ، ކޯސްޓް އަދި އަލްމުދިޝް ފަދަ ހިކި ކިރު ބްރޭންޑްތައް ޕެކްކުރަމުން އަންނަ، "އޮމާން ފުޑް ސްޓަފް" ކުންފުނީގެ އުފެއްދުމެއް ކަމަށްވާ އަލްނޫރް ހިކިކިރު، ހާއްސަ އަގުތަކެއްގައި އެސްޓީއޯ ސުޕަމާޓުން ލިބެން ހުންނާނެ ކަމަށެވެ.

އެސްޓީއޯއިން ބުނީ، ހިކިކިރަކީ ދިވެހިންގެ ގޭގޭގައި ވަރަށް ގިނައިން ބޭނުންކުރާ ޒަރޫރީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ބާވަތަކަށް ވުމާއެކު މިފަދަ ބާވަތެއް ހެޔޮ އަގުގައި ރަތްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯ ސުޕަމާޓްގެ މަގުސަދެއް ކަމަށެވެ.

އަލްނޫރު ހިކިކިރުގެ 800 ގުރާމް، 1800 ގުރާމް އަދި 2250 ގުރާމްގެ ޕެކެޓު އެސްޓީއޯ ސުޕަމާޓުން ލިބޭނެއެވެ. މީގެ އިތުރުން ކޭސް ގަންނަ ފަރާތްތަކަށް ސުޕަަމާޓުންނާއި ހޯލްސޭލް ސެންޓަރުންވެސް ކިރު ގަންނަން ލިބޭނޭ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

ރީޓެއިލް އަގުތައް

800 ގުރާމް 92 ރުފިޔާއަށް،

1،800 ގުރާމް 205 ރުފިޔާއަށް

2،250 ގުރާމް 240 ރުފިޔާއަށް

ހޯލް ސޭލް އަގުތައް

800 ގުރާމް (12 ޕެކެޓު) 1،005 ރުފިޔާއަށް،

1،800 ގުރާމް (6 ޕެކެޓު) 1،140 ރުފިޔާއަށް

2،250 ގުރާމް (6 ޕެކެޓު) 1،360 ރުފިޔާއަށް

"އަދި މީގެ އިތުރުންވެސް ހޯލްސޭލްކޮށް ގިނަ އަދަދަކަށް ނަންގަވާ ބޭފުޅުންނަށް ހާއްސަ އަގުތަކެއްގައި އަލްނޫރް ހިކިކިރު ލިބިވަޑައިގަންނަވާނެ" އެސްޓީއޯއިން ބުންޏެވެ.

އެގޮތުން 800 ގުރާމްގެ ކޭހަކުން 99 ރުފިޔާ، 1،800 ގުރާމްގެ ކޭހަކުން 90 ރުފިޔާ އަދި 2،250 ގުރާމްގެ ކޭހަކުން 80 ރުފިޔާގެ ރީޓެއިލް އަގަށްވުރެ ހެޔޮ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބޭނެކަމަށް އެސްޓީއޯ އިން ބުންޏެވެ.

އަލްނޫރު އަކީ މިވަގުތު ބާޒާރުގައި ހުރި އެންމެ މޮޅު އަދި އެންމެ އަގުހެޔޮ ހިކިކިރުގެ ބްރޭންޑްތަކުގެ ތެރޭގައި ގުނާލެވޭނެ ބްރޭންޑެކެވެ.

ކިޔުންތެރިންގެ ހިޔާލު