ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އޭ 330 މަރުކާގެ ދެ މަތިންދާ ބޯޓު ވަރަށް އަވަހަށް ގެންނާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

އެ އެއާލައިނުން ބުނީ، ކުރިއަަށް އޮތް ހަ މަސް ދުވަސް ތެރޭގައި އޭ 330 މަރުކާރުގެ ދެ ބޯޓު ރާއްޖެ ގެނެސް އޮޕަރޭޓް ކުރަން ފަށާނެ ކަމަށެވެ. އަދި އެއާއެކު ބައިނަލް އަގްވާމީ އިތުރު މަންޒިލްތަކަށް އެ އެއާލައިނުން ދަތުރުކުރާނެކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މޯލްޑިވިއަން އިން ދަނީ ރާއްޖޭގެ 10 މަންޒިލްތަކަށް ދަތުރު ކުރަމުންނެވެ. އަދި ރާއްޖެއިން ބޭރުގެ ނުވަ މަންޒިލަކަށްވެސް ދަތުރު ކުރަމުންނެވެ. މީގެއިތުރުން ރާއްޖޭގެ ރިސޯޓްތަކަށް އަމާޒު ކޮށްގެން ސީ ޕްލޭންގެ ޙިދުމަތްވެސް މޯލްޑިވިއަނުން އަންނަނީ ދެމުންނެވެ.

މި މަންޒިލްތަކަށް ދަތުރު ކުރުމަށް މޯލްޑިވިއަން އިން ޑޭޝް8ގެ 10 ބޯޓާއި، ދެ އެއާބަސްގެ އިތުރުން ނުވަ ސީޕްލޭން ބޭނުން ކުރަމުން ދެއެވެ.

މޯލްޑިވިއަންގެ ފްލީޓަށް ދެ މަތިންދާ ބޯޓު އިތުރުކުރަން ނިންމާފައިވާއިރު، އެ އެއާލައިނުން މަސައްކަތް ކުރަމުން ދަނީ ބައިނަލް އަގްވާމީ އިތުރު މަންޒިލްތަކަށް ދަތުރު ކުރުމަަށެވެ. އެގޮތުން އިންޑިޔާގެ އިތުރު ސިޓީތަކަށާއި ސްރީލަންކާގެ ކޮލަމްބޯއަށްވެސް ދަތުރު ފަށަން މޯލްޑިވިއަން އިން ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު