އެންމެ ފަހުގެ ބްރޭންޑެޑް ފޯންތަކަށް ހާއްސަކޮށް ސުޕަރ މޯބައިލްގެ ނަމުގައި މާލޭގައި ފޯން ފިހާރައެއް ހުޅުވައިފިއެވެ.

އަލި ރަސްގެފާނު މަގާއި، ބޮޑު ރަސްގެފާން މަގު ގުޅޭ ކަންމައްޗަށް ވާގޮތަކަށް ހުޅުވި މި ފިހާރައިން ނަން ހުސްކޮށް އެންމެ ފަހުގެ ބްރޭންޑެޑް ފޯންތައް ލިބެން ހުންނާނެއެވެ. އަދި ފޯން ކަވަރާއި، ޓެމްޕާޑް ގްލާސްވެސް އެތަނުން ލިބެން ހުންނާނެއެވެ.

މި ފިހާރައިން ލިބެން ހުރި ފަހުގެ ފޯން ބްރޭންޑްތަކަށް ބަލާއިރު، އައިފޯންގެ އެންމެ ފަހުގެ ފޯންތަކާއި، ސެމްސެންގ، ވާވޭ، ޒިއޯމީ، ނޮކިއާ މި ބްރޭންޑްތަކުގެ އެންމެ ފަހުގެ ފޯންތައް ހިމެނެއެވެ. މި ފިހާރައިން އެޕަލް ވޮޗް ސީރީޒް 4 އާއި ސެމްސަންގެ ވޮޗްގެ އިތުރުން ފޯންތައް މަރާމާތުވެސް ކޮށްދެއެވެ.

"ހުރިހާ ވައްތަރެއްގެ ފޯން ލިބެން ހުންނާނެ، ހުރިހާ ވައްތަރެއްގެ ފޯން ރިޕެއަރވެސް ކުރެވޭނެ، މިސާލަކަށް ވޯޓަރ ޑެމޭޖް ފޯން، ބެޓަރީ ޗޭންޖް ކުރުމާއި، ޗާޖިންގ މައްސަލަތަކާއި، މަދަރ ބޯޑު މައްސަލަތައް ފަދަ މައްސަލަތައް ވެސް ހައްލުކޮށްދޭނެ" ސުޕާ މޯބައިލް އިން މައުލޫމާތު ދެއެވެ.

ސުޕަރ މޯބައިލުން ވިއްކަމުން އަންނަ ފޯންތަކުގެ އަގުތައް ހެޔޮކަން ފާހަގަކޮށްލަން ޖެހެއެވެ.

"މާލޭގެ ހުރި ހުރިހާ ފިހާރަތަކަށްވުރެ އަގުހެޔޮވާނެ ފޯންތައް، އެވްރޭޖް އަގުތައް ހަމަ ހުންނާނީ" ސުޕަރ މޯބައިލް އިން ބުންޏެވެ.

ސުޕަރ މޯބައިލް ފިހާރަ – ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
ސުޕަރ މޯބައިލް ފިހާރަ – ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ މި ފިހާރައިން ރާއްޖޭގެ ހުރިހާ ރަށަކަށް މޮބައިލް ފޯނު ޑެލިވަރީ ހިދުމަތް ދެއެވެ. އަދި މީގެ އިތުރުން، ރިސޯޓްތަކުގައި އުޅޭ ފަރާތްތަކަށް މިތަނުން ހާއްސަކޮށް ފޯނުތައް ފޯރުކޮށްދޭނެއެވެ.

މި ފިހާރައާއި ގުޅޭނެ ނަމްބަރަކީ 7519966 އަދި 9918006 އެެވެ. މި ނަމްބަރުތަކަށް ގުޅައިގެން ނުވަތަ ވައިބަރ ކޮށްގެން ބޭނުންވާ ފޯނެއް ޑެލިވަރ ކޮށްދިނުމުގެ ހިދުމަތްވެސް ލިބިގެން ދާނެއެވެ.