ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަށް ކެބިން ކްރޫއިން ހޯދާ އިންޓަވިއު މާދަމާ އޮންނާނެ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

ކެބިން ކްރޫންނަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ބާއްވާ ވޯކް އިން އިންޓަވިއު ކުރިއަށްދާނީ މާދަމާ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް އެސްޓީއޯ ޓްރެއިނިން އިންސްޓިއުޓުގައި ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މި އިންޓަވިއުއަށްދާއިރު، ބޭނުންވާނީ ސީވީގެ އިތުރުން ފުލް ސައިޒް އަދި ޕާސްޕޯޓް ސައިޒް ފޮޓޯއެކެވެ.

https://www.facebook.com/173863697582/posts/10156135707427583/

މޯލްޑިވިއަންއިން ކޮށްފައިވާ އިއުލާންގައި ބުނުފައި ވަނީ ވަޒީފާއަށް ހުށަހަޅާ މީހާއަކީ 18 އަހަރާއި 40 އަހަރާ ދެމެދު އުމުރެއްގެ މީހާކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ބަރާބަރަށް އިނގިރޭސިން ވާހަކަ ދައްކަން އިނގެން ޖެހޭނެ ކަމަށާއި، ސިވިލް އޭވިއޭޝަން އޮތީރިޓީގެ ކެބިން ކްރޫގެ ޖެނެރަލް އެގްޒާމްއިން ފާސްވެފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށްވެސް އިއުލާންގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ފިރިހެނެއްނަމަ، އިސްކޮޅުގައި މަދުވެގެން ފަސް ފޫޓް ހަތަރު އިންޗް ހުންނަން ޖެހޭނެ ކަމަށާއި، އަންހެނެއްނަމަ އިސްކޮޅުގައި ފަސް ފޫޓް ދެ އިންޗް އެންމެ މަދުވެގެން ހުންނަން ޖެހޭނެ ކަމަށްވެސް އިއުލާންގައި ބުނެފައިވެއެވެ. އެއާއެކު ކެބިން ކްރޫ ކަމަށް ކުރިމަތި ލެވޭނީ ފަތަން ދަންނަ ފަރާތްތަަކަށް ކަމަށްވެސް އިއުލާންގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު