ކާޑުގެ އަގު ހެޔޮކުރީ މީގެ ދެ އަހަރު ކުރިން ހުރި އަގަށް ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެސްޓިއޯގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވީ، ކާޑު ބާވަތްތައް ވަރަށް ގިނަ ދުވަސް ވަންދެން އެއް އަގެއްގައި އޮތުމަށްފަހު ބޮޑު ކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައި ކަމަށެވެ. ނަމަވެސް މިއަދު ސަރުކާރުން އެ އަގަށް ވަނީ ބަދަލު ގެނެސްފައެވެ.

މިފަހަރު އެ ބަދަލު ގެނައީ 2016 ވަނަ އަހަރު ކާޑުގެ ބާވަތްތައް އަގުބޮޑު ކުރިއިރު ހުރި އަގަށެވެ. އެއިރު ކާޑުގެ އަގު ބޮޑުވީ ސަރުކާރުން އެސްޓީއޯއަށް ދެމުން އައި ކާޑްގެ ސަބްސިޑީ ކަޑާލުމާ ގުޅިގެންނެވެ.

ޝަހީރު ވިދާޅުވީ، މި ބަދަލު ގެންނަން ނިންމެވީ ރައްޔިތުން އެކަމާއި ކަންބޮޑުވެ ސަރުކާރަށް ދަންނަވާފައި ވަނިކޮށް، ރައީސް އަބްދުﷲ ޔާމިންގެ އިސްނެންގެވުމުގެ މަތިން ރައީސް އޮފީހުން ކަމަށެވެ.

މި ބަދަލާއެކު ކާޑުގެ ސަބްސިޑީސް އަށް ދުވާލެއްގެ މައްޗަށް ސަރުކާރުން 850،000 ރުފިޔާ ހަރަދު ކުރާނެއެވެ.

އެސްޓީއޯ އިން ވިދާޅުވީ، ކާޑުގެ އަގަށް މި ގެނައި ހެޔޮ ބަދަލު ކުރިއަށް އޮތް ދުވަސްތަކުގައި ދެމެހެއްޓޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޝީއިޒްޝީ

    ކޮބާ ތަމެންނަށް ފެނޭތޭ މަމެން ގޭމް ޗޭންޖް ކުރާ ގޮތް. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ޖަސްޓް ހޭވް އަ ގުޑް ލުކް. އިޓްސް އަ ވެނިސްޑޭ ޑިސިޝަން ވިޝް ޔޫއާރ ޑިލައިޓެޑް...

  2. މެޑަމް

    ވޯޓަށްވާއިރަށް އަގުހެޔޮ ކުރަންތަ ދެއަހަރު ކުރިން ބޮޑުކުރީ. ކޮބާ އޭރު ދެއްކި ވާހަކަތައް. މަ ހީހީ

  3. އެމޭޒިންގް

    ކާރޑުގެ އަގު ކުރީ ހުރި ވަރަށް ހެޔޮ ކުރުން އެއީ މަމެން އުފާ ކުރާ ކަމެކޭ. ކާޑުގެ އަގުހެޔޮ ކުރީ އެއީ ޑިސިޝަން މޭކިންގް ޑޭ ކަމަށްވާ ވެނިސްޑޭ ގައޭ ދެން މަމެން ޕިންކީން މި ބަލާލަނީ ކާޑުގެ އަގުހެޔޮ ކުރަން ނިންމި ދުވަހުގެ ސަބަބުން މަމެންގެ ފޯރޗިއުން ލައިން އިންކްރީޒް ވޭތޯ އަދި ވަމުން ދާ ގޮތް ކުދިންނޭ. އަދުގެ ތާރީޚް އަކީ އެއީ 04042018 ދޯ. ދެން އެ އެއްކުރުމުން އަންނަނީ 19 ދޯ. ދެން 19 އެއް ކުރުމުން އަންނަނީ 10 ދޯ. ދެން 10 އެއްކުރުމުން އަންނަނީ އެއީ 1 ދޯ. ދެން 1 އިންޓް 1 އީކްއަލް 1 ދޯ. ދެން 11 އިންޓް 11 އީކްއަލް 121 ދޯ. ދެން 111 އިންޓް 111 އީކްއަލް 12321 ދޯ. މަމެންގެ ފޯރޗިއުން ލައިން ދަނީ އެކްސެލެރޭޓް ވަމުންނޭ ފޯރމިއުލާ ވަން ކާރު ރޭސް ޓްރެކްގައި ސްޕީޑް އެެކްސެލެރޭޓް ވަމުންދާ އުސޫލުން. މީ އެމޭޒް ވާ ކަމަކީ ދޯ. ޖަސްޓް ޕްލޭދަ ޕިއާނޯ ދެން ސްޓޭންޑް އަޕް އެން ޑާންްސް ޑާންސް ޑާންސް ޑާންސް...

    • ާސާ

      ގަދަ، ކަލޭ ވަރެއް ނެތް??

  4. ލިވްއިން

    ކާރޑުގެ ބާވަތް ތަކުން އަގުހެޔޮ ކުރުމުން މީގެއިން އެގިގެން މިދަނީ މަމެން ޕިންކީންގެ ސަރުކާރަކީ އެއީ ރައްޔިތުންނަށް ދިމާވެފައިވާ ދަތި ތައް ހައްލުކުރުމުގައި ދުނިޔޭގެ ރިކޯރޑް ފޮތުން ޖާގަ ހޯދައިގެން ރާއްޖޭގެ ވެރިކަން ކުރަމުން އަންނަ ހަމަ އެކަނި ބިއުޓިފުލް އެން އޯސަމް އެެން ފްލޯލެސް ސަރުކާރު ކަން ދޯ ކުދިންނޭ. ދެން ތަމެން ގެ ކޮންސާރންސް ތަކަށް ވެސް އެޑްރެސް ކުރެވެމުން ނޭ މިދަނީ ދެން އޮތީ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދުނު ކުދިންނަށް ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން ހަވާލު ކުރުމޭ އެއިރުން ދެން ރާއްޖެ ލިޓިލް ސިންގަޕޯރ އިން ލިޓިލް ޓޯކިޔޯ އަށް ބަދަލުވީ އެއް ނޫންތޭ. ކެއަރ އިނަފް ފޯރ ދަ ލިވިންގް މޭކް އަ ލިޓިލް ޓޯކިޔޯ މޭކް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް.. ދިސް އިޒް ދަ ޓޯކިޔޯ ވީލިވް އިން ވިދް ފުލް އޮފް ޖޯއި..

  5. ސީލާސީލާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ އެއޮތީ ކާރޑުގެ ބާވަތް ތައް ކުރީ ހުރި އަގަށް ވުރެން ދެބައި ކުޅަ އެއް ބައި އަގުހެޔޮ ކޮށްފައޭ ދެން ތަމެން މަމެންގެ ވެރިކަން ވައްޓާލަން މެސެޖް ނުފޮނުވާ ސީލަބަލަ. ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ ދޯ. ކޯއްޗެކޭތޭ ޓޮއިލެޓް ޕޭޕަރ އޭ ހިއަރ ޔޫއާރ. ހާއްހަހަހާހާހާހާ ހަހަހާހާހާހާ ހޮހޮހޮހޮ... ސީލާ ސީލާ ސީލާ އަވަހަށް ޝޫ ޝޫ ޝޫ ޝޫ ސީސީ ސީސީ ސީސީ ސީސީ...

  6. ފާތުން

    ރައީސްގެ ހެޔޮފުޅުކަމާއެވެ. ހައްހައްހާ

  7. އަންދާ

    ކޮންމެ ފަސް އަހަރަކުން 1 އަހަރުތަ ކާޑު ކެއުމުގަ ބޭނުން ކުރަނީ ދެންކީއްކުރަން ހެޔޮ ކުރަނީ

  8. ހެޔޮހިތުންމިބުނީ

    ޢަދި އެބައޮތް އެއްމެ މުހިއްމު އެއްކަން އެކަންކޮއްލަ ދެނިކޮށް ސިވިލް ސާވެންޓުންނައް ނިިމުނީ ހަމަކުރި އެކޭ އެއްގޮތައް މުސާރާއިގެކުރިއެރުން ދެމުން ގޮސް 20 އަހަރުވުމުން ޕެންޝަންދީ އެއައްވުރެން އުފާ ވާނެކަމެއް ދެން މަމެއްންނަކައް ނެތް

  9. ލަޙްފާ އަނީލް

    ރާއްޖޭގައި ކާޑުގެބާވަތްތަކަށް ސަރުކާރުން ބޮޑު ސަބްސިޑީޒްއެއްދޭތީ ބައިނަލްއަޤުވާމީ ހިލޭއެހީދޭ ޖަމާޢަތްތަކާއި ، ވޯލްޑްބޭންކުފަދަ ތަންތަނުން ދިވެހި ދައުލަތަށް އެކަން ހުއްޓާލަން އަންގާ ޕްރެޝަރު ކުރާތާާ 15 އަހަރު ވެއްޖެއެވެ. އެއްވެސް ވެރިޔަކު އެކަންކުރަން ބޭނުންވިޔަސް ކުރަން ނުކެރުނީއެވެ. ރައީސް ޔާމީން އެކަންކުރީ ފިއްތުން ބޮޑުވެގެންނެވެ. އޭގެ ސަބަބުން ދިވެހިން ހިތްހަމަނުޖެހޭނޭކަން އެގިހުރެމެއެވެ. ފަހުން އެފ ޖަމާޢަތްތަކާ ދައުލަތުން ވާހަކަދެއްކުމަށްފަހު ، އަދި ރާއްޖެއަށް ލިބޭ އިޤްތިޞާދުގެ ކުރިއެރުން ދިރާސާކުރުމަށްފަހު އަލުން އެގޮތަށް ސަބްސިޓީޒް ދިނުމަށް މިއަހަރުގެ ބަޖެޓަށް ފިނޭންސުން ފައިސާދިންކަން ހުރިހާ ދިވެހިން ދަންނާނެއެވެ. ބަޖެޓަށް ވޯޓުނުދޭމީހުން މިއަދު އަނގައަރުވާނީ އެމީހުންގެ އެދުން ޙާޞިލްކުރުމަށެވެ. އެއީ ރައްޔިތުންނަށް އެހެން އެއްޗެއް ވިސްނައިދެވޭތޯއެވެ. އެކަމަކު މިއަދުގެ ސަރުކާރުން އެފަދަ މީހުންގެ ވާހަކަތަކަށް ފަރުވާލެއް ނުބަހައްޓާ ދާނީ ޤަވްމާގެން ކުރިޔަށެވެ.

  10. ކުޑޭ

    ޕީ ޕީ އެމް އަށް ތާއިދުކޮށް ކާޑް އަގުހެޔޮކޮށްގެން ނަށާ ބޭފުޅުން ސިކުނޑީގަ އުނިކަމެއް ހުރިކަމަށް ޤަބޫލްކުރެވޭ