ޓްރެވް ޙައްޖު އުމްރާ ގްރޫޕްގެ ހަވާލުގައި އެތައް ބަޔަކު އުމްރާއަށް ދިއުމަށް ދަނީ ނަންނޯޓު ކުރަމުންނެވެ. ޓްރެވްގެ އެ ޒުވާން ޓީމާއެކު، ކޮންމެ އަހަރަކުވެސް ތިން އުމްރާ ދަތުރު ބާއްވައެވެ. މި ދަތުރު ހަމަޖައްސައި، ދަތުރު ފެށުމާއި ހަމައަށް ކަންތައްތައް ކުރަން ޖެހޭ ގޮތްވެސް ބަލަން އެބަ ޖެހެއެވެ.

9997782، 7787792 ،7223939 އަށް ގުޅާލާށެވެ. މިއިން ކޮންމެ ނަމްބަރަކަށް ގުޅައިގެން ވެސް އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ދުރާލާ ޖާގަ ބުކް ކުރެވޭނެއެވެ. ރެޖިސްޓްރޭޝަން ފީއެއް ދެއްކުމުން ދަތުރުގެ ހުރިހާ ކަމެއް ހަމަޖެހެއެވެ. އޭގެ ފަހުން ކޮންމެ މަހެއްގައި ވަކި ވަރެއް ދައްކާ، އުމްރާއަށް ދާން ބޭނުންވާ ދުވަހުގެ އެއްމަސް ކުރިން އެއްކޮށް ފައިސާ ދައްކާ ނިންމަން ޖެހޭނެއެވެ.

ޓްރެވް ޙައްޖު އުމްރާ ގްރޫޕުން ކޮންމެ އަހަރަކު ތިން އުމްރާ ދަތުރު ބާއްވައެވެ. އެއީ މާރިޗް މަހުގެ އުމްރާ ދަތުރު، ރޯދަ މަހު އޮންނަ އުމްރާ ދަތުރުގެ އިތުރުން، ޑިސެމްބަރު މަހު އޮންނަ އުމްރާ ދަތުރެވެ.

ޓްރެވް ޙައްޖު އުމްރާ ގްރޫޕުން ބުނީ، އެ ޖަމާޢަތުގެ ހަވާލުގައި އުމްރާއަށް ދިއުމަށް މީހަކު ގުޅުމުން ފުރަތަމަ، އެ ފަރާތްތަކަށް ހުރި އޮޕްޝަންތަކުގެ މައުލޫމާތު ދޭނެ ކަމަށެވެ.

"މިސާލަކަށް އޭނާ ބޭނުންވަނީ، ޑިސެމްބަރ، ނޫނީ މާރިޗް، ނޫނީ ރޯދަ މަހު ދާން، އެތަނުން އޭނާ ޗޫޒް ކުރަނީ މިސާލަކަށް ޑިސެމްބަރު، އަހަރެމެން ދެން މި ބުނަނީ، ކިހިނެއްހެއްޔޭ ފައިސާ ދެއްކޭނީ، ފުރުމުގެ އެއްމަސް ދުވަހުގެ ނިޔަލަށް ޕޭމަންޓް ބަހާލައިގެން ދެެއްކޭނެއޭ، މާރިޗް އާއި ޑިސެމްބަރު ވެއްޖެޔާ ރަޖިސްޓްރޭޝަން ފީއަކަށް 3000ރުފިޔާ ދެއްކުމުން ދަތުރުގެ ހުރިހާކަމެއް އަޅުގަނޑުމެން އެބަރާވަން، ދެން ބާކީ އެމައުންޓް ބަހާލައިގެން ދެއްކޭނެ ފުރުމުގެ އެއްމަސް ދުވަހާއި ހިސާބަށް"،ޓްރެވް ޙައްޖު އުމްރާ ގްރޫޕްގެ ހީވާގި ޒުވާން ޓީމުގެ މެންބަރެއް ބުންޏެވެ.

އަދި އޭގެ ފަހުން އުމްރާ ވެރިންނަށް ބޭނުންވާ ދަތުރުގެ މައުލޫމާތުތައް ވައިބާ ގްރޫޕް މެދުވެރިކޮށް ފޯރުކޮށްދެއެވެ. އަދި އުމްރާއަށް ދާ ފަރާތްތަކަށް ބޭނުންވާ ދީނީ މައުލޫމާތު ގްރޫޕުގެ ޝޭޚުން މެދުވެރިކޮށް އޮޅުން ފިލުވުމުގެ އިންތިޒާމުވެސް ހަމަޖެހިފައި އޮވެއެވެ. ދަތުރަށް ބޭނުންވާ ފޮއްޓާއި އިހްރާމް އާއި ދުއާ ކާޑު އަދި އަތްމަތީފޮތް ފަދަ މުހިއްމު ތަކެތި ވެސް ދޭނެއެވެ. އަދި ފުރުމުގެ ދެ ދުވަސް ނުވަތަ ތިން ދުވަސް ކުރިން އެ ދަތުރު ރޭވިފައިވާ ގޮތް ކިޔާދިނުމަށް ހާއްސަ ސެޝަންއެއް ބާއްވާނެއެވެ.

ތަޖުރިބާކާރު، ޒުވާން އެހީތެރިންނާއެކު، ކުރު އުމްރާ ދަތުރުތަކަށް ޓްރެވް ޙައްޖު އުމްރާ ގްރޫޕް ވަރަށް ރަނގަޅުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަން

    ޙަޤީޤަތުގައިވެސް މި ޤުރޫޕް ގެ ޢުމުރާ ދަތުރު ތަޖުރިބާ ކުރި މީހެއްގެ ގޮތުން ބުނަން... މިއީ އެ ޤުރުޕަކުން ޢުމުރާއަށް ދިއުމަށް ނުހަނު އެކަށީގެންވާ ޤުރޫޕެއް، މައްކާގައި މަދީނާގައި ތިބުމާއި ކެއުމާއި ބުއިން އަދި ދަތުރުފަތުރުވެސް ވަރަށް ހިތް ހަމަޖެހޭ