އައްޑޫ ސިޓީ ހިތަދޫގައި، ނެސޯ ސްޓޯރގެ ނަމުގައި ފިހާރައެއް ހުޅުވަން ތައްޔާރުވެއްޖެއެވެ.

ހިތަދޫ ބޮޑު މަގުގައި ހުންނަ އާގަލާ ހޯލްސޭލް ފިހާރައާ ޖެހިގެން އުތުރަށް ހުންނަ މި ފިހާރަ މިރޭ 8:00 ޖަހާއިރު ހުޅުވާނެއެވެ.

މި ފިހާރައިން ތަފާތު ގިނަ މުދާތައް ލިބެން ހުންނާނެއެވެ. އަދި އެތަނުން ވިއްކާ އެއްޗެހި އާދަޔާ ހިލާފަށް ހެޔޮ ވާނެއެވެ.

އޭގެ ތެރޭގައި ބަދިގެއަށް ބޭނުންވާ ސާމާނުތަކާއި، ގޭތެރެއަށް ބޭނުންވާ ސާމާނުތަކާއި، ކުޑަކުދިންގެ ދަބަހާއި ބޮޑެތި މީހުންގެ ދަބަހާއި ފޮއްޓާއި، ގަސް އިންދާ ޕޮޓާއި، ކުޑަކުދިންގެ ކުޅޭ ސާމާނު އެއްޗެހި ލިބެން ހުންނާނެއެވެ.

މި ފިހާރަ އައްޑޫގައި މިރޭ ހުޅުވާއިރު، މިއީ އައްޑޫ ރައްޔިތުންނަށް ވަރަށްވެސް އުފާވެރި ހަބަރަކަށް ވެގެންދާނެއެވެ. އެއީ އެއްތަނަކަށް ގިނަ ވައްތަރުތަކުގެ މުދާ ލިބި، ތަކެތި ގަތުމަށް ފަސޭހަވެގެން ދާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު