ކުރިއަށް އޮތް ރޯދަ މަހާއި ދިމާކޮށް މަޝްހޫރު "ޑެލް" ބްރޭންޑްގެ ޕްރޮޑަކްޓްތައް ރާއްޖޭގައި ވިއްކާ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު މެކްސްކޮމް ޓެކްނޮލިޖީއިން ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ނިންމައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ރޯދަ މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ތެރޭގައި މެކްސްކޮމްއިން ޑެސްކްޓޮޕް، ލެޕްޓޮޕް، ވާވޭ ފޯން، ޓެބްލެޓް ފަދަ ތަކެތި ގަންނަ ފަރާތްތަކަށް ހާއްސަ ކޫޕަނެއް ލިބޭނެއެވެ. އެ ކޫޕަން ފުރާފައި އެ ފިހާރާގައި ވާ ފޮއްޓަށް ލައިގެން އަގުބޮޑު އިނާމްތައް ލިބުމުގެ ފުރުސަތު އޮންނާނެއެވެ.

އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ހަތަރު ނަސީބުވެރިން ހޮވާއިރު، ގްރޭންޑް ޕްރައިޒްގެ ގޮތުގައި ތިން ފަރާތަކަށްވެސް ހާއްސަ ހަދިޔާއެއް ދިނުމަށް މެކްސްކޮމް އިން ވަނީ ނިންމާފައެވެ.

ގްރޭންޑް ޕްރައިޒްގެ ގޮތުގައި ކަނޑައަޅާފައިވާ އިނާމްތަކަކީ

1 ވާވޭ ޓެބެލެއް

2 ވާވޭ Y7ފޯން

3 ސްމާޓް 2 ޕްރޯ ބޭންޑް

ހަފްތާއަކު ހޮވާ ހަތަރު ނަސީބުވެރިންނަށް ކަނޑައަޅާފައިވާ އިނާމްތަކަކީ

1 ވާވޭ ކަލާ ބޭންޑް (ގަޑި)

2 ވާވޭ ބްލޫޓޫރް ސްޕީކަރެއް

3 ވާވޭ ސެލްފީ ޓްރައިޕޮޑާއެކު

4 އޮކްސިޖަން އިން ދެ ބޭފުޅަކަށް ރޯދަ ވީއްލުމެއް

މެކްސްކޮމްއަކީ ޑެލް ބްރޭންޑްގެ އޮތޮރައިޒް ޑިސްޓްރިބިއުޓާގެ އިތުރުން، ވާވޭ ބްރޭންޑްގެ ޕްރޮޑަކްޓްރައްވިއްކުމުގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރކަންވެސް ލިބިފައިވާ ކުންފުންޏެކެވެ.

ރާއްޖޭގައި މެކްސްކޮމް ހިންގާތާ މި ވަނީ 13 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮމެންޓް ޕަބްލިޝް ނުކުރަން ބުނެފަ ދޯ އޮތީ؟ :ޕ

  2. ވަރަަށް ދެރަވޭ.. މަށައް ވެސްލިބޭނަމަ..

  3. ކަމުދާ އިނާމެއް ނެއް