ވާލްޑް ބޭންކް އިން ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ދެވަނަ ސިސްޓަމެޓިކް ކަންޓްރީ ޑައެގްނޯސްޓިކް (އެސްސީޑީ) އަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި އޮންލައިން ސާވޭއް ފަށައިފިއެވެ.

އެސްސީޑީ އަކީ، ވަކި ޤައުމަކަށް ޚާއްޞަކޮށް، އެ ޤައުމެއްގެ ސަރުކާރާއި ކަމާ ބެހޭ އެހެނިހެން ފަރާތްތަކުގެ އިތުރަށް، ޢާންމު ފަރުދުންގެ ބައިވެރިވުމާ އެކު ވާލްޑް ބޭންކް ގްރޫޕް އިން އެކުލަވާލާ ރިޕޯޓެކެވެ.

ވޯލްޑް ބޭންކުން ބުނީ، މި ސާވޭގައި، ދިވެހިރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ މުޙިންމު މައްސަލަތަކާއި ހުރި ފުރުޞަތުތައް އަދި އެ ކަންކަން ޙައްލުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ދިވެހި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދޭނެ ކަމަށެވެ.

މި ރިޕޯޓަކީ، ފަގީރުކަން ނައްތާލުމާއި ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮންނާނެ ފަދަ ދެމެހެއްޓެނިވި ގޮތަކަށް ތަރައްޤީގެ ކަންކަން ބައްޓަންކުރުމުގެ ލަނޑުދަނޑިތައް ހާޞިލްކުރުމުގައި ވާލްޑް ބޭންކް ގްރޫޕް އިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތައް ބަޔާންކުރާ ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް އެކުލަވާލުމުގައި ބެލެވޭނެ އަސާސެވެ.

2016 ވަނަ އަހަރު އެކުލަވާލެވުނު ދިވެހިރާއްޖޭގެ ފުރަތަމަ އެސްސީޑީ އިން، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ދެ ސިނާޢަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން އިތުރަށް ތަރައްޤީކުރެވޭނެ ގޮތްތައް ދެނެގަނެވިފައިވެ އެވެ.

އެހެން ނަމަވެސް، މުޖުތަމަޢުގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ މީހުންނަށް ވެސް ފައިދާކުރުވަނިވި ގޮތަކަށް، ދިވެހިރާއްޖޭގެ ތަރައްޤީ ބައްޓަންކުރެވިފައިވާ ގޮތް ބަދަލުކުރެވިދާނެކަން އެ ރިޕޯޓުން ހާމަވެގެން ގޮސްފައިވެ އެވެ. ކުރު ރާސްތާގައި، ޤައުމުގެ އިޤްތިޞާދީ، ޤުދުރަތީ އަދި އިޖްތިމާޢީ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ރައްކާތެރިކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެ އެވެ. އެސްސީޑީގެ މައްޗަށް ބިނާކޮށް އެކުލަވާލެވުނު ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް އަމާޒުކޮށްފައި ވަނީ، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތުގައި ދިވެހި ރައްޔިތުންނަށް ހުރި ފުރުޞަތުތައް ފުޅާކުރުމުގެ އިތުރަށް، މުޖުތަމަޢުގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ މީހުންގެ ބޭނުންތަކަށް ރިޢާޔަތްކުރެވިގެން ފަރުމާކުރެވިފައިވާ ތަރައްޤީގެ އާ ވަޞީލަތްތަކެއް ޤާއިމްކުރުމަށެވެ. ޤައުމުގެ އިޤްތިޞާދީ ތަރައްޤީ އާއި ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށްޓަކައި ބޭނުންކުރެވޭ ޤުދުރަތީ އަދި މާލީ ވަޞީލަތްތައް ބެލެހެއްޓުމަކީ ވެސް، ވާލްޑް ބޭންކް އިން އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކަންދެވޭނެ ދާއިރާތަކުގެ ގޮތުގައި ކަނޑައެޅިފައިވެ އެވެ.

އެސްސީޑީ އެކުލަވާލުމަށްޓަކައި ކުރެވޭ ޢާންމު އޮންލައިން ސާވޭއާ އެކު، ވާލްޑް ބޭންކް އިން ވަނީ ދިވެހިރާއްޖެ އަށް ޚާއްޞަކޮށް ފުރަތަމަ ފަހަރަށް ޓުވިޓާ އެކައުންޓެއް ޤާއިމްކޮށްފަ އެވެ. އިނގިރޭސި ބަހާއި ދިވެހި ބަހުން މުޢާމަލާތް ކުރެވޭ މި ޕްލެޓްފޯމްގެ މަޤްޞަދަކީ، ވާލްޑް ބޭންކް އިން ދިވެހިރާއްޖެއާ އެކު ބާއްވަމުން އަންނަ ގުޅުން ވަރުގަދަކުރުމާ ގުޅޭ މަޢުލޫމާތު ޙިއްޞާކޮށް، މި ޖަޒީރާ ޤައުމަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ޢާންމު ފަރުދުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.

"މުޖުތަމަޢުގެ އެންމެން ޝާމިލްވާ ގޮތަށް ކަންކަން ބައްޓަންކުރުމުގައި ވާލްޑް ބޭންކް ގްރޫޕާއި ސަރުކާރުން ގުޅިގެން ގެންގުޅޭ ސްޓްރެޓެޖީ އަށް އެހީތެރިވުމުގެ ގޮތުން ޚިޔާލާއި މަޝްވަރާ ދިނުމަށްޓަކައި މިއީ ތަފާތު ފުރުޞަތެއް. ތިބޭފުޅުންގެ ޚިޔާލާއި މަޝްވަރާ އަޅުގަނޑުމެންނާ ޙިއްޞާކޮށްލައްވާ،" ވާލްޑް ބޭންކް އިން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވި އެވެ.

މ އޮންލައިން ސާވޭތައް ފަށާފައި ވަނީ މިއަދުއެވެ. މި ސާވޭތައް 15 ނޮވެމްބަރުގެ ނިޔަލަށް ކުރިއަށްދާނެއެވެ،

ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސާވޭތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިނގިރޭސި ބަހުންނާއި ދިވެހި ބަހުންނެވެ. މި

މި ސާވޭތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިނގިރޭސި ބަހުންނާއި ދިވެހި ބަހުންނެވެ. މި މަސައްކަތާ އެކު، ޢާންމު ފަރާތްތަކާއި ޢަމިއްލަ ފަރާތްތައް އަދި އިޖްތިމާޢީ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ބައިވެރިވެވޭ ގޮތަށް، ޚިޔާލާއި މަޝްވަރާ ހޯދުމުގެ ގްރޫޕް ސެޝަންތަކެއް ކުރިއަށް ގެންދެވޭނެ އެވެ.

މި މަޝްވަރާތަކުގެ ނަތީޖާ އަށް ބިނާކޮށް އެކުލަވާލެވޭ ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކްގައި، ކުރުމަށް ހުށަހެޅޭ އިންވެސްޓްމަންޓްތަކުގެ އިތުރަށް، އޭގެ ސަބަބުން ފައިދާކުރާނެ ދާއިރާތައް ވެސް ކަނޑައެޅިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުޅުރާއްޖެ

    މި ރިޕޯޓަށް އަމަލުކޮށްފިތަ. މިގައުމު އަދަވަޅަކަށް ވެއްޓޭނެ. ތިޔަ މީހުން ތިޔަ މީހުންނަށް ބައެއް އެޅޭގޮތަށް ގައުމުތައް އިދަޖެހޭ ގޮތަށް ނޫން ގޮތަކަށް ލަފައެއް ނުދޭނެ.