ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުން، އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 11 ސީރީސްތަކަށް ޕްރިއޯޑަރު ނަގަން މިއަދު ފަށައިފިއެވެ.

ރޭ 12:00 އިން ފެށިގެން ދިރާގުން ފަހުގެ އައިފޯންތަކަށް ޕްރިއޯޑަރު ނަގަން ހުޅުވާލިއިރު، ދިރާގުން ބުނީ، ވަގުތުން ފައިސާ ދައްކައިގެން ފޯން ނަގަން ބޭނުންވާ ފަރާތްތަކަށާއި، އިންސްޓޯލްމެންޓަށް ފައިސާ ދައްކައިގެން ފޯން ނަގަން ބޭނުންވާ ފަރާތްތަކަށް މިހާރުން ފެށިގެން ޕްރި އޯޑަރު ކުރަމުން ދިއުމަށެވެ.

އަދި މިގޮތަށް ފޯން ނަގާ ފަރާތްތަކަށް ފަސް ޖީބީގެ ޑާޓާ ހަ މަސް ވަންދެން ލިބިގެން ދާނެއެވެ.

ދިރާގުން އައިފޯން 11ގެ 64 ޖީބީ އާއި 128 ޖީބީ ލިބޭނެއެވެ. އަދި 11 ޕްރޯގެ 64 ޖީބީ އާއި 256 ޖީބީ އަދި 512 ޖީބީ ލިބޭނެެއެވެ. އަދި މީގެ އިތުރުން އައިފޯން 11 ޕްރޯ މެކްސް ގެ 64 ޖީބީ އާއި 256 ޖީބީ އަދި 512 ޖީބީ ފޯނުތަކަށް ވެސް ޕްރި އޯޑަރު ކުރެވޭނެއެވެ.

މި ފަހަރު އެޕަލް އިން ނެރުނީ އައިފޯން11 އާއި އައިފޯން 11 ޕްރޯއެވެ.

އެޕަލް އައިފޯން 11 ގެ 6 ކުލައެއް ނެރެފައިވާއިރު، އެ ފޯނުގެ ކެމެރާއަށް ބޮޑެތި ކުރިއެރުންތައް ގެނެވިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

އެޕަލް އައިފޯން ޕްރޯއަށް ބަލާއިރު، މިއީ މިހާތަނަށް އުފެއްދި ފުރަތަމަ "ޕްރޯ" އައިފޯނެެވެ. މި ފޯނަކީ ކުރީގެ އައިފޯންތަކުގެ ޑިޒައިނާއި މި ފޯނުގެ ޑިޒައިން ތަފާތު ކޮށް ތައްޔާރުކޮށްފައިވާ ފޯނެކެވެ. މި ފޯންގެ ދެ ވާޝަނެއް ވަނީ ނެރެފައެވެ. އެއީ އައިފޯން ޕްރޯ އަދި އައިފޯން ޕްރޯ މެކްސް އެވެ.

ދިރާގުން އަބަދުވެސް އަންނަނީ އެންމެ ފަހުގެ ފޯންތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދެމުންނެވެ.

އައިފޯނަށް ޕްރި އޯޑަރު ކުރުމަށް މި ލިންކަށް ފިއްތައިގެން ކުރިއަށް ގެންދެވޭނެއެވެ.