ދިވެހި ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ދެމުން ގެންދާ އިންޓަނެޓް ޚިދުމަތަށް ބުރޫ އަރައިފި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ދިރާގު އިންޓަނެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައި ވާކަން ފާހަގަކޮށް އެ މައްސަލަ ހައްލު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

"މި ވަގުތު އަޅުގަނޑުމެންގެ ކުންފުނީގެ އިންޓަނޭޓް ހިދުމަތަށް ކޮންމެވެސް ވަރެއްގެ ބުރޫއެއް ވަނީ އަރާފައި. އަޅުގަނޑުމެންގެ ކުންފުނީގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން". ދިރާގުން ބުންޏެވެ.

ދިރާގުން މިގޮތަށް ބުނި ނަމަވެސް، ހިދުމަތް މެދު ކެނޑުނު ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.

ދިރާގުގެ އިންޓަނޭޓް ހިދުމަތަށް ބުރޫ އަރާފައި ވަނީ މިރޭ 12:00 ހާއިރު އެވެ.