މާލޭގައި ބިނާކުރަމުންދާ ކުރޫޒާ ލައިންތަކުގައި ރާއްޖެ ޒިޔާރަތްކުރަމުންދާ ފަތުރުުވެރިންނަށް ހާއްސަކޮށް މާލޭގައި ބިނާކުރަމުންދާ ޓާމިނަލް އަންނަ ހަފްތާގެ ތެރޭގައި ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ މޭޔަރ ޝިފާ މުހައްމަދު ނޫސްތަކަށް އިންޓަވިއު ދެއްވަމުން ވިދާޅުވެފައި ވަނީ މިހާރު ކުރަމުންދަނީ ޓާމިނަލްގެ އެންމެ ފަހުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް ކުރަމުންދަނީ އެމްޑަބްލިއުއެސްސީގެ ސީއެސްއާރު މަސައްކަތުގެ ދަށުންނެވެ. މި މަސައްކަތަށް 2.5 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ހަމަޖައްސާފައެެވެ.

މި ޓާމިނަލް އަކީ ލައުންޖަކާއި، މަޑުކޮށްލައިގެން ތިބެވޭނެ އެހެނިހެން ތަންތަންވެސް ހިމަނައިގެން އިމާރާތްކޮށްފައިވާ ތަނެކެވެ. ލައުންޖެއްގެ އިތުރުން 8 ފާހާނައެއް ހިމެނޭގޮތަށް އިމާރާތްކޮށްފައިވާ މި ޓާމިނަލްގެ މަތިވެސް ތައްޔާރުކޮށްފައިވަނީ ފަތުރުވެރިންނަށް މަޑުކޮށްލައިގެން ތިބެވޭނެ ހެންނެވެ.

ރާއްޖެ އަންނަ ކުރޫޒް ލައިންތަކުގައި ތިބޭ ފަތުރުވެރިންނަށް މަޑުކޮށްލައިގެން ތިބޭނެ ތަނެއް ނެތުމަކީ އެފަރާތްތަކުގެ ޝަކުވާއެކެވެ.

ޓާމިނަލެއް މާލޭގައި އެޅިއިރު ކުރިއިރު ހުޅުމާލޭގައި ކްރޫޒް ޓާމިނަލެއް އެޅުމަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމާއި ހަމައިން ޕްލޭން ކޮށްފައި އޮތް ކަމެކެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަސައްކަތް ހުޅުމާލޭގައި ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެސް ވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މަރްހަބާ މަރްހަބާ މަރްހަބާ މަރްހަބާ ބިޔަބޮޑު މަޝްރޫ އެއް ނިއްމާލަނީ ޔޯ. ހުޅުވުން ވަރށް ގްރޭނޑް ވާން ވާނެ ރޫހާނީ ލީ ޑަރު ތިތަން ހުޅުވަން ޖުހޭނީ. ޢަދިވެސް 1 ފަހަރު މަރްހަބާ ތި ނިއްމާލި ބޮޑުމަޝްރޫ އަށް

  2. Anonymous

    ޖަޒީރާރާޖެއެއްނޫންތަ