ދިވެހިން މިއަދު އެންމެ ގިނައިން ވިޔަފާރި ކުރަމުން އަންނަނީ އަލިއެކްޕްރެސް އިންނެވެ. ނަމަވެސް އަލިއެކްޕްރެސްއަކީ ވަރަށް ބޮޑު އަދި ދުނިޔޭގެ ހުރިހާ ޤައުމެއްގެ މީހުން ވިޔަފާރި ކުރަމުން އަންނަ ޕްލެޓްފޯމަކަށްވުމާއެކު ގިނަ ފަހަރަށް ބޭނުންވާ ޕްރަޑަކްޓް ހޯދުމަށް ދަތިތަކާ ކުރިމަތިވެއެވެ. މިގޮތަށް ދިމާވާ ދަތި ތަަކަށް ހައްލު ހޯދައިދިނުމަށް ދިވެހި ރާއްޖޭގައި، "އަލިއެކްސްޕްރެސް މޯލްޑިވްސް" ގެ ނަމުގައިވަނީ ޕޭޖެެއް ހަދާފައެވެ.

"މިޕޭޖް ހެދުމުގެ ބޭނުމަކީ ދިވެހިން ބޭނުންވާ ޕްރަޑަކްޓްސްތައް ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުން. ގިނަ ފަހަރަށް ބޭނުންވާ ޕްރަޑަކްޓެއް އޮންނަނީ ނޭނގިފަ. މިހެންވެ އަޅުގަނޑުމެން ހެދި ޕޭޖެއް މިއީ. ކޮންމެ ދުވަހަކުވެސް، އަޅުގަނޑުމެން ޓީމްގެ ފަރާތުން އަލިއެކްޕްރެސްގައި ހުރި ޕްރަޑަކްސްޓްގެ ތެރެއިން ދިވެހިންގެ އެންމެ ކަމުދާނެ ޕްރަޑަކްޓްސް ފިލްޓާ ކޮށްލަދެން." އެ ޕޭޖް މެނޭޖް ކުރަމުން އަންނަ ފަރާތުން ބުންޏެވެ،

https://www.facebook.com/AliExpressMaldives/posts/2671645206205763

 

އަލިއެކްޕްރެސް މޯލްޑިވްސް ޕޭޖަށް އެންމެ ދެ ދުވަސްތެރޭ 2،000 މީހުންވަނީ ލައިކްކޮށްފައެވެ. މިއީ ދިވެހިން މިކަމަށް ކުރާ ތަރުޙީބު ދޭހަވާ ކަމެއްކަމަށް އަލިއެކްޕްރެސް ޕޭޖުން މައުލޫމާތު ދެއެވެ.

"އަދި ދެދުވަސް މިވީ. 2،000 ލައިކްސް ހަމަވެއްޖެ. އިންޝާ ﷲ އަޅުގަނޑުމެންގެ ޚިދުމަތްތައް ފުޅާ ކުރާނަން. ލިބޭ ތަރުޙީބަށް ބަލާ އަޅުގަނޑުމެން މިވިސްނަނީ ޕްރަޑަކްސްޓްތައް ބޭނުން ކުރާނެ ގޮތް ފަދަ މަޢުލޫމާތުތަކާއެކު ޕްރަޑަކްސްތައް ގެނެވޭނެ އިންތިޒާމެއް ހަމަޖެެއްސުމެއް. ހުރިހާ ބޭފުޅުންވެސް އަޅުގަނޑުމެންގެ ޕޭޖް ފޮލޯ ކުރައްވާ. އޭރުން އިންޝާ ﷲ ވިޔަފާރި ކުރުމަށް ތި ބޭކާރު ކުރާ ވަގުތައް މަދުވާނެ." އަލިއެކްޕްރެސް ޕޭޖްގެ އެޑްމިންއަކު ބުންޏެވެ.

އަލި އެކްސްޕްރެސްއިން ތަފާތު ގިނަ ބާވަތް ބާވަތުގެ ސާމާނު ލިބެން ހުންނައިރު، ގިނަ ސާމާނު ޝިޕް ކުރެއެވެ. އަލި އެކްސްޕްރެސް އެކައުންޓެއް ނެތްނަމަ މިލިންކަށް ފިއްތާލައިގެން ރެޖިސްޓަރ ކުރެވޭނެއެވެ. ފޭސްބުން މެދުވެރިކޮށްވެސް ރެޖިސްޓްރޭޝަން ކުރިޔަށް ގެންދެވޭނެއެވެ. އަލަށް އަލިއެކްޕްރެސްއަށް ރެޖިސްޓާރ ކުރައްވާ ފަރާތްތަކަށް2 ޑޮލަރު ބޯނަސްގެ ގޮތުގައި ލިބިވަޑައިގަންނަވާނެއެވެ.

އަލިއެކްޕްރެސްގައި މިވަގުތު އެންމެ ހިނގާ ޕްރަޑަކްޓްތައް ބަލާލުމަށް މިލިންކަށް ފިއްތާލާށެވެ.

ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ އަލި އެކްސްޕްރެސް އަކީ ދުނިޔޭގައިވެސް މިހާރު އެންމެ ގިނަ މީހުން ބޭނުން ކުރަމުން އަންނަ ޝޮޕިން އެޕްލިކޭޝަންއެވެ. ބޭނުން ކުރަން ފަސޭހަ ކަމާއި ބޭނުންވާ މުދާ ވީހާވެސް އަވަހަކަށް ފޯރުވަމުން އަންނާތީވެ، އަލިއެކްސްޕްރެސް މިއަދު ވެގެން ގޮސްފައިވަނީ ގިނަ ދިވެހިން އިތުބާރު ކުރާ އެޕްލިކޭޝަން އަށެވެ. މިއީ ޗައިނާ، ރަޝިޔާ ފަދަ ޤައުމުތަކުގައި ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަންއެއްކަން ފާހަގަކޮށްލެވެ.

 

ކިޔުންތެރިންގެ ހިޔާލު