އާއަހަރާއި ދިމާކޮށް އަހަރުގެ އެކި ހިސާބުތަކަށް ބަހާލެވިގެން، އެލިއާ އިންވެސްޓްމެންޓުގެ ފަރާތުން ކުރިއަށްގެންދާ ސިލްސިލާ ޕްރޮމޯޝަން ފަށައިފިއެވެ.

އެލިއާ އިން މިއަދު ފަށާފައި ވަނީ، 'ޔަމަހާ މޮޓޯ ގާޑިއަން' ޕްރޮމޯޝަނެވެ. މިއީ ޔަމަހާ ސިޓީގެ ދަށުން ހިންގާ ފުރަތަމަ ޕްރޮމޯޝަނެވެ.

މި ޕްރޮމޯޝަންގެ ދަށުން ސައިކަލު ގަންނަ ފަރާތްތަކުން ސައިކަލު ލިބޭނީ ކަސްޓަމަރުންގެ އަތުން އެއްވެސް ހަރަދަކައި ނުލާ ފުލް އިޝުއަރެންސް އާއި އެކުގައެވެ.

ޔަމަހާ މޮޓޯ ގާޑިއަން ޕްރޮމޯޝަންގައި ދައްކާލުމަށް ބަހައްޓާފައިހުރި ސައިކަލު ތަކެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެލިއާއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމީ ޝަރީއާ ހުއްދަކުރާ އުސޫލުން އިންސްޓޯލްމަންޓަށް ސައިކަލު ވިއްކަން ފެށި ކުންފުންޏެވެ.

މިއަދު ފަށާފައިވާ މި ޕްރޮމޯޝަނަކީ އަމަނަ ތަކަފުލް އާއި ގުޅިގެން، ކަސްޓަމަރުންނަށް އިތުބާރު ހުރި ދިވެހިންނާއި ގުޅޭ ގޮތަށް ބައްޓަން ކުރެވިފައިވާ ފުލް އިންޝުއަރެންސް ކަވަރޭޖެއް ލިބިގެންދާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގެ ދަށުން ސައިކަލު ނަގާ ކަސްޓަމަރުންނަށް ސައިކަލަށް ދިމާވާ ގެއްލުމަކުން ކުރީގެ ހިސާބަށް ގެނައުމުގެ އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ ތެރޭގައި އަލިފާނުގެ ހާދިސާ އާއި ވައްކަމާއި ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ގެއްލުން ހިމެނެއެވެ. ކަސްޓަމަރުންނަށް ދިމާވާ އެފަދަ ހާދިސާތަކަށް ވަރަށް މުހިންމު ދައުރެއް އަދާ ކުރާނެ ޕްރޮމޯޝަނެކެވެ.

ޔަމަހާ މޮޓޯ ގާޑިއަން ޕްރޮމޯޝަންގައި ދައްކާލުމަށް ބަހައްޓާފައިހުރި ސައިކަލު ތަކެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެލިއާއިން ހިންގާ މި ޕްރޮޝަންގެ ދަށުން ސައިކަލު ނަގާ ކަސްޓަމަރުންނަށް ފުރަތަމަ ޕޭމަންޓާއި އެކީ ސައިކަލު އަމިއްލަ ނަމަށް ރަޖިސްޓްރީ ކުރެވި ސައިކަލު ދޫކުރާއިރު ހުންނާނީ "ޕީ" ބޯޑުގައެވެ. އަދި މި ޕްރޮމޯޝަނުގައި ނުރައްކާތެރި ރިބާގެ އެއްވެސް މުއާމަލާތެއް ހިމެނިފައެއް ނުވާނެ ކަން އެލިއާއިން ކަށަވަރުކޮށްދެއެވެ.

އެލިއާއިން ހިންގާ މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން ފެބެރުއަރީ މަހުގެ 20 ވަނަ ދުވަހާއި ހަމައަށެވެ.

ޔަމަހާ މޮޓޯ ގާޑިއަން ޕްރޮމޯޝަންގައި ދައްކާލުމަށް ބަހައްޓާފައިހުރި ސައިކަލު ތަކެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ޕްރޮމޯޝަން ފެށުމުގެ ގޮތުން އެލިއާ އިން ވަނީ މިއަދު ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ފަށާފައެވެ. މިރޭ 22:00 އާއި ހަމައަށް މި ޕްރޮމޯޝަން ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ކުރިއަށްދާއިރު، މިއީ އެލިއާއިން ވިއްކާ ސައިކަލުތައް ބަލާލުމަށްވެސް ރަނުގެ ފުުރުސަތަކަށް ވެގެން ދާނެއެވެ.