ހުރިހާ ގަޑިއެއްގައި މުދާ އުފުލާ އުޅަނދުފަހަރު މުދާ ބަރުކޮށްގެން މާލެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީން ދީފައިވަނީ 25 ނޮވެމްބަރު 2019 އިން 05 ޖަނަވަރީ 2020ގެ ނިޔަލަށެވެ. މިހުއްދަ މިގޮތަށް ދީފައިވަނީ އެދުވަސްވަރަކީ ސްކޫލް ބަންދުދުވަސް ވަރަކަށްވާތީއެވެ. 5 ޖަނަވަރީ ނިމިގޮސް 25 ޖަނަވަރީ ނިމިނުއިރުވެސް މިކަން ބަލާނެ ފަރާތެއް ނެތެވެ. މުދާ އުފުލާ އުޅަނދުފަހަރު ވަކި ގަޑިއެއް ބެލުމެއް ނެތި މުދާ އުފުލަމުންދަނީއެވެ.

ސްކޫލްގަޑިތަކުގައްޔާ އަދި މިނޫންވެސް މާލޭގެ މަގުތައް އެންމެ ބާރު ބޮޑުވާ ގަޑިތަކުގައި މުދާ އުފުލާ އުޅަނދުފަހަރުތަކުން މުދާ އުފުލަމުންދާކަން މިފަހަކަށް އައިސް ފެންނަން މި ފެއްޓީ ޓްރާންސްޕޯޓް އޮތޯރިޓީން ދިން ހާއްސަ ހުއްދައާއެކުއެވެ. އެހެންނަމަވެސް މި ހުއްދަ ދެވިފައިވާ މުއްދަތު ނިމިގެން ދިޔައިރު ޓްރާންސްޕޯޓް އޮތޯރިޓީންވެސް މިތިބެނީ މިކަން ހަނދާންނެތިފައެވެ.

މިހާރު ކޮންމެ އުޅަނދެއްގައި ކޮންމެ ވަގުތަކު މުދާ އުފުލަމުން ގެންދިޔަ ނަމަވެސް އެކަން މޮނީޓާ ކޮށް ފިޔަވަޅު އަޅަމުންނެއް ނުދެއެވެ. މިކަން ކުރަން ވަކި ބަޔަކާ ހަވާލުވެފައިވާއިރު މިކަން ބަލަހައްޓަމުން ނުދަނީ ކީއްވެގެންކަމެއް އެއްގޮތަކަށްވެސް ނޭގެއެވެ. ބެލެނިވެރިންގެ ޝަކުވާވަނީ އިތުރުވާން ފަށާފައެވެ.

" ދަރިފުޅު ސްކޫލުން ގެޔަށް ގެންދަން މިއަންނަނީ އޮފީހުގައި ވަރަށް ބުރަކޮށް އުޅެމުން، ދަރިފުޅު ސްކޫލް ނިމޭގަޑީގެ ފަސްމިނެޓް ކުރިން އޮފީހުން ނުކުމެގެން ސްކޫލްދޮށަށް މިދެވެނީ ބައިގަޑިއިރުފަހުން، ކޮންމެވެސް ބޮޑު ލޮރީއެއް މުދާ ބަރުކޮށްގެން މަގުއެއްކޮށް ބްލޮކްވެފައި ނޯންނަ ދުވަހެއް މިހާރު މަދު". "ވަގުތު"އާ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުންޏެވެ.

ކުރީގައި އޮތްގޮތަށް މިކަން ރުޖޫއަކުރަން ގިނަ ބެލެވެރިން އެދެއެވެ.

މާލޭގެ މަގުތައް ތޮއްޖެހޭތީ ޓްރާންސްޕޯޓު އޮތޯރިޓީން ބޮޑު ބަދަލެއް ގެނެސްފައިވަނީ 2018 ވަނަ އަހަރުގެ މާރިޗްމަހުގެ ތެރޭގައެވެ.

ޓްރާންސްޕޯޓުން ދުވާލު ގަޑީގައި އުޅަނދުފަހަރުގައި މުދާ އުފުލުން މަނާކުރީ މަގުތައް ތޮއްޖެހުމުގެ އިތުރުން، ހިނގާބިނގާވެ އުޅެން ދަތިވަމުންދާތީ އާއި ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި، އާއްމު ރައްޔިތުން މަގުތައް ބޭނުންކުރުމުގައި ދަތިވާ ކަމަށް ބުނެ އެވެ.

މި ގެނައި ބަދަލާއެކު މުދާ އުފުލުމުގެ ގަވައިދުގެ 7 ވަނަ މާއްދާގެ (ދ) އަށް އިސްލާހު ގެނެސް، ފިހާރަތަކާއި އާއްމު ތަންތަނަށް ލޮރީ، ޕިކަޕް، ވޭން ފަދަ އެއްގަމު އުޅަނދު ބޭނުންކޮށްގެން ގަނޑުކޮށް މުދާ އުފުލުން ވަކި ގަޑިތަކެއްގައި މަނާވީ އެވެ. މިއާ ހިލާފުވާ ނަމަ، ވިޔަފާރިތަކާއި ޑުރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފި އެވެ.

މި ޖެނުއަރީ 5 ވަނަ ދުވަހުން ފެށިގެން މާލޭގައި މުދާ އުފުލޭނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނާ ގަޑިތައް

- ގުދަންކުރަން ގަނޑުކޮށް އުފުލާ މުދާ (ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު)

- ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ސިމެންތި (ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު)

- ބިއްލޫރި، އިމާރާތް ކުރުމަށް ބޭނުން ކުރާ ގާ (ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު)

- ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް (ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު)

- ކައްކާ ގޭސް (ހެނދުނު 8:30 އިން 11:00 އަށް - ރޭގަނޑު 8:00 އިން ހެނދުނު 6:00 އާ ދެމެދު)

ޖެނުއަރީ 5 ވަނަ ދުވަހުން ފެށިގެން މިގޮތަށް އަމަލުކުރުމަށް އަންގާފަވީނަމަވެސް މުދާ އުފުލާ އެއްވެސް ފަރާތަކުން މިކަމެއް ހަނދާނެއްނެތެވެ. އެހެންވީމަ މުދާ އުފުލާ ފަރާތްތަކާއި އަދި މިކަން ބަލަހައްޓަން ތިއްބެވި ފަރާތްތަކަށް ހަނދާން އާކޮށްލަދެމެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މުންނާރު ކޮއި

    ... ޢެބުނީ ތެދެއް.... މަމެން ހަނދާންވެސް ނެތް. ވަރަށް ކަޑަ މިފަހަރުވެސް މި ވީ ގޮތް.. މި ނޫހުގަ މިވާކަކަ ނުޖެހިނަމަ މަމެންނަށް އެއްގޮތަކަށްވެސް ނޭގޭނެ.. ޝުކުރިއްޔާ ވަގުތުނޫސް...

    37
    2
  2. Anonymous

    ގަވާއިދު އަންނަނީ!!!

    24
    2
  3. މަލޑިނީ

    އަސްލުވެސް ބޮދުވެއްޖެ ކަމެއްތީ. ޥަރަށް ދަތި މަގުމަތީ ދުއްވަން. ޢައިޝާ އަށް ބުނުލަން މިކަންތައް ބަލާދޫށޭ. ޝުކުރިއްޔާ ވަގުތަށްވެސް.

    32
    2
  4. ބާރީ

    ޢައިށާ ގެ ސޯޓް ތިބޭލީ.... ސޭޓޫ

    27
    3
  5. ސޭކްސްތާން

    ރައީސް ޔާމީން ވެރިކަމުގައި ތިކަން ވަރަށް ރަނގަޅަށް މޮނިޓަރކޮށް ގަވާއިދާޚިލާފުވާ ފަރާތްތައް ހުއްޓުވާ ހެދި. އޭރު ވަރަށް މަގުމަތި އޮމާންކޮށް ފެނުނީ. މި ވެރިކަމަކީ ހަމައެއް ލަމައެއް އޮތް ބައެއް ނޫން ކޮންމެ މީހަކުވެސް އެމީހަކު ބޭނުން ގޮތަކަށް އުޅެންވީ. ތިކަން ހައްލު ކުރާނެ ފަރާތެއް ނެތް. ރައްތިތުން ނިކުމެގެން ހައްލުކުރަން ޖެހޭނީ.

    42
    5
  6. Anonymous

    ކޮބާ ބުރުމާ ސޭޓުގެ އަންހެނުން

    26
    1
  7. ގަމާރުސޮރު

    ހޫން ލޮރީ އާއި ޕިކަޕުގައި މުދާ އުފުލީމަދޯ މައްސަލައަކީ؟ ކޮބާހޭ ބޮޑެތި ވިޔަފާރިވެރިން ގެންގުޅޭ، މަގަށް ނުކަތާ ވަރުގެ ވޭންތަކަށް މުދާ ބަރުކޮށްގެން މަގު ބްލޮކްކުރާ ވެހިކަލްތަކުގެ ބަލާވެރިކަން ބަލާ ބަޔަކީ؟

    13
    2
  8. ބޯހަލާކު

    މެޑަމް ބުނޭނުއް އަހައްނަކާނުކުޅެވޭނޭ...ދެންމިޖެހެނީ ތިބެންނުއް...!!! ޖާހިލުންގިނަވީމަވާނީމިހެން...

    12
    1
  9. މިއަދު

    އައިޝާ ހަޑިފިލުވަނީ

    12
    2
  10. އިސްމާޢީލް

    މީ ހަންދާންނެތިގެން ކުރާކަމެއްނޫން ނާގާބިލް ސަރުކާރެއް އޮތުމާއި ގުޅިގެން ޤައުމު އޮޔާދާ ތަން މިފެންނާނީ. ޝުކުރިއްޔާ ކިނބޫ!

    25
    1
  11. އާދު

    ފެނާ ގޭސް ކޮންމެ ގަޑިއެއްގަވެސް ސަޕްލައިކުރެވެންޖެހޭނެ

    18
    3