ދިވެހި ރާއްޖޭގައި ފިނިކުރިކާބޯތަކެތީގެ ޙިދުމަތްތައް ފޯރުކޮށްދިނުމުގައި 28 އަހަރު ހޭދަކޮށްފައިވާ ހެޕީމާކެޓް، އުތުރުގެ ރަށްތަކަށް ހާއްސަ ޑިސްޓްރިބިއުޝަން ސެންޓަރު އަދި ހެޕީމާކެޓްުގެ 10 ވަނަ ފިހާރަ ހދ. ކުޅުދުއްފުށި ސިޓީގައި ހުޅުވައިފިއެވެ.

އެރަށުގައި މި ސެންޓަރު ހުޅުވިގެންދިޔުމާއެކު، ހެޕީމާކެޓުން ފޯރުކޮށްދޭ ތަކެއްޗާއި ޙިދުމަތްތައް ފަސޭހަކަމާއެކީ އުތުރުގެ ރަށްތަކަށް ހަމަޖެހިގެންދާނެއެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު މި ޑިސްޓްބިއުޝަން ސެންޓަރު ހުޅުވައިދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފެވެ. މި ރަސްމިއްޔާތުގައި އެ ސިޓީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންވެސް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ހެޕީމާކެޓްގެ ސީނިއަރ
މެނޭޖްމެންޓްގެ ވަރަށް ގިނަ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަތެވެ.

ހެޕީމާކެޓުން ބުނީ، ހެޕީމާކެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ކުޅުދުއްފުށި ސިޓީގައި ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ ހެޕީމާކެޓް
އިން މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރާ ހުރިހާ ކާބޯތަކެއްޗެއް އަތްފޯރާފަށުގައި ތިލަދުންމަތީގެ ރަށްތަކަށް މާލެ ނުގޮސް ފަސޭހަކަމާއި އެކީ
ފޯރުކޮށްދިނުން ކަމަށެވެ. އަދި ހާއްސަކޮށްޕށް ފިނިކުރި މުދާ އޭގެ އެންމެ ތާޒާ ކަންމަތީ ފޯރުކޮށް ދިނުން ކަމަށެވެ.

މިފިހާރައިން މާލޭގެ ފިހާރަތަކުން ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.

ހެޕީމާކެޓްގެ މި ފިހާރަ ހުންނާނީ ކުޅުދުއްފުށީ ކޯޓް ކުރިމައްޗަށްވާގޮތަށް، ވިލުދޮޅިގޭގައެވެ.

މިއީ ހެޕީމާކެޓުން ރާއްޖޭގައި ގާއިމްކުރާ ތިންވަނަ ޑިސްޓްރިބިއުޝަން ސެންޓަރ އެވެ. ހެޕީމާކެޓްގެ ފުރަތަމަ ޑިސްޓްރިބިއުޝަން ސެންޓަރ މާލޭގައި ގާއިމްކުރެވިފައިވާއިރު ދެވަނަ ޑިސްޓްރިބިއުޝަން ސެންޓަރ ގާއިމްކުރެވިފައިވަނީ އައްޑޫ ސިޓީގައެވެ.

މިޙިދުމަތް ތައާރަފްކުރުމުގެ ގޮތުން ކުޑަކުދިންނަށް ހާއްސަ ހަވީރެއް ހެޕީމާކެޓް ފިހާރަ ހުންނަ ސަރަހައްދުގައި ކުރިއަށްގެންގޮސްފައި ވެއެވެ.

އަދި އެ ހަވީރުގެ ތެރެއިން ހެޕީމާކެޓްގެ ގިނަ ޕްރޮޑަކްޓްތަކެއް ތަޖްރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދިޔައިރު، ގިނައަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން، މި ހަވީރުގައި ބައިވެރިވެ، އެ ކުންފުނިން ވިއްކަމުން އަންނަ ޕްރޮޑަކްޓްތަކުގެ ރަހަތައް ބަލާފައި ވެއެވެ.

އަދި ރޮބޯމޭން އެކު ކުރިއަށްގެންދިޔަ މުނިފޫހިފިލުވުމުގެ ހަރަކާތްތަަކަށް ގިނަބައެއްގެ ތަރުހީބު ލިބިގެން ގޮސްފައި ވެއެވެ.

ހެޕީމާކެޓުން ޖުމްލަ 10 ފިހާރައެއް ހިންގަމުން ދެއެވެ. ހެޕީމާކެޓްގެ ފުރަތަމަ އެކްސްޕީރިއެންސް ސެންޓަރ އަންނަ ފެބްރުއަރީ މަހު
ހުޅުމާލޭގައި ހުޅުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހެޕީމާކެޓްގެ އަމާޒަކީ ދުނިޔޭގެ އެކިކަންކޮޅުޅުތަކުން އެންމެ ފެންވަރު ރަނގަޅު ކާބޯތަކެތި ހެޔޮ އަގުގައި އޭގެ އެންމެ ތާޒާކަންމަތީގައި ފޯރުކޮށްދިނުމެވެ.