ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަގެ ޓީވީ ޝޯވތަކެއް ދިރާގު ޓީވީއިން ދެއްކުމަށް ނިންމައިފިއެވެ. އައްޒައާއެކު މުޅިން އާ ދިވެހި ކޮންޓެންޓް އުފެއްދުމަށް ދިރާގާއާއެކު އައްޒަ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި ކޮންޓެންޓްތައް ދިރާގުޓީވީގެ ވީއޯޑީ އޮން ޑިމާންޑް ލައިބްރަރީ އިން މިއަހަރު ތެރޭގައި އާންމުންނަށް ފެނިގެންދާނެއެވެ.

އައްޒަ ބުނީ، ދިރާގު ކަހަލަ ބޮޑު ކުންފުންޔަކާއެކީ މިކަހަލަ ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކޮއްލަން ލިބުމަކީ ހަގީގަތުގައިވެސް ފިލްމީކެރިއާގައި ލިބުނު ވަރަށް ބޮޑު ޝަރަފެއް އަދި ހަމަ އެހާމެ ބޮޑު ނަސީބެއް ކަމަށެވެ.

ދިރާގުން ފަންނުވެރިންގެ މަސައްކަތް އަގު ވަޒަންކުރާ އަދި ހާއްސަ ގޮތެއްގައި ފިލްމި ފަންނާނުންގެ މަސައްކަތަށް ހިއްވަރުދީ، މާލީގޮތުންނާއި، ފަންނީގޮތުން ދާއިރާ އެހެން ހަރުފަތަކަށް ގެންގޮސް ދިނުމަށް ޕްލޭނަކައިއެކު ވަރަށް ބުރަމަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތެއް". އައްޒަ ބުންޏެވެ.

އައްޒައަށް ދިން އެ ފުރުސަތުގައި އޭނާ ވަނީ ކުންފުނީގެ އެންމެހައި އިސްވެރިންނަށާއި، އަދި މިކަމުގައި ބުރަކޮށް މަސައްކަތް ކޮށްދިން ހުރިހާ ސްޓާފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. އެގޮތުން ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ %74 ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ. މީގެ އިތުރުން، ދިރާގުޓީވީ އަކީ ވީޑިއޯ އޮން ޑިމާންޑްގެ ފީޗަރ ހިމެނޭ ހަމައެކަނި ޚިދުމަތްވެސެ މެއެވެ. ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.

ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެގޮތަކަށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމު މެދުވެރިކޮށް ދިރާގުން ދަނީ ދިވެހި އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮންޑިމާންޑް ޕްލެޓްފޯމުގައި ޚާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންދާނެއެވެ. އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ އަދި ދިވެހި ކޮންޓެންޓް ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުންސިރު

    އައްޒަ މެން ކަހަލަ މީހުންނަށް ތިފަދަ ފުރުޞަތު ދިނުން އެހާ އެއް ނޫން. ފަންނުވެރިކަމުގެ ގޮތުން އައްޒައަށް ވުރެ މާ ކޮލިޓީ ރަނގަޅު މީހުން އެބަތިބި. އައްޒަ މެން މޭކަޕް ކޮށްގެން ނިކުތީމަ ބައެއް މީހުންނަށް އެވަރު ކަމެއް ނެތިގެން އުޅުނަސް އަހަރުމެންނަށް އެއީ ކަމުދާ މީހެއް ނޫން. އެއަށްވުރެ މާ ފުރިހަމަ ނުޒުހަތު ވެސް

  2. ޔަޙުޔާ

    ދިރާގުން ކުރި ގަޅި ކަމެއް.