ކުރިއަށް އޮތް ރޯދަ މަހާއި ދިމާކޮށް ބައެއް ތަކެތީގެ އަގުބޮޑުވަމުން ދާތީ، 51 ބާވަތެއް އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ

މިއަދު އިކޮނޮމިކް މިނިސްޓްރީން މާގިރި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައްޔާރު އިސްމާއިލް ވިދާޅުވީ، ރަމަޟާން މަހު ބައެއް ކަހަލަ ތަކެތީގެ އަގު ބޮޑުވަމުން އަންނާތީ 51 ބާވަތެއްގެ އަގު ހެޔޮ ކުރުމަށް ލިސްޓް ތައްޔާރު ކޮށްފައިވާ ކަމަށެވެ.

މިގޮތަށް ތަކެތި އަގު ހެޔޮ ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިހާރު ވަނީ ނިންމާފައެވެ. އަދި އެކަމުގެ މަޝްވަރާ ސަރުކާރު ހިއްސާވާ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އާ ކުރުމަށް މިހާރު ވަނީ ހަމަޖައްސާފައެވެ. ފައްޔާޒު ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން އެސްޓީއޯއާއެކު ބާއްވާ ފުރަތަމަ ބައްދަލުވުން މާދަމާ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ އަސާސީ އައިޓަމްތައް އަގު ހެޔޮ ކުރަން، އެސްޓީއޯ ނޫނީ ސަރުކާރުގެ އެހެން ކުންފުންޏެއް ބޭނުން ކޮށްގެން ސަޕްލައި އިތުރު ކުރަން. އެވެސް ކޮންމެހެނަ ވަކި އަގެއްގައި ވިއްކާނީ މިހެން ކަނޑައެޅުމުގެ ބަދަލުގައި މާކެޓަށް އިތުރު ކުރާނީ. އެހެންވުމުން އޭގެ ޒާތުގައި ޑިމާންޑް އެންޑް ސަޕްލައި އަށް ބަލާ އަގު ހެޔޮވާނެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަގުހެޔޮ ކުރުމަށް ވިސްނަމުން އަންނަ 51 ބާވަތް ރާއްޖެ ގެނެސް މާކެޓް ތެރެއަށް ނެރެން ސްޓޮކް ކުރަން ގޮތްތަކެއް ރާވަމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރު ރޯދަ މަހު އެންމެ އަގުބޮޑު އެއްޗެއްކަށް ފާހަގަވި ކަނޑޫދޫ މިރުސްއާ ގުޅޭގޮތުން މައުލޫމާތުދެމުން މިނިސްޓަރ ވިދާޅުވީ، މިރުސް ވެސް އަސްލު ހުންނަން ޖެހޭ އަގު އެނގިގެން ގޮސްފައިވާ ކަމަށެވެ.

އަދި ވަކި ރަށެއްގެ މިރުހުގެ އަގު ދަށް ކުރުމަކީ މިނިސްޓްރީގެ ވިސްނުން ނޫން ކަމަށާއި، މިރުަސްގެ އަގު ހެޔޮ ކުރުމަށް ސިލޯނު މިރުސް ގެނެސްގެން ވިއްކޭނެ ގޮތް ހަމަޖައްސާނެ ކަަމަށް ފައްޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ދަނޑު ވެރިކަކަމުން ލިބޭ ކުޑަ މަންފާ ތެރެޔައް ސަރުކާރުން ވަނުން ރަގަޅެއްނޫން

    15
    11
  2. އިބްރާހިމް

    ރައްޔިތުންނޭވެ. މިވެރިން މިހާތަނަށް ތެދެއްހަދާފައި ނެތެވެ. ތައްޔާރުވާންވީ 51 ބާވަތުގެ އަގު މަތިވެގެންދާނެކަމަށް.

    42
    3
  3. ސޭކްސްތާން

    ލޯކަލް ކައުންސިލް އިންތިޚާބަށް އަޅުވާ އަދުން. ލާދީނީ ބައިގަނޑަކީ ދައްކާާ ވާހަކަ ދިމާވާ ބައެއް ނޫން. ރައްޔިތުންނޭ ގުނބޯ ނެހެދޭތި.

    29
    2
  4. ލާލާ

    މިރުހުގެ އަގު ދައްކުރަން ޖެހޭ ކޮންމެހެންވެސް އެއީ ރާއްޖޭގަ ގިނައީ ކުޅި އެއްޗެސް ކާމީހުން

    15
    3
    • ކެސްޗެސް

      އެއްޗެސް. ?

    • ސޭހް

      ކުޅިއެއްޗެހިކާ މީހުންނާ އެއްވަރަށް ސިނގެރޭޓު ބޯމީހުންވެސް އުޅޭ އެހެންވީރު ސިނގެރޭޓްގެ އަގުވެސް ޖެހޭ ދައްކުރަން

      7
      8
  5. ބުރޯ

    ކުލި ކޮންޓްރޯލް ނުކުރެވެންޔާ ދަނޑުވެރިން ހައްދާ ތަކައެޗެއްވެސް ކޮންޓްރޯލު ކޮށްގެން ނުވާނެ.

  6. ޢަބްދުލް

    ލާރި ކާލާން ގޮއް ހޯދަނީދޯ

  7. ގަނޑިޔާ!!!

    ރޯދަ މަސް... ދަހި ވިޔަފާރިވެރިން ފާފަވެރިވާ މަސް. ރޯދަމަހުގައި ނިކަމެތި މީހުންނަށް އަގުބޮޑުކޮށް އެއްޗިހި ގަންނަން ޖައްސުވާ ވިޔަފާރިވެރިންނަށް ހަލާކާއި ގެއްލުން ހުރި.