އައްޑޫ ސިޓީ ހިތަދޫގައި، ދާދި ފަހުން ހުޅުވި ނެސޯ ސްޓޯރުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް 1000 ފޭސްކް މާސްކް ހަދިޔާކޮށްފިއެވެ.

ނެސޯ ސްޓޯރުން ބުނީ، މާސްކް ހަދިޔާ ކުރީ މިވަގުތު މުޅި ދުނިޔޭގައި އެ ބައްޔަކާއި މެދު އެންމެ ކަންބޮޑުވާ ކޮރޯނާ ވައިރަސް އާ ގުޅިގެން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތަކަަށް ނެސޯ ސްޓޯރުގެ ފަރާތުންވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ނެސޯ ސްޓޯރއަކީ އައްޑޫ ސިޓީ ރައްޔިތުންގެ މެދުގައި މަގުބޫލު ފިހާރައެކެވެ.

އެ ފިހާރަ ހުންނާނީ ި ހިތަދޫ ބޮޑު މަގުގައި ހުންނަ އާގަލާ ހޯލްސޭލް ފިހާރައާ ޖެހިގެން އުތުރަށެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ދުނިޔެ އެލާޓަށް އައިސްފައިވާއިރު، އެ ބައްޔާއި ދެކޮޅަށް ސިއްހީ ޖަމިއްޔާތަކުން ދަނީ މަސައްކަތްތައް ކުރަމުންނެެވެ.

މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 1107 އަށް ވަނީ އަރައިފައެވެ. މިހާތަނަށް ކޮވިޑް-19 ޖެހުނު ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ 44138 މީހުންނަށެވެ.