މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކާ އުމުރުން ދުވަސްވީ ރަށްވެހިންނާއި، ޚާއްސައެހީ އަށްް ބޭނުންވާ މީހުން އެކަހެރި ނުކޮށް، އެންމެންގެ ބައިވެރިވުން އޮތް މުޖުތަމައުއެއް ޤާއިމްކުރުން މުހިއްމުކަމީ ސުވާލެއް އޮތް ކަމެއް ނޫނެވެ. އެހެންނަމަވެސް ބަވަނަ ވެފައިވާ މިއަދުގެ ދުނިޔޭގައި ވެސް އުމުރުން ދުވަސްވީ މީހުންނާއި ޚާއްސައެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ޚިދުމަތް ލިބިގަނެވޭނެ ފަދަ ގޮތަކަށްް، ވިސްނުން ބައްޓަންކޮށްގެން ޤާއިމްކޮށްފައިވާ ތަންތަން އިނގިލިން ގުނާ ލެވޭހާ މަދެވެ.

ޒަމާނުއްސުރެ މާލެ އަށް ސިއްޚީ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޚިދުމަތް ދެމުން އަންނަ "ދިމްޔާތު" (މިހާރު "ދިމްޔާތު ސްޓޭ") އިން މިވަނީ "ލިފްޓް ޗެއާ" ރާއްޖެއަށް ތައާރަފްކޮށް ނަމޫނާ ދައްކާފައެވެ. އަމިއްލައަށް ހިނގާ ބިނގާވެ އުޅެން އުނދަގޫ އުމުރުން ދުވަސްވީ މީހުންނާއި، ބަލި މީހުން އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް، ބޭނުން ކުރެވޭ ގޮތަށް އިމާރާތްތައް ހަދާފައި ނެތުމަކީ، ބަލިމީހާ ގޮވައިގެން އަންނަ ބެލެނިވެރި ފަރާތުން އެކަނި އުފުލަން ޖެހޭ ތަކުލީފަކަށް އޮންނަނީ ވެފައެވެ. ސިޑިފަދަ ތަންތަނުން އަރާ ފޭބުމުގައި، ބަލި މީހާއަށް އުފުލަން ޖެހޭ ވޭން އެހާމެ ބޮޑެވެ.

އެހެންނަމަވެސް "ދިމްޔާތު ސްޓޭ"އިން ދޭން ފަށާފައިވާ ލިފްޓް ޗެއާގެ ޚިދުމަތާއި އެކު، ބަލި މީހާ އަށް ސިޑިން އަރާ ފައިބަން ދިމާވެދާނެ ދަތިކަމަކާއި މެދު ވިސްނާކަށް ނުޖެހޭނެއެވެ.

 

ލިފްޓް ޗެއަރގެ ޚިދުމަތަކީ އިތުބާރު ކުރެވޭ ޚިދުމަތެއް!

"ދިމްޔާތު ސްޓޭ"ގައިވާ "ލިފްޓް ޗެއާ"ގެ ޚިދުމަތް މީހަކު ހޯދަމުންދަނީ: ފޮޓޯ ވަގުތު

ލިފްޓް ޗެއާގެ ޚިދުމަތަކީ ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރި ޚިދުމަތަކަށްވީ ނަމަވެސް މިއީ ދުނިޔޭގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި ވެސް އިތުބާރުހޯދާފައިވާ ޚިދުމަތެކެވެ.

ލިފްޓް ޗެއާގެ "ކެރީން ކެޕޭސިޓީ"އަކީ 120 ކިލޯއެވެ. މި ޗެއާ ދަތުރު ކުރަނީ މިނިޓަކު 7 މީޓަރުގެ ބާރު މިނުގައި ކަމަށް ވާއިރު، އެ ގޮނޑި ދާ ބާރުމިން ބިނާވަނީ ގޮނޑީގައި އިންނަ މީހާގެ ބަރުދަނަށެވެ. މި ގޮނޑި ރިމޯޓް ބޭނުންކޮށްގެންނާއި، ގޮނޑީގައި އިންނަ މީހާއަށްވެސް ކޮންޓްރޯލް ކުރެވޭނެއެވެ.

 

ކަރަންޓް ނެތް ހާލަތެއްގައިވެސް މަސައްކަތް ކުރާނެ، ހާސްވާކަށް ނުޖެހޭ!

"ދިމްޔާތު ސްޓޭ"ގައިވާ "ލިފްޓް ޗެއާ"ގެ ޚިދުމަތް މީހަކު ހޯދަމުންދަނީ: ފޮޓޯ ވަގުތު

ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނު ބޭނުން ކުރާ އިރު އެންމެ މުހިއްމު ވަގުތުގައި، ކަރަންޓް ކެނޑިއްޖެ ނަމަ ވަރަށް މާޔޫސްވާ ގޮތްވެއެވެ. އަނބުރާ ކަރަންޓް އަންނަންދެން އެ ކުރަން ހުރި ކަމެއް ހުއްޓާލުން ނޫން ގޮތެއް ނޯވެއެވެ. އެތައް އިރެއް ވަންދެން، މަސައްކަތެއް ނުކުރެވި ގޮތްހުސްވެފައި ހުންނަންޖެހެއެވެ. ލިފްޓް ފަދަ ތަކެތިވެސް އާއްމުކޮށް ކަރަންޓް ކަޑައިގެން ގޮސްފި ނަމަ މަސައްކަތެއް ނުކުރެއެވެ. ކަރަންޓް ކަނޑައިގެން ގޮސްފި ނަމަ ލިފްޓެއް ހުރުމުގެ ފަސޭހައެއްވެސް ގިނަ ފަހަރު އޮންނަނީ ނުލިބިފައެވެ.

އެހެންކަމުން ބަލި މީހަކު "ލިފްޓް ޗެއާ"ގައި ގެންދަން ބޭނުންވާ ވަގުތު ކަރަންޓް ކަނޑައިގެން ހިނގައްޖެ ނަމަ ދެން ވާނީ ކިހިނެއްތޯ، މިއީ އުފެދިދާނެ ސުވާލެކެވެ. ބަލި މީހަކު ގެންދަން އުޅުމުގެ ތެރޭގައި ތާށިވެފައި ހުންނާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެކަން ޔަގީނެވެ.

އެކަމަކު މިއީ ހާސްވާން ޖެހޭ ކަމެއް ނޫނެވެ.

"ލިފްޓް ޗެއަރ" މަސައްކަތް ކުރަނީ ކަރަންޓްގެ އެހީގައެއް ނޫނެވެ. "ލިފްޓް ޗެއަރ" މަަސައްކަތް ކުރަނީ އޭގެ އެތެރޭގައި ފަރުމާކޮށްފައިވާ ބެޓަރީގެ އެހީގައެވެ.

އެ ބެޓްރީ ޗާރޖްކުރަނީ ކަރަންޓް ބޭނުންކޮށްގެން ކަމަށްވީނަމަވެސް، ކަރަންޓާއި ނުލާ އެ ގޮނޑި މަސައްކަތް ކުރާނެ ކަން ފާހަގަކޮށްލެވެއެވެ.

"ދިމްޔާތު ސްޓޭ"ގައި ހުރި "ލިފްޓް ޗެއާ": ފޮޓޯ ވަގުތު

 

މީގެ އިތުރުން ގޮނޑީގައި އިންނަ މީހާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް "ލިފްޓް ޗެއާ"ގައި ޚާއްސަ ސިފަތަކެއް އެކުލަވާލާފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ

  • އޮޓޮމޭޓެޑް ސެންސަރ: މި ސެންސަރގެ ބޭނުމަކީ ގޮނޑި ދުއްވާ ވަގުތު އެ ގޮނޑި ދުއްވަމުންދާ ރެއިލް އިން ބޭރު ނުވާނެ ކަން ޔަޤީން ކުރުމެވެ. ގޮނޑީގައި އިށީންނަ ހިސާބުން ފެށިގެން، ގޮނޑީގައި ދާން ބޭނުންވާ ހިސާބަށް ގޮސް، ގޮނޑިން ފައިބަންދެން މި ސެންސަރގެ އެހީގައި އެ މީހާގެ ރައްކާތެރިކަން ކަށަވަރުކޮށްފައިވެއެވެ.

  • ސީޓްބެލްޓް: ސީޓްބެލްޓް ނާޅާ ކަމަށް ވާނަމަ "ލިފްޓް ޗެއަރ" ކުރިއަކަށް ނުދާނެއެވެ. އަދި ރަނގަޅަށް ސީޓްބެލްޓް ނޭޅި ހުރެއްޖެ ނަމަވެސް އެ ގޮނޑި މަސައްކަތެއް ނުކުރާނެއެވެ. އެހެންކަމުން ސީޓްބެލްޓް އަޅާ، ރައްކާތެރިކަން ކަށަވަރުކުރުމަށް މިކަމުން އިތުރު ބާރެއް ލިބިގެންދެއެވެ.

  • އިންފްރާރެޑް ސެންސަރ: މި ސެންސާގެ ބޭނުމަކީ ގޮނޑި ދަތުރުކުރާ ރެއިލް އާއި ދިމާއަށް އެއްވެސް ހުރަހެއް ނެތްކަން ޔަޤީންކުރުމެވެ. މި ސެންސަރގެ ސަބަބުން އެ ގޮނޑި ދާ މަގުގައި އެއްވެސް ހުރަހެއް ނެތް ކަމަށާ، ގޮނޑި ތާށި ނުވާނެ ކަން ކަށަވަރުވެއެވެ. ގޮނޑި ދަތުރުކުރާ މަގުގައި އެއްވެސް ހުރަހެއް މެދުވެރިވާނަމަ ގޮނޑި ކުރިއަކަށް ނުދާނެއެވެ.

އެހެންކަމުން ބަލި މީހުންނަށް ޚިދުމަތް ދިނުމުގައި "ލިފްޓް ޗެއާ"ގެ ޚިދުމަތަކީ އިތުބާރު ހިފޭ ބަރޯސާ ވެވޭނެ ޚިދުމަތެކެވެ.

"ދިމްޔާތު ސްޓޭ"ގެ ކޮޓަރިއެއް، ކޮޓަރިތައް ތައްޔާރުކޮށްފައި ވަނީ ޒަމާނީ ފެންވަރަށް: ފޮޓޯ ވަގުތު

"ދިމްޔާތު ސްޓޭ" އަކީ މެހެމާންދާރީގައި އެފަދަ ދެވަނައެއް ނެތް ލާމަސީލު ތަނެކެވެ. ސިޑިން އެރުމަށް މީހުންނަށް އެހީތެރިވުމުގެ އިތުރުން، ފުރޮޅުލީ ގޮނޑީގެ އެހީ ބޭނުންވާ މީހުން ހޮސްޕިޓަލަށް ގެންގޮސްދިނުމާއި އަނބުރާ ގެނައުމުގެ ޚިދުމަތް ވެސް އެ ތަނުގެ މުވައްޒަފުންގެ އެހީ ފޯރުކޮށްދޭތީއެވެ. މީގެއިތުރުން އިމާރާތުގެ އެ ތެރޭގައި ބޭނުން ކުރުމަށް ފުރޮޅުލީ ގޮނޑި ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާދީފައެވެ.

އެހެންކަމުން މިއީ ޚާއްސައެހީއަށް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލި ހާލަތު ހުރި ގޮތުން ތަންތަނަށް އަރާ ފައިބަން އެހީތެރިކަން ބޭނުންވާ މީހުންނަށް، މާލެއަށް ޚިދުމަތް ހޯދަން އައިސް ތިބެން އެންމެ ހިތްގައިމު އެއްތަނަށް ވާނެކަން ޔަޤީނެވެ.

"ދިމްޔާޓު ސްޓޭ"އަކީ ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ފެންވަރު ރަނގަޅު ހިތްގައިމު ތަނެކެވެ. 24ގަޑި އިރު ރިސެޕްޝަންގެ ޚިދުމަތާއި، މެނޫގައިވާ ކާތަކެތި ކޮޓަރިއަށް ފޯރުކޮށްދިނުމުގެ ޚިދުމަތް ލިބުމަކީ، ބޭނުންވާ ކޮންމެ ގަޑިއެއްގައިވެސް ކަސްޓަމަރުންނަށް ޚިދުމަތްދޭން "ދިމްޔާތު ސްޓޭއިން" ތައްޔާރަށް އޮތް މިންވަރު ހާމަވާ ކަމެކެވެ.

"ދިމްޔާތު ސްޓޭ"ގައި އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވާން ބަހައްޓާފައިވާ ބައެއް ތަކެތި: ފޮޓޯ ވަގުތު

އެހެންކަމުން "ދިމްޔާތު ސްޓޭ" ޚިޔާރު ނުކުރަންވީ ސަބަބެއް ނެތެވެ. އަތްފޯރާ ހިސާބުގައި ހިތްފަސޭހަ މާހައުލެއްގައި ތިބެގެން ޚިދުމަތްތައް ހޯދުމަކީ ބަލިވެގެން ޑޮކްޓަރަށް ދައްކާލަން، އަދި އެހެންވެސް ބޭނުންތަކަށް މާލެ އަންނަ އާންމު މީހާއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. އަދި މުޅި އިމާރާތުގައި ސީސީޓީވީ ހަރުކޮށް، އެ ކެމެރާތައް 24 ގަޑި އިރު އޮޕަރޭޓަކުރަމުން ދާތީ އާއި ސަލާމަތީ ނިޒާމް ގާއިމްކޮށްފައިވާތީ، ރައްކާތެރި ކަމާއި މެދު ސުވާލު ނު އުފެދި، ބަލައިގަނެވޭ ފަދަ ޚިދުމަތެއް މިތަނުން ލިބޭނެކަން ޔަޤީނެވެ.

"ދިމްޔާތު ސްޓޭ"ގައި އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވާން ބަހައްޓާފައިވާ ބައެއް ތަކެތި: ފޮޓޯ ވަގުތު

މީގެ އިތުރުން ދިމާވެދާނެ ހާދިސާތަކަށްވެސް "ދިމްޔާތު ސްޓޭ" އިން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެގޮތުން މުޅި އިމާރާތުގައި ސްމޯކް އެލާމް އާއި ފަޔާ އެލާމް ހަރުކޮށްފައިވެއެވެ. އަދި ފަޔަރ ރޭޓަޑް ދޮރާއި، އަލިފާން ނިއްވަން ބޭނުން ކުރާ ފަޔާ އެކްސްޓިންގުއިޝާ އާއި، ހޯސް ރީލް އަދި ޑްރައި ރައިޒާވެސް އެ އިމާރާތުގައި ބަހައްޓާފައިވެއެވެ.

ދިމްޔާތު އާއި ދިމްޔާތު ސްޓޭގެ ޚިދުމަތް ހޯދާފައިވާ ނ.ހޮޅުދޫގެ ރައްޔިތެއް ކަމަށްވާ އަހުމަދު އިބްރާހިމް ވަނީ އޭނާއަށް ދިމްޔާތު ސްޓޭގައި ކުރެވުނު ތަޖުރިބާ "ވަގުތު"އާއި ހިއްސާކޮށްފައެވެ.

"ލިފްޓް ޗެއާ ބޭނުން ކުރީ އަޅުގަނޑު އަންހެނުން. އެއީ އަރާ ފައިބަން ވަރަށް އުނދަނގޫ. ވަރަށް ހިތްހަމަ ޖެހިފައި ހުރީ. ދެން އަނެއް ކަމަކީ މިތަނުގެ ހުރިހާ ކަމެއްވެސް ވަރަށް ފަސޭހަ. ކުރިއާ އަޅާ ބަލާއިރު ރޫމްތައް ވެސް ވަރަށް ރީތި އަދި ފަސޭހަ. މިތަނުގައި އެބަ ހުރޭ އޭސީ އައި ފަންކާވެސް. އެއީ ބައެއް މީހުންނަށް އޭސީ ކަމަކު ނުދޭ. ހުންނަތާ ހުރެގެން ހުރިހާ ކަމެއްވޭ. ރޫމަށް ކާ އެއްޗެހި ގެނޭ." އަހުމަދު އިބްރާހިމް ކިޔާދިނެވެ.

"ދިމްޔާތު ސްޓޭ"ގެ ކޮޓަރިއެއްގެ ބޭރު، ކޮޓަރިތައް ތައްޔާރުކޮށްފައި ވަނީ ޒަމާނީ ފެންވަރަށް: ފޮޓޯ ވަގުތު

ތަނުގެ ފެންވަރާއި ލިބޭ ޚިދުމަތްތަކަށް ބަލާއިރު، "ދިމްޔާތު ސްޓޭ"ގެ އަގުތަކަކީ އަތްފޯރާ ފަށުގެ ހެޔޮ އަގުތަކެއްކަން ތަނުގެ ޚިދުމަތް ހޯދާ ފަރާތްތަކުން ފާހަގަކުރަމުންދެއެވެ. "ދިމްޔާތު ސްޓޭ" އިން ދޫކުރާ ކޮޓަރި ތަކުގެ އަގުތައް ފެށޭނީ 450 ރުފިޔާ އިންނެވެ. ގުޅޭނެ ނަމްބަރު ތަކަކީ, 3328920, 3322392, 3324381 މިއީއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަބްދުﷲބެ

    އިސްތިހާރު، ހަބަރު ނުވަތަ ރިޕޯރޓް ފަދަ ތަކެތި ވަކިން އެނގޭގޮތަށް ހިމަނުއްވާނަމަ ފަސޭހަވެ ޝައުޤުވެރިކަން ނުގެއްލި ކުރިއަށްދެވޭނެ.

  2. ޑިމޮކްރަޓިސްޓް

    ތިތަން ޑިޒައިން ކޮށްފަހުރިގޮތުން ތި ގޮނޑި ބޭނުންކުރަން ތިޖެހެނީ. ލިޕްޓާ ހަމަޔަށް އެރެނީ އަދި ސިޑިއަކުން ކަމަށް ވީއިރު، ބަލިމީހުނަށް ވަރަށްބޮޑު ބުރަޔަކަށް އެކަންވާނީ. ސުވާލަކީ ތި އިމާރާތުގެ ހުރިހާ ސިޑިއެއްގަ ތި ގޮނޑި އިނދޭތޯ؟ ނެތްނަމަ ލިފްޓް މަސައްކަތް ނުކޮށްފިނަމަ ނުވަތަ އިމަރޖެނަސީއެއް ދިމާވެއްޖެނަމަ ބަލިމީހާ ބާލަނީ ކިހިނެއްތޯ؟

    9
    1
    • ޑިމޮކްރަޓިސްޓްގެ ބޭބެ

      ބްރަދާ.އެއީ ބޭސްމެންޓަކާއެކު ހަދާފަ ހުރިތަނެއްވީމަ ގްރައުންޑް ފްލޯ އުސްކޮށް ހުންނާނީ.

      • ޑިމޮކްރަޓިސްޓް

        އެވާހަކަތާ މިދައްކަނީ. އުސްކޮށް ހަދާފަހުރި ވާހަކއެއްނޫންތަ މިކިޔަނީ؟ ނޫނީ މުރާތްކޭތަ މިކިޔަނީ؟

  3. ޢިންސާފް

    ލިފްޓް ހަރުކުރިނަމަ ތިކަން ހައްލު ކުރެވުނީއެއްނު

    3
    1
    • ޑިމޮކްރަޓިސްޓް

      ބުރޯ ލިފްޓު ނެތީކީނޫނޭ، ލިފްޓާ ހަމަޔަށް އެރެނީ 1 ފްލޯ ސިޑިން ހިނގާފަ އަރައިގެނޭ.

  4. މުއިއްޒު

    ހަނދާންވަނީ މޫމަޑި މަތިން

    3
    1
  5. ހަސަން ފޭދޫ

    ވަރަށް ރަނގަޅު ވާހަކަ އެއް. ގޮނޑިންފައިބާ އެއަށް އަރާ، ވެއްޓިދާނެތީ ވެސް އުޅޭކަށް ނުޖެހޭނެ. ބަލިމީހުންނަށް މީގެންވާނީ އުނދަގުލެއް.

    4
    1
  6. ސިނެކް

    ހާދަހާ ތަންދޮރު ނޭގެ މީހުން ގިނަ ވާހެން ހީވެޔޭ

    4
    2
  7. ތުވާ

    ކުރީގެ ހައުސިންމިނިސްޓަރ ތަނެއްވީމަތާ ކުރީގައި އުޅެނީ---- ފަޓާސް

    4
    2