ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމްް ކުންފުނިން، ދިރާގުގެ އާއްމު ހިއްސާދާރުގެ ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ އާންމު ހިއްސާދާރުންގެ ތެރެއިން ދިރާގުގައި ބޯޑަށް ކުރިމަތިލާ ފަރާތައް މި މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމާއި އެހެނިހެން ލިޔެކިޔުންތައް، ދިރާގުގެ ވެބްސައިޓުން ލިބެން ހުންނަނެއެވެ.

ދިރާގުން ބުނީ، އެ މަގާމަށް އަންހެނަކު ކުރިމަތިލުމަށް ބާރު އަޅާ ކަމަށެވެ.

އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ޑީގްރީއެއް ހާސިލްކޮށްފައިވުމާއި، ދިރާގުގެ ހިއްސާ ދާރަަކަށްވުމާއި، ކުންފުންޏެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވުމާއި، ރާއްޖޭގެ ކުންފުނިތަކާ ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން މަސައްކަތް ކުރެވޭ މީހަކަށް ވުމާއި، ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ގަވާއިދުތަކާއި ޝަރުތުތައް ވެސް ހުންނަ މީހަކަށް ވުން ހިމެނެ އެވެ.

މިއީ ކޮންމެ ދެ އަހަރަކުން ހޮވާ މަގާމެކެވެ.

ކިޔުންތެރިންގެ ހިޔާލު