އަމީނީ މަގު ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު ކުރިމަތީގައި އެލީސް ކުޒިންގެ ނަމުގައި އާ ރެސްޓޯރެންޓެެއް ހުޅުވައިފިއެވެ.

މި ރެސްޓޯރެންޓު ހުޅުވާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހެއެވެ.

އައްޑޫ ސިޓީ ދެ ރަށެއްގައި ރެސްޓޯރެންޓް ހިންގަމުން އަންނަ އެ ފަރާތުން މާލޭގައި ހުޅުވި މި ރެސްޓޯރެންޓަކީ ދިވެހިން ވަރަށް ގަޔާވާނެ ރެސްޓޯރެންޓެކެވެ. ހިތްގައިމު މާހައުލެކެވެ. އާއިލާ އާއި ރަހުމަތްތެރިންނާއި ލޯބިވެރިންނާއެކު ދާން މިއީ މާލޭގައި އެންމެ ހިތްގައިމު އެއް ރެސްޓޯރެންޓެވެ.

އެ ކުންފުނީގެ ފުރަތަމަ ރެސްޓޯރެންޓް ހުޅުވާފައި ވަނީ އައްޑޫ ސިޓީ މީދޫގައި އިރު އޮއްސޭ މަންޒަރު ފެންނަ ސަރަހައްދެއްގައެވެ. ދެވަނަ ރެސްޓޯރެންޓް އެލީ ބިސްޓްރޯގެ ނަމުގައި ހިންގަމުން ދަނީ އައްޑޫ ސިޓީ ފޭދޫގައެވެ.

އެލީސް ކުޒިން އިން މައުލޫމާތުދިން ގޮތުގައި، އެ ރެސްޓޯރެންޓުން އިންޓަނޭޝަނަލް ފުޑްސް ލިބެން ހުންނާެއެވެ. އޭގެ ތެރޭގައި އިންޑިއަން ތާއީ ކެއުންތަކާއި ސްރީލަންކަން ފުޑްސްވެސް ލިބޭނެއެވެ. އަދި ތަފާތު ކެއުންތަކާއި ބުއިންތައް ލިބޭނެއެވެ. އަދި ކެއުންތަކުގައި ރަހަތައް މީރުވެފައި، ޔަގީނުން ވެސް ދެވަނަ ފަހަރަހަށް އަންނަ ހިތްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ރއގ

  ކޮރެއަން ފޫޑްސް ހުންނާނަމަ

  4
  2
 2. އަބުޅޯ

  ދި ބެސްޓް ޕްލޭސް އިން ޓައުން ރައިޓް ނައު. ގޫޑް އެންވަޔަރަމެންޓް

  4
  7