ދ. އަތޮޅު އަލުވިފުށީގައި ސަން ސިޔާމް ކުންފުނިން ތަރައްގީ ކުރާ "ސަން އަކުވާ އިރުވެލި" ރިސޯޓް މި އަހަރުގެ އޮކްޓޫބަރު މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ،

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބްރޭކިން ޓްރެވަލް ނިއުސްގައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ސީޕްލޭންގައި 40 މިނެޓުގެ ރާސްތާއެއްގައި އެ ރިސޯޓަށް ދެވޭނެއެވެ. އެ ރިސޯޓުގައި ފެންވަރު މަތީ 125 ކޮޓަރި ހުންނައިރު ރިސޯޓުގައި މޫދު ކޮޓަރިތަކާއި ބީޗު ވިލާތައް އަދި މަތީ ފަންތީގެ ސްވިޓްތަށްވެސް ހުންނާނެ އެވެ.

ސަން ސިޔާމް ރިސޯޓްސް އިން މިހާރު ހިންގަމުން ގެންދަނީ ސަން އަކުއާ ވިލުރީފް ރިސޯޓާއި ސްރީލަންކާގައި ހިންގާ ސަން އަކުއާ ޕާސިކުޑަ އަދި ކ. އޮޅުވެލި ބީޗް ރިސޯޓާއި ސަން ސިޔާމް އިރުފުށި ރިސޯޓެވެ.

މި ސަރުކާރުން ވަނީ މި ދައުރުގައި 50 ރިސޯޓެއް ހުޅުވާނެ ކަމަށް ބުނެފަ އެވެ. އެގޮތުން މިދިޔަ އަހަރުވެސް ގިނަ އަދަދެއްގެ ރިސޯޓުތައް ހުޅުވާފައިވާއިރު މިއަހަރު ވަނީ ހދ އަތޮޅުގައި އެޅި ފުރަތަމަ ރިސޯޓުވެސް ހުޅުވާފައި އެވެ.