ގެސްޓް ހައުސްތަކާއި ސިޓީ ހޮޓެލްތަކަށް ފަތުރުވެރިން ގެނައުން މަނާކޮށްފި އެވެ.

އެކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެެރިންގެ ބައްދަލުވުމެއްގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިރޭ އިރުއޮއްސި 6:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަަށް ދިވެހި ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތަަަކަށް ބިދޭސީ ފަތުރުވެރިން ގެނައުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.

މިގޮތަށް ނިންމާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު މުޅި ރާއްޖެއަށް ނެރެފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ އަމުރުގެ ދަށުން އުޅޭ ފިޔަވަޅެއް ގޮތުންނެވެ.

"ނަމަވެސް މިހާރު މިފަދަ ތަންތަނުގައި ޗެކިންގވެފައި ތިބި ބިދޭސީ ފަތުރުވެރިންނަށް ބުކިންގ ހައްދާފައި މުއްދަތަކަށް ތިބުމުގައި މި އަމުރުގައި އެއްވެސް ހުރަހެއް". އަލީ ވަހީދު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގެސްޓު ހައުސް އެސޯސިއޭޝަނުގެ ރައީސް ވިދާޅުވީ، ހަލުވިކަމާއި އެކު ފެތުރެމުން މިއަންނަ ވައިރަހާއި ގުޅިގެން ޓުއަރިޒަމް މިނިސްޓްރީ އާއި އަދި އެހެނިހެން މުއައްސަސާތަކާއި އެކުވެސް ވާނީ ބައްދަލުވުންތަކެއް ބޭއްވި މަޝްވަރާކުރެވިފައި ކަމަށެވެ.

އަދި މަޝްވަރާ ކުރުމަށްފަހު ނިންމާފައި ވާނީ ހުރިހާ ގެސްޓުހައުސްތަކެއް ބަންދު ކުރުމަށް ކަމަށާއި، އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ކުރާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން މިހާރު ނިންމާފައިވާ ނިންމުމާއި އެއްގޮތަށް އަމަލު ކުރުމަކީ އެ އެސޯސިއޭޝަނުގެވެސް ވަރަށް ބޮޑު އެދުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވި މީހުންގެ އަދަދު ވަނީ 13އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މުއްނި

  ގެސްޓު ހައުސްތަކައް ފަތުރުވެރިން ގެނައުން ހުއްޓުވުމަށްވުރެއް މުޅި ރާއްޖެއަށ12

  2
  1
 2. މުއްނި

  މުޅި ރާއްޖެ ލޮކު ކޮއްލުން މާ މުހިއްމުކަން މާ ބޮޑު

  5
  1
 3. އަހުމަދު

  ދެން ރިސޯޓު ތަކޯ؟؟ މީ ގެސްޓް ހައުސް ތަށް އިނދަ ޖައްސަން ކުރާ ކަމެއް ކަމަށް ލަފާ ކުރެވޭ!

 4. ތަންދޮރު

  މުޅިރާއްޖެ އެއްކޮން ބަންދުކުރަންގޮވަނީ ވިސްނުންކޮށިވީމަ، މުޅިރާއްޖެ ބަންދުކޮއްގެން މުޅިއިގްތިސާދު އިނަދަޖެހިއްޖެނަމަ ކާބޯތަކެއްޗާ، ތެލާ، ބޭހާ، މިނޫންވެސް ދިރިުޅުމުގެ ޒަރޫރީ ބޭނުންތަކްއް ބޭނުންވާ ތަކެތި އެތެރެކުރާނެ ބޭރުފައިސާހުސްވެއްޖެނަމަ، ހީނުކުރާހާވަރުގެ ބޮޑު އިންސާނީ މުސީބާތަކާ ކުރިމަތިލާންޖެހިދާނެ. އޭރުން ތިވައިރަސް ޖެހިގެން މަރުވާރޭޓައްވުރެ 10 ގުނަ އިތުރައް ކާބޯތަކެއްޗާ ބޭސްފަރުވާނުލިބިގެން މީހުންމަރުވެދާނެ.