ރާއްޖެއިން ކޮވިޑް-19 ފެނިފައިިވާއިރު، މިއީ ވިޔަފާރި ކުރުމަށްވުރެ ގައުމީ ލޯތްބާއި ވަތަނީ ރޫހު އަދި ދިވެހިވަންތަކަން ކުރިއަށް ނެރެ އެހެން ދިވެހިންނަށް ހިދުމަތް ދޭންވީ ވަގުތު ކަމަށް ހެޕީ މާކެޓުގެ ސީއީއޯ އަލީ އިހުސާން (ކެޕްޓަން އިހްސާން) އެންމެހާއި ވިޔަފާރި ވެރިންނާއި ކުންފުނިތައް ހިންގަވާ ބޭފުޅުންނަށް ގޮވާލައިފިއެވެ.

އޭނާ މިގޮތަށް ގޮވާލީވިދާޅުވީ، ފޭސްބުކްގައި ޖެހި ޕޯސްޓެއްގައެވެ.

އޭނާ ވިދާޅުވީ، މިވަގުތަކީ ގައުމު އަޅުގަނޑުމެންނަށް އެންމެ އެދި ގޮވާލާ ވަގުތުކަމަށާއި، މިއީ ދިވެހިންނަށް ހިދުމަތް ދޭންވީ ވަގުތު ކަމަށެވެ.

"މިވަގުތަކީ ގައުމު އަޅުގަނޑުމެންނަށް އެންމެ އެދި ގޮވާލާ ވަގުތު، ފާއިތުވެ ދިޔަ ހުރިހާ އަހަރުތަކުގައި އަޅުގަނޑުމެން މި ގައުމުގައި ވިޔަފާރިކޮށްފި، އަދި ﷲގެ އިރާދަފުޅާއެކު ކުރިމަގުގައިވެސް ކުރާނެ ނަމަވެސް މިދަނޑިވަޅަކީ ވިޔަފާރި ކުރުމަށްވުރެ އަޅުގަނޑުމެންގެ ގެ ގައުމީ ލޯތްބާއި ވަތަނީ ރޫހު އަދި ދިވެހިވަންތަކަން ކުރިއަށް ނެރެ އެހެން ދިވެހިންނަށް ހިދުމަތް ދޭން ވީ ވަގުތު" އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ތަކެތީގެ އަގު ބޮޑު ކުރުން ދެއްކިދާނެ އެތައް ސަބަބެއް ހުރި ނަމަވެސް މައިގަނޑު އެންމެ ސަބަބަކަށްޓަކައި އަގުތައް ހިފަހައްޓާލުމަށް ގޮވާލާފައެވެ. އިހުސާން ވިދާޅުވީ، އެ ސަބަބަކީ ދިވެއްސަކަށް ވީކަމާއި، އަދި މި ފަސްގަނޑުގައި ވިޔަފާރި ކުރާ ކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑާއި އަޅުގަނޑު ޒިންމާވާ ކުންފުނިން ﷲ އިރާދަކުރެއްވިއްޔާ މިކަން ކުރާނަން، ތިބޭފުޅުންވެސް މިކަން މިގޮތަށް ކޮށްދެއއްވުމަށް އެދި އިހްލާސްތެރިކަމާއެކު ދަންނަވަން" އިހްސާން ވިދާޅުވިއެވެ.

އިހްސާން މިގޮތަށް ވިދާޅުވިއިރު، ހެޕީ މާކެޓުންވެސް ވަނީ ކޮވިޑް19 އާ ގުޅިގެން ކުންފުނިން ވިއްކަމުންދާ ކާބޯތަކެތި އަގުބޮޑު ނުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ، އަދި ބޭނުންވާ ވަރަށް ސްޓޮކް ލިބޭނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ސަމޭދާން

  ކޮބާ ހެޕީމާކެޓުން ގެންނަންބުނި މާސްކުތައް.

  11
  33
  • ާާާޢަލީ

   ކޮންމެވެސް އެއްޗެކޭ ވީދާތި...ކަލޭމެން ހަމަ ތިބެނީ ކަމެއްނުފެނިފައޭދޯ...ކިތައްމެ ރަނގަޅުކަމެއް މިހަކުކުރިޔަސް ވާހަކައެއް ބުންޏަސް އެމީހަކާދެކޮޅަށް ފަށްޓަންވީ...އިސްލާހުވެބާލަ ހެޔޮނުވާނެ...

   36
   1
 2. މޯޑް

  ތިބާއަށްﷲ ރަހުމަތް ލައްވާށި...އާމީން

  110
 3. ގައުމު

  މާތްﷲ މި ބޭޭފުޅާ ގެ މުދަލުގައި ބަރަކާތް ލައްވާށި.

  113
 4. ޢަންސާރު

  ސާބަހޭ .އިންގިލާބް

  72
  • ފިލްވް

   ގްރައުންޑްގަ ނުހަނު ސާބިތުވެ ހުރެ އެކަމު ކޮމާންޑް އޮޅުނު.

   1
   17
 5. ސިނެކް

  މީ ހަގީގީ ވިޔަފާރިވެރިން ނަކީ ﷲ ތަޢާލާ ތިވިޔަފާރީގާ ބަރަކާތް ލައްވާށިآمين

  43
 6. ތައްބެ

  ސާބަސް ތިޔައީ އެބުނާ ދިވެހި ލޭ ހިނގާ ދަރިން.

  35
 7. Anonymous

  މިބޭފުޅުން ގެ މުދަލުގައި ބަރާތް ލައްވާނދޭވެ. އާމީން. މިއަދު ތިމާގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ހެޔޮފޯރުކޮށް ދެއްވުމުގައި ތިޔަދައްކަވާ ރީތި ނާމޫނާއަށް ޝުކުރިއްޔާ. ﷲ ތިބާއަށް ހެޔޮޖަޒާ ދެއްވާށި. ތަނަވަސް ކަންހުރި އެހެން ބޭފުޅުން ވެސް މިފަދަ ނަމޫނާއިން މިސާލު ނެއްގެވުން ކީއްތޯ؟ ޤައުމަށް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ވަކި ދާއިރާއެއް އެބައޮތްތޯ؟

  38
 8. މާހިރު

  ކޮބާ ދެންތިބި މީހުން މިގައުމުގެ ފަސްގަޑާ ލޮނުގަނޑޭ ކިޔަކަސް ކަމަކުނުދާނެ

  26
  1
 9. އައިސާ

  ގާސިމޫ ފެނޭތަ މީހުން،

  31
 10. އައްޑޫ ލެއި

  ހެޔޮ ރަޚުމައް ލައްވާ ރިޒްޤް ތަނަވަސް ކޮށް ދެއްވާށި އާމީން

  39
 11. Anonymous

  އިހްސާން އެއީ ވަނަމެއްނޫންކަން ދައްކު ވާ ދެއްވީތީ ޝުކުރިއްޔާ.
  މާތް ﷲތިބާއާއި ތިބާގެ ވިޔަފާރީގަ ހެޔޮ ރަހްމަތާއި ބަރަކާތް ލައްވާ ށި.
  ޢާމީން

  28