މިހާރު ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް-19ގެ ސަބަބުން ސަރުކާރުން ކެފޭ އަދި ރެސްޓޯރަންޓްތައް ބަންދުކުރުމަށް ނިންމާފައިވާ ދުވަހުން ފެށިގެން ފުޑްކޯޓް ޔުނިޓްތަކަށް ދައްކަންޖެހޭ ކުލި އެސްޓީއޯއިން މާފުކޮށްދިނުމަށް ނިންމައިފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ، ސަރުކާރުން މިކަމުގައި އެހެން ގޮތެއް ނިންމަވަންދެން މިހިނގާ މުއްދަތުގައި ފެށިގެން ފުޑްކޯޓް ޔުނިޓްތަކަށް ދައްކަންޖެހޭ ކުލި އެސްޓީއޯއިން މާފުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯއިން ބުނީ، ކޮވިޑް-19ގެ ސަބަބުން ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން ބަންދުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާއި ގުޅިގެން އެސްޓީއޯ ފުޑްކޯޓްތަކުގެ ވިޔަފާރިވެސް މިވަގުތު ހުއްޓުމަކަށް އައިސްފައިވާކަން އިނގޭ ކަމަށެވެ.

އެހެންވެ ފުޑްކޯޓްތައް ހިންގާ ފަރާތްތަކަށް މިދަނޑިވަޅުގައި ލިބޭނެގެއްލުން ކުޑަކުރުމަށާއި، އެފަރާތްތަކަށް މިފަދަ ދަނޑިވަޅެއްގައި އެއްބާރުލުންދިނުމަށް އެސްޓީއޯއިންނިންމީ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ހޮނިހިރު ދުވަހުގެ ރޭ 12:00އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ހުރިހާ ކެފޭތަކެއް ބަންދުކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށެވެ.

ކެފޭތައް ބަންދުކޮށްފައި ވަނީ ރާއްޖެއަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައިވާއިރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދާމޫ

    ދަނާލް ތަކުގައިވެސް ގިނައީ ރިސޯޓް މުވައްޒަފުންގެ ދަރިން އެޑިޔުކޭޝަން މިނިސްޓްރީ އިން މިކަމާ ވިސްނަވާލެއްވުން އެދެން!

  2. ދަރަނި ދަންތުރަ

    ތިކަމުން ވަކިބަޔަކަށް ފައިދާތިވީ ކުޅިމައާފު ނުކޮށް ފަހުން ދައްކާގޮތަށް ލުޔެއްދީ އަދި އެފައިސާ ތެލެސީމިޔާ ކުދިންނަށް ބޭނުންވާ ބޭސްފަރުވާ ނުވަތަ މެސިނަރީ ހޯދައިދީ ތި ފުޑުކޯޓުތަށް ހިފާފައިހުރީ ބޮޑެތި މަހުޖަނުން އެމީހުންނަށް ކޮންލުޔެއްދޭކަން މިގަމުގައި ފަގީރުން ނެތީތަ . އެސް ޓީ އޯ އަމުރޫ....

  3. ދަރަނި ދަންތުރަ

    އެސް ޓީ އޯ އިން އިންސްޓޯލްމަންޓަށް (މުސާރައިން ކަޑާގޮތަށް) މުދާނަގާފައި ތިބި އެކިއެކި ފަރާއްތަކުން އެސް ޓީ އޯ އަށް ދައްކަންޖެހޭ ފައިސާ ވެސް މައާފު ކޮށް ދެއްވާ މިއީ ނިކަމެތިންނަށް ވެވޭ އެހީޔަކަށް ވާނީ ، ފުޑުކޯޓުތަކުގެ ކުލި މައާފު ކުރިޔަކަސް ނުފުދޭ އަމުރޫ އަބަދުވެސް މަހުޖަނުންނަށް މޮޅުގޮތްދޯ ފަގީރުން ފަގީރު ކަމުގައި އަމުރު ކަލޭގެ ލަދުކޮބައި؟