ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އިމްޕޯޓްކޮށް ވިއްކާ "ހެޕީ މާކެޓު"ން މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ބައެއް ޕްރޮޑަކްޓްތަކުގެ އަގުހެޔޮކޮށްފިއެވެ.

ކޮންމެ އަހަރަކު ރަމަޟާން މަހާއި ދިމާކޮށް ހެޕީ މާކެޓުން ދަނީ އެ ކުންފުނިން ވިއްކަމުންދާ ތަކެތީގެ އަގުތައް ހެޔޮ ކުރަމުންނެވެ.

އެގޮތުން މި އަހަރު ރަމަޟާން މަހާއި ދިމާކޮށް މިގޮތަށް އަގުހެޔޮކުރެވުނު ޕްރޮޓެކްތަކަގެ ތެރޭގައި ހޯލް ޗިކަން، ޗިކަން ޑްރަމްސްޓިކް، ބީފް ޗަންކްސް، ޑަކް، ވެގާ މިލްކް 900ގމ އަދި ވެގަރ މިލްކް 1800ގމ ދަޅު ހިމެނެއެވެ.

ހެޕީމާކެޓުން ބުނީ، ރޯދަމަހާއި ގުޅިގެން ބައެއް ޕްރޮޑަކްޓްތަކުގެ އަގު ވަރަށް ބޮޑުތަން ހެޔޮކުރުމުގެ އިތުރުން، ކަސްޓަމަރުންނަށް ފަސޭހަކަމާއި
އެކީ ހެޕީމާކެޓުން ވިއްކާ ކާބޯތަކެތީގެ ވިޔަފާރި ކުރެވޭނެގޮތް ހެދުމުގެ ގޮތުން، މާލެ، ހުޅުމާލެ، ވިލިމާގެ، އައްޑޫ އަދި ކުޅުދުއްފުށީ ސިޓީގައި ހުންނަ ހެޕީމާކެޓްގެ ފިހާރަތަކުން ގަނޑުކޮށް މުދާ ގަންނަ ފަރާތްތަކަށް އިތުރު އަގަކާއިނުލާ ޑެލިވަރީ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަން ބޭނުންވާނަމައެކުންފުންޏަށް ގުޅުމުން އޯޑަރު ނަގައިދީ އެރަށު ބޯޓަކަށް ޑެލިވަރީ ކޮށްދެމުންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އަގުހެޔޮ ކުރެވުނު ތަކެތި (ޖީ.އެސް.ޓީ ނުލާ އަގުތައް)

1. ކުކުޅު ކިލޯއެއް 27 ރުފިޔާއަށް
2. އަސްދޫނި ކިލޯއެއް 70 ރުފިޔާއަށް
3. ވެގަ ހިކިކިރު 900 ގްރާމް ދަޅު ކޭހެއް 1,180 ރުފިޔާއަށް
4. ވެގަ ހިކިކިރު 1800 ގްރާމް ދަޅު ކޭހެއް 1,180 ރުފިޔާއަށް
5. ބޯންލެސް ޗިކަން ބްރެސްޓް 2 ކިލޯ ކޭހެއް 516 ރުފިޔާއަށް
6. ޗިކަން ޑްރަމްސްޓިކް 900 ގްރާމް ކޭހެއް 384 ރުފިޔާއަށް
7. ބީފް ޗަންކްސް 900 ގްރާމް ކޭހެއް 990 ރުފިޔާއަށް

ހެޕީ މާކެޓް އަކީ ރާއްޖެ އަށް އެންމެ ފުރަތަމަ ފިނިކުރި ކާބޯތަކެތި އެތެރެކުރަން ފެށި ކުންފުންޏެވެ. ފިނިކުރި ކާބޯތަކެތީގެ ގޮތުގައި ހެޕީމާކެޓް އިން ވިއްކާޕްރޮޓެކްތަކަކީ ފިނިކުރި ކުކުޅު އަދި ކުކުޅުގެ ބައިތައް، ގެރިމަހުގެ އެކި ބައިތައް، ލޭމްބްގެ އެކި ކަންތައް، މަޓަން ކަޓްސް، ހޯލް ޓަރކީ، ހޯލް ޑަކް އަދި ފްރެންގަސޯލް ސޮސެޖް އެވެ.

ފިނިކުރި ކާބޯތަކެތީގެ އިތުރުން، ހެޕީމާކެޓަކީ ރާއްޖޭގެ ބާޒާރުގައި އާންމުންގެ މަޤްބޫލުކަން ހޯދާފައިވާ ރައުޙް ހެޕީޑޭ ޖޫސް، ސެން ރެމޯ ޕާސްތާ، ޕުރޯޓޯސްގެ ބޭކަރީ ޕްރޮޑަކްޓްސް، އޯލްޑަންބަރގަރ ކިރާއި ބަޓަރު އަދި ލައިފް ފެންވެސް މާކެޓްކޮށް ޑިސްޓްރިބިއުޓްކުރާ ކުންފުންޏެވެ.

ހެޕީމާކެޓުން މިދިއަ އަހަރުވެސް ވަނީ ވަރަށް ގިނަ އާ ޕްރޮޑަކްޓްތަކެއް ރާއްޖެ އެތެރެ ކޮށް ވިއްކަންފަށާފައެވެ. އޭގެ ތެރޭގައި ސައުތް އެފްރިކާގެ މަޝްހޫރު ޔޯގަރޓް އެއް ކަމަށްވާ ޑެޝޯން އަލްޓްރާމެލް ޔޯގަރޓް، ރައުޙް ޔެލޯ ޖޫސް، ބެގަރ ޗީޒް އަދި ޕީނަޓް ބަޓަރ، ޓޮޝް ބްރޭންޑްގެ ޖޭމް، ސްޕޯޓްސް ޑްރިންކެއް ކަމަށްވާ އެނަގޭޑް، ސިންބާ ބްރޭންޑްގެ ޕޮޓޭޓޯ ޗިޕްސް، ސެން ރެމޯ ގްލޫޓަން ފްރީ ޕާސްތާ، ޕޮކިޓްސް އޯޓްސް ބިސްކިޓް ހިމެނެއެވެ.

ހެޕީމާކެޓުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ތާޒާ އަދި އެންމެ ފެންވަރު ރަނގަޅު ގިނަ އަދަދެއްގެ ކެއިން ބުއިމުގެ ބާވަތްތައް ރާއްޖެ އަށް އެތެރެކޮށް ވިއްކަމުން އަންނަތާ 28 އަހަރުވެފައިވާ އިރު، މިކުންފުނިން ދަނީ އެކި މުނާސަބަތުތަކާ ގުޅިގެން ބައެއް ހާއްސަ ޕްރީމިއަމް ބްރޭންޑްތަކުގެ އަގު ހެޔޮކޮށް ވިއްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީޒްލީ

    އެއްޗެއް ހުރި ބަޔަކަށް މާކެޓިންގ ސްޓަންޓްވެސް ޖެއްސޭސީ، ލޯ ޕްރޮފިޓް މާޖިން، މޯ ސެލްސް ކޮންޓްރިބިއުޝަން، ޖެނެރޭޓްސް މޯ ބެނަފިޓްސް، ޝުކުރީއްޔާ، ނަޢީމް އަދި އިޙްސާން ސަރ،

    16
  2. އައްޔު

    އަލްހަމްދުލިއްލާހި ޝުކުރިއްޔާ އިޚްސާން ތިޔަ ވިޔަފާރީގައި މާތް ﷲ ބަރަކާތްލައްވާށި އާމީން

  3. Anonymous

    މުދަލުގައި ބަރަކާތް ލައްވާ މުދާ އިތުރު ކުރައްވާށި. އާމީން. މުސްލިމް ވިޔަފާރިވެރިންގެ ނަމޫނާ. މިއޮއްފަދަ ދަތިވަގުތުގައިވެސް ރައްޔިތުންނަށްޓަކައި ހެޔޮކަން މިފެންނަނީ. ޝުކުރިއްޔާ ހެޕީމާކެޓް