ކޮވިޑް-19 އާ ގުޅިގެން، މާލޭގައި އެންމެ ދުވަސްވީ ފިހާރަތައް ހިންގަމުން އަންނަ ފަތަހަ ކުންފުނިން ހިންގަމުންދާ ގިނަ ފިހާރަތަކާއި ގުދަންތަކުގެ ކުލިތައް ކުޑަ ކުރުމުން، އެ ކުންފުނިން ޝުކުރު އަދާކޮށްފިއެެވެ.
ފަތަހައިގެ ފިހާރަތަކާއި ގުދަންތަކަކީ ނިސްބަތުން ބޮޑު ކުއްޔެއް ހިންގަމުންދާ ތަންތަނެވެ.
އެ ކުންފުނީގެ އެންމެ އިސްވެރިޔާ އަދި މެނޭޖިންގ ޑިރެކްޓަރ އަބޫބަކުރު އަބްދުﷲ (އަބޫ) ވިދާޅުވީ، އެ ކުންފުނިން މާލޭގައި އެތައް ފިހާރައަކާއި، ގުދަންތަކެއް ކުއްޔަށް ނަގާފައިވާއިރު، އޭގެ ތެރެއިން ގިނަ ތަންތަނުގެ ކުލިތައް މިހާލާތާއި ގުޅިގެން ކުޑަކޮށްދީފައިވާ ކަމަށެވެ. އެހެންވެ އެ ކުލި ކުޑަކޮށްދިން ފަރާތްތަކަށް ހާއްސަ ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށް އެމްޑީ ވިދާޅުވިއެެވެ.
އެމްޑީ ވިދާޅުވީ އެ ކުންފުނީގެ އެކި ފިހާރަތަކުގައި 65 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، މި ހާލަތުގައި އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔާތްތައް ކުޑަ ނުކުރާނެ ކަމަށާއި، އަދި އެހެން އަހަރުތަކޭވެސް އެއްފަދައިން ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ މި އަހަރުގެ ރަމަޟާން މަހު ދޭނެކަމަށެވެ.
ފަތަހަ ކުންފުނީގެ ފިހާރަތަކުން ރޯދަ މަހަަށް ބޭނުންވާ ގިނަ ތަކެތި ލިބޭނެއެވެ. ފަތަހައިގެ ފިހާރަތަކަކީ ގިނަ ދިވެހިންގެ އިތުބާރު ހޯދާފައިވާ ފިހާރަތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
މިފަދަ ގުޅުންތައް ދިވެހިރާއްޖެއަށް ބޭނުންވަނީ ، މިކަމުން ރައްޔިތުމީހާއަށްވެސް ރަނގަޅު މަންފާކުރާނެ ،
ހެޔޮލަފާ މީހުން އަދި ހުސްނުވޭ. ގުދަން ތަކުގެ ވެރިންނަށާއި ފަތަޙަ އަށްވެސް ﷲ ރަޙްމަތް ލައްވާށި އާމީން.
ވަރަށް ނުލަފާބައެއްގެ ގޭގަ އަހަރުން މިއުޅެނީ ކުއްޔަށް، ހެންވޭރުގަ ހުރި މިގެއއަކީ މުޅިގޯތި ކުއްޔަށްދީފަ މާލޭވެރިން އެމީހުންގެ އެހެން ގޯއްޗެއްގަ އުޅޭބައެއް. ކުލި ކުޑަކޮށްދޭންބުީމަ ދިމާލަށް އެންމެ ރުފިޔާއެއްވެސް ކުޑަކޮށްނުދެވޭނެ ވާހަކަބުނި. މިކަހަލަ ނުބައިނުލަފާ މީހުން މާލޭގެ ވެރިންގެ ގޮތުގަ މިއުޅެނީ. މިކަހަލަ ނުބައިމީހުން އަތްމަތި ދަތިކުރައްވާތޯ ދުޢާކުރަން.
ތިޔަ އުފަލާއި އެކު ވިއްކާ ތަކެތީގެ އަގުވެސް ކުޑަ ކުރާނެ ކަމައް އުންމީދު ކުރަން.
ސަރުކާރަށްވުރެ ރޯދަ އިނާޔަތް ފަތަހާގައި ބޮޑު ހާދަ ރަނގަޅޭ
މާލޭ ވެރިން ތިކިޔަނީ ކޮން ގޮތަކަށް؟ މާލޭ މީހަކަށް ވީމަ އެވީ މާލޭ ވެރިންނަށްތަ؟
ދެން ތިވާހަކަ މުޅި ދުނިޔެއަށް ނުގޮވާ އެއްޗެހީގެ އަގު ހެޔޮކޮށްބަލަ