މާލޭގައި އެންމެ ދުވަސްވި، ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އަދި ފުޅާދާއިރާއެއްގައި ޢާއްމު ދިރިއުޅުމަށާއި ބަދިގެ ސާމާނު ވިއްކަމުންދާ ފަތަޙައިން ނެރެފައިވާ މެމޯގައިވާ ގޮތުގެ މަތިން ދިވެހި މުވައްޒަފުންނާއި އެއްގޮތަށް ބަންގްލަދޭސް މުވައްޒަފުންނަށް ވެސް ރަމަޟާން މަހުގެ ޢިނާޔަތު ގޮތުގައި 3000.00 (ތިން ހާސް ރުފިޔާ) މި އަހަރުވެސް ދީފިއެވެ.
ފަތަޙައިން ނެރުނު މެމޯއެއްގައިވާ ގޮތުގެ މަތިން އެއްވެސް މުވައްޒަފެއް ތަފާތު ކުރުމެއްނެތި ބަންގްލަދޭސް މުވައްޒަފުންނަށް ވެސް ކޮންމެ އަހަރެއްގެ ރަމަޟާންމަހާއި ދިމާކޮށް ރަމަޟާންމަހުގެ ޢިނާޔަތުގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވާފައިވާ ވަރަށް ދިވެހި މުވައްޒަފުންނާއި އެއްވަރަށް ބަންގްލަދޭސް މުވައްޒަފުންނަށްވެސް ރަމަޟާން މަހުގެ އިނާޔަތް ގޮތުގައި މި ދަތިދަޑިވަލުގައި ވެސް ކޮންމެ މުވައްޒަފަކަށް 3000.00 (ތިންހާސް) ރުފިޔާ ދޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މިކަމާއި ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ދެއްވަމުން ފަހަތައިގެ އެމްޑީ އަބޫބަކުރު ޢަބްދުﷲ (އަބޫ) ވިދާޅުވީ މި ދަތި ދަނޑިވަޅުގައި މުވައްޒަފުން އެ ކުރާ ބުރަ މަސައްކަތަށް ފަށްފަށުން ޝުކުރު އަދާކޮށް ހިތްވަރުދޭ ކަމަށެވެ.
ފަތަހައިގެ މުވައްޒަފުންނަކީ އަޙުލާޤު ރަނގަޅު އަދި ގިނަ ކަސްޓަމަރުންގެ ލޯބި ލިބިފައިވާ ބައެއް ކަމަށް ފާހަގަ ކުރެވެއެވެ.
މާތްﷲ ތިޔަ ވިޔަފާރީގައި ބަރަކާތްލައްވާށި!
ފަތަހަ ކުއްފުނީގެ ވިޔަފާރީގައި ﷲ ބަރަކާތްލައްވާށި !
ސާބަހޭ ތިޔަ ދެއްކެވި މިސާލަށް!!!! މާތް ﷲ ތިޔަ ވިޔަފާރީގައި ބަރަކާތް ލައްވާ ތިޔަ ވިޔަފާރި އަބަދުވެސް ކާމިޔާބު ކުރައްވާށި. އަދި ވެރި ފަރާތަށާއި މުވައްޒަފުންނަށް އަބަދުވެސް ހެޔޮގޮތް މިންވަރު ކުރައްވާ ރަހްމަތް ލައްވާށި. އާމީން!
ހާދަ އުފާވެރި ޚަބަރެކޭ. ﷲ ގެ އިރާދަފުޅުން ހެޔޮ ދަރު މައާއި ސަވާބު ލިބޭނެ.
الحمدلله
އަޅުގަނޑު ޕްރައިވެޓް ކުންފުންޏެއްގަ މާލޭގަ މަސައް ކަތް ކުރާތާ 10 ވަރަ ކަށް އަހަރު މި ވަނީ، ދިވެއްސެއް ބިދޭސީއެއް ތަފާތު ކުރުމެއް ނެތި ކޮންމެ އަހަރަ ކުވެސް އިނާޔަތް ބަރާބަރަށް ލިބިދޭ.
ކޮބަަ
ހެހެ ކޮބާ އަހަރެމެން
ފަރަހަ މުޙައްމަދަކީވެސް ވ.ޚުލްޤު ރަނގަޅު ބޭކަލެއް. އެކަނިވެރި މައިންނަށާއި އަޅާލާނެ ފަރާތެއް ނެތިފައިވާ މީހުންނަށް އެހީތެރިވުމުގެ މިސާލެއް.
މުދަލަކީ ތިމާގެއަމިއް އެއްޗެއްނޫން މަތް ﷲ ތިމާ އިމްތިހާން ކުރުމައްޓަކާ އެމީހަކައްދެވާ އެއްޗެއް އެމުދާ މަތްﷲ އެންގެވިގޮތައް ހޭދަކުރާފަރާތްތަކައް އެމުދަލުގަ ބަރަކާތްލައްވާ އެމުދާ އިތުރުކުރައްވާނެ މަތް ﷲ ތިމުދަލުގަ ބަރަކާތް ލައްވާސި އާމީން