ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބައެއް ސާމާނު ހިފައިގެން ޗާޓާ ފްލައިޓެއް އައްޑޫ ސިޓީ އަށާއި ލާމު އަތޮޅަށް ގޮސްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ތެރޭގެ އުދުހުންތައްވެސް ހުއްޓާލާފައިވާ މި ދަނޑިވަޅުގައި މިއަދު މި ދެ އަތޮޅަށް ބީއެމްއެލް އިން ގެންދިޔަ ތަކެތީގެ ތެރޭގައި ހިމެނެނީ ބާންކް ކާޑާއި، ޕިން ނަމްބަރުތަކާއި، އޭޓީއެމްގެ ސްޕެއާ ޕާޓްސް އާއި އެ ބޭންކްގެ ބްރާންޗްތަކަށް ބޭނުންވާ ޕީޕީއީތައް ކަމަށެވެ.

ބީއެމްއެލް އިން ފަހުން ކުރި އިތުރު ޓްވީޓެއްގައި ބުނެފައި ވަނީ، ޒަރޫރީ ބޭންކިންގ ހިދުމަތް ކަސްޓަމަރުންނަށް ދިނުމަށް އެ ބޭންކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހިދުމަތް ހުއްޓިފައިވާ އައްޑޫ ގަން އޭޓީއެމް އާއި ލ. ގަން އޭޓީއެމުން މިހާރު ހިދުމަތް ލިބިގެން ދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

https://twitter.com/bankofmaldives/status/1261212001851764737

ކޮވިޑް-19 އާ ގުޅިގެން ބީއެމްއެލްއިން ވެސް ވަނީ ރައްކާތެރިކަަމުގެ ފިޔަވަޅުތައް އަޅާފައެވެ، އެގޮތުން އެ ބންކުގެ އޭޓީއެމްތައް ކައިރީގައި ސެނަޓައިޒާ ބަހައްޓަން ވަނީ ފަށައިފައެވެ. ސެނަޓައިޒާއަކީ ގިނަ މީހުން އަތް ދޮވުމަށް މިހާރު ބޭނުން ކުރަމުން އަންނަ އެންމެ މުހިންމު އެއް ވަސީލަތެވެ.

މީގެ އިތުރުން އެ ބޭންކުން ވަނީ މި ދުވަސްވަރު ކޮންމެ ހަފްތާއެއްގެ ދެ ދުވަހު ޒަރޫރީ ބޭނުންތަކަށް އެ ބޭންކްގެ ބްރާންޗްތައް ހުޅުވަމުންނެވެ. އެއީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި އަދި ބުދަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު