ރާއްޖޭގެ ފަތުރުވެރިކަން ކޮވިޑް-19 އާއި ގުޅިގެން ހުއްޓިފައި އޮތް އޮތުމުން އިޤުތިޞާދަށް ލިބެމުންދާ ގެއްލުންތަކަށް ނިމުމެއް ގެނައުމަށްޓަކައި މިހާތަނަށް ކޮވިޑް-19 ފެނިފައި ނުވާ އަތޮޅުތަކުގެ ރިސޯޓްތައް ފަތުރުވެރިންނަށް ހުޅުވާލަން ޖެހޭ ކަމަށް ސޮނޭނާ ކުންފުނީގެ ވެރިޔާ ސޯނޫ ޝިވްދަސާނީ ވިދާޅުވެއްޖެއެވެ.
ސޯނޫ މިހެން ވިދާޅުވީ މުއްސަނދިންނަށް ރާއްޖޭގެ ރިސޯޓްތައް ހުޅުވާލުމާއި ގުޅޭ ގޮތުން އޭނާ ދާދިފަހުން ލިޔުނު ލިޔުމަކާއި ގުޅިގެން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ޖަވާބުދާރީވުމަށް "ޓްރެވަލް ޓްރޭޑް މޯލްޑިވްސް" ވެބްސައިޓްގައި ލިޔުއްވި ލިޔުއްވުމެއްގައެވެ.
ސޯނޫ ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ހަމައެކަނި ހުޅުވާލަންވީ މުއްސަނދިންނާއި ޕްރައިވެޓް ޖެޓްތަކުގައި ދަތުރު ކުރާ ފަރާތްތަކަށް އެކަންޏެއް ނޫނެވެ. "އަހަރެން ފާހަގަ ކުރަން ބޭނުންވާ ނުކުތާ އަކީ ކުދި ފްލައިޓްތައް ރީޖަނަލް އެއާޕޯޓްތައް ދަތުރު ކުރުމުގެ ހުއްދަ ދީފި ނަމަ އެއީ ރާއްޖޭގެ އިޤުތިޞާދަށް ލިބޭނެ ފައިދާއެކެވެ. އަދި އަލުން ރާއްޖޭގެ ފަތުރުވެރިކަން ފަށައިގަންނަން އެޅޭ މުހިއްމު ފިޔަވަޅެކެވެ." ސޯނޫ ވިދާޅުވިއެވެ.
ސޯނޫ ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދުގެ 90 އިންސައްތަ ބަރޯސާ ވެފައި ވަނީ ފަތުރުވެރިކަމާއި ގުޅުން ހުރި މަސައްކަތްތަކަށެވެ. މާލެ އަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ތޮއްޖެހުން ބޮޑު ސިޓީ ކަން ފާހަގަ ކުރައްވަމުން ސޯނޫ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ބިނާ ވެފައި އޮތީ ވަކިވަކިން އޮތް ރަށްތަކަށް ކަމަށެވެ.
ޗައިނާ އާއި ދެކުނު ކޮރެއާގެ ހާލަތު ރަނގަޅު ވަމުން އަންނަކަން ފާހަގަ ކުރައްވާ ސޯނޫ ވިދާޅުވީ ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރާ ޔޫރަޕްގެ ބައެއް ގައުމުތަކުގެ ހާލަތު ޗައިނާ އާއި ދެކުނު ކޮރެއާގެ ހާލަތައް އަންނަ އަދި ދެމަހެއްހާ ދުވަސް ނަގާފާނެ ކަމަށެވެ.
"ނަމަވެސް އެމުއްދަތު އަންނަން ދެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓާލައިގެން ތިބުން އެއީ ރާއްޖޭގެ އިޤުތިޞާދަށް ކުޅަދާނެ ކަމެއް ނޫނެވެ. ބޯޑަރު އަލުން ހުޅުވާލާނެ ގޮތެއް ސަރުކާރުން ވަނީ ވިސްނަން ޖެހިފައެވެ." ސޯނޫ ވިދާޅުވިއެވެ.
ހަމައެކަނި ޗައިނާ އާއި ދެކުނު ކޮރެއާގެ ފަތުރުވެރިންނާއި އެކު ރާއްޖޭގެ ފަތުރުވެރިކަން ސަލާމަތް ނުކުރެވޭނެ ކަން ފާހަގަ ކުރައްވާ ސޯނޫ ވިދާޅުވީ އެހެން މާކެޓްތަކަށް ވެސް ރާއްޖެ ހުޅުވާލަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަން ކުރަން ޖެހޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަހަރެންގެ ވިސްނުމަކީ ކުދި ފްލައިޓްތަކަށް ދަތުރުތައް ކުރުމުގެ ފުރުސަތު ދިނުމެވެ. ޕްރައިވެޓް ޖެޓްތަކުގެ އިތުރުން އޭ-320 އެސް އަދި 737 އެސް މަރުކާގެ ފްލައިޓްތަކުގައި 120 ވަރަކަށް ފަސެންޖަރުން ގެނެވޭނެއެވެ. އެ ހުރިހާ ފަސެންޖަރުން ކޮވިޑް-19 އަށް ޓެސްޓްކޮށް މެނޭޖް ކުރުން އެއީ އުނދަގޫ ކަމަކަށް ނުވާނެއެވެ. ޤަތަރު އެއާލައިނާއި އިއްތިހާދު އެއާލައިން ފަދަ އެއާލައިންތަކުގައި މިފަދަ ކުދި ފްލައިޓްތައް އެބަހުއްޓެވެ.
ރިސޯޓްތަކަށް ކުރު މުއްދަތެއް ވަންދެން މެނޭޖް ކުރެވޭ ވަރުގެ ފައިސާ ބޭންކް އެކައުންޓްތަކުގައި ހުރި ނަމަވެސް ގިނަ ދުވަސްތަކެއް މިގޮތައް ދާނަމަ ހާލަތު ވަރަށް ގޯސް ވެގެން ހިނގައިދާނެ ކަމަށް ސޯނޫ ވިދާޅުވިއެވެ.
ތެދެއް. އޭރުންނު ނެތް އަތޮޅުތަކުގައި ފެތުރޭނީ.
ޢިންޑިއާ ކަލޭގެ ކީކޭތަމިކިޔަނީ.
ސޯނޫ އަކީ ހާދަ ނުވިސްނޭ މީހެކޭ
ތިޔަމީހާ ތިޔައީ ރުފިޔާއައް ބޫޓް ކައިފަ ހުރިމިހެއްތަ ބަލަ އެވަރުގެ ގައުމެއް އޮތިއްޔާ ދަންވީ ނޫންތޯ ފަތުރު ވެރިކަން ކުރަން އަމިއްލަޔައް ކޮންމެހެން މިގައުމާ އަޅައިގަނެގެން އުޅޭކައް ކީއްތޯ ކުރާނީ
ޢޭސިޢާގެ އެންމެ ދަހި އަދި މަކަރުވެރީޔާ. ކޮއްމެގައުމަކަށްގޮސް އެގައުމެއް ނުފޫޒުގަދަ މީހުންނަށް ރިސްވަތުދީގެން ރިސޯރޓް ހިންނގާނީ. ދާދިފަހުން ސޮނެވާޖާނީއަށް ސަރުކާރުގެ ބަޔަކު އަންނާތީ ޜިސޯޓްގަ ގަވައިދާ ހިލާފަށް އުޅޭ ބޭރުމީހުން ކައިރީގައިއޮތް ކުޑަރަކަށްގެންގޮސް ފޮރުވިވާހަކަ އަޑުއެހިން.
އެ ނެތީ ވިއްޔާ އެ ގެންނަން ވާނެ ދޯ ??
ސޯނޫބުނެފިޔާ ސަރުކާރުންތިޔަކަންކޮއްފާނެ ނަމަވެސް މިސްކިއްތައް ހުޅުވާނެކަމާދޭތެރޭ ސައްކު
އަދި މަޑުކުރޭ މަ އަންގާނަން މިކޮޅަށް ގެންނަންވީމަ.
ވައިރަސް ނެތް އަތޮޅުތަކަށް އެގެނެސް ޖައްސާދެން. ރާއްޖެނޫނީ މިހާ ހައި ކްލާސް އެކަމު ރިސޯޓް އޯނަރުން މިހާ ފަގީރު ޤައުމެއް މިދުނިޔޭގަ ވެސް ނޯންނާނެ... މިއިން އެއްވެސް ރިސޯޓެއްގެ ރީޓެއިންޑް ޕްރޮފިޓެއްވެސް ނެތް ހަމަ މަހުން މަހަށް ހިންގަމުން މިދަނީ ... ރިސޯޓު ހިއްސާ އަތޮޅުތަކަށް ކޮންމެސް މެކޭނިޒަމަކުން ދެވިފަ އޮތް ނަމަ އޯވަސައިޓު ކަންތައްވެސް ފުކެއް ރަގަޅުވީސް ކަންނޭންގެ
މީވަރަށް ނުލަފާ މީހެއް ! މިއީ ރާއްޖޭގެ ޤުދުރަތީ ފުރިހަމަކުގެ ބޭނުން ކޮށްގެން މުއްސަދިވި މަހުޖަނެއް ! މިހާރުއެތެޅީ އަދިވެސް މިރާއްޖެއަށް އިތުރަށް މިވައިރަސް ފަތުރަން ! މިކަހަލަ މީހުންގެ ބަހައް ހެއްލުންތެރިވެއްޖެނަމަ 1ރުފިޔާ ޚަރަދު ކުރަން ޖެހޭތަނަށް 1000ރުފިޔާ ޚަރަދު ކުރަން ޖެހިދާނެ ! މިއީ އިބިލީހުގެ ދަރިފަސްކޮޅު !
ސޯނޫ ކަލޭ ދާންވީނު އިންޑިޔާ އައް ބަލި ނެތް ތަންތަނުގަ ރިސޯޓު ހުޅުވަން
މިއީ ސަރުކާރު އަޑީގަ އޮވެގެން މީނާ ކުރާކަމެއް.
މީނާވެސް އެންމެފަހުން ރާއްޖޭގައި ފަހުބަސް އިއްވަން ފެށީތަ؟
ޢަނހާ މިވެސް ގެރިއެއް ތާ
ގަމާރު މީހުން ގަބޫލުކުރާނެ މީނަ ދައްކާ ވާހަކަ ތަނެއް ދޮރެއްނޭގޭ މީހެއް އޭނަގެ ވިޔަފާރި ހަލާކުވާތީ އޭތިމީތި ކިޔަނީ
ރިސޯޓް އޯނަރުން އަތޮޅުތަކުގެ ސިއްހީ ނިޒާމުތައް ތަރައްޤީކޮށްދެއްވުމަށް ފާއިތުވީ ދުވަސްތަކުގައި މަސައްކަތް ކުރެއްވިނަމަ ތިޔަކަން ތިޔަގޮތަށް ކުރެވިއްޖައީސް.
ތިގޮތަށް ތިޔައިން ރިސޯޓެއްގައި ކޭސްއެއް ފެނިއްޖެނަމަ ދެން ބާރުބޮޑުވާނީ ދިވެހީންނަށް ޚިދުމަތް ދިނުމަށް ބެހެއްޓީފައި ހުރި މަދު އައިސީޔޫ ބެޑްސްތަކަށް.
މިބަލީގެ ގޮތުން ނެތްކަން ޔަޤީންކުރެވޭކަން ނުއޮންނާނެ. 14 ދުވަހަކީ ޔަޤީން އެއްޗެއްނޫން، 28 ދުވަސް ވަންދެންވެސް ބައެއް ގައުމުތަކުގައި އެބަ ކަރަންޓީންކުރޭ.
ގިނައިން ފައސާ ލިބެމުން ދިޔަ ދިގު މާޒީގައި ކައިރީގައިވާ ރަށްތަކުގެ ސިއްހީ ނިޒާމުތަކަށް އެއްޗެއް ހޭދަކުރިނަމަ، އެގޮތަށް އަންނަ ސާޖަކަށްވެސް ތައްޔާރު ވެވުނީސް.
ހިތާމައަކީ އެކަށީގެންވާ ހޭދައެއް މިހާތަނަށް ކުރެވިފައި ނެތްކަން. އަތޮޅުތެރޭ ރަށްތަކަށް ދަތުރުކޮށްލާއިރު ފެންނަނީ އެމަންޒަރުތައް. ކައިރީ މަހުޖަނުން ފުރިއުތުރި އާރާ ރިސޯޓްތައް އޮތްިއރު، ރަށްތައް މިއޮތީ ވަރަށް ދަތި ހާލުގައި.
ސޯނޫ ޝިވްދަސާނީއޭ! ގެރި މޯދީ ރަށު މީގެއް ދޯ؟ އޭނައަށް ގެއްލުން ވެގެން ނުވާނެ. ދިވެހޮން ގުރުބާން ކޮށްފަވެސް އޭނައަށް ގެއްލުންވިޔަ ނުދޭތި.
ސޯނޫ ފުރުތަމަ އެބަޖެހޭ ނުދައްކާހުރި ދަރަނިތައް ދައްކަން
މޯދީޖީ ކާރީބުނަންވީނުން މިއަވަށުމީހުންގެ ރާޖާކާރީ ބުނާށޭ ހުޅުވާލާށޭ
Brain eh nei bodu bike eboi