ޓޫރިޒަމް ދާއިރާ އިން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ޑޮލަރު (41.6 ބިލިއަން ރުފިޔާ) ލިބިއްޖެއެވެ.

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު އަހަރީ ރިޕޯޓުގައި ބުނެފައިވާގޮތުގައި، ޓޫރިޒަމް ދާއިރާ އިން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އަދަދު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 236.3 މިލިއަން ޑޮލަރު ވަނީ (3.6 ބިލިއަން ރުފިޔާ) އިތުރުވެފައެވެ.

މީގެ ތެރޭގައި ރިސޯޓުތައް ހިންގާ ކުންފުނިތަކަށާއި ދައުލަތަށް ލިބުނު އާމްދަނީ ވެސް ހިމެނެއެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން ޚިދުމަތުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 3.1 ބިލިއަން ޑޮލަރު މިދިޔަ އަހަރު ލިބިފައިވެއެވެ. މިއީ 2016 ވަނަ އަހަރާ އަޅާބަލާއިރު 258.3 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ޓުއަރިޒަމް ދާއިރާ އިން ދައުލަތަށް ލިބޭ އާމްދަނީގެ ތެރޭގައި ބީޕީޓީ އާއި ޓޫރިޒަމް ޖީއެސްޓީ އާއި ރިސޯޓުތަކުގެ ބިމު ކުލި ހިމެނެ އެވެ.