ރީއިންވެންޓުން "ވިކްޓަރީ އިލެކްޓްރޮސްޓެޓިކް ސްޕްރެޔަސް" ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ވިކްޓްރީ އިނޮވޭޝަންސް ޕްރޮފެޝަނަލް ކޯޑްލެސް އެލެކްޓްރޯސްޓެޓިކް ހޭންޑް ހެލްޑް ސްޕްރެޔަ - VP200ESK އަކީ އެއް ލީޓަރުގެ ޓޭންކަކާއި އެކު އުފައްދާފައިވާ އުފެއްދުމެކެވެ.

މީގެ ޓޭންކު ފަސޭހަކަމާއެކު ފުރާލެވޭ އިރު މި އުފެއްދުމުގެ ސްޕްރޭ ރޭންޖަކީ 2-3 ފޫޓާއި ދެމެދެވެ. އަދި މީގެ ބެޓެރި 4 ގަޑި އިރު ވަންދެން ދެމިހުންނާނެއެވެ.

މޮޑެލް VP300ES، ޕްރޮފެޝަނަލް ކޯޑްލެސް އިލެކްޓްރޯސްޓެޓިކް ބެކްޕެކް ސްޕްރެޔައަކީ 2.25 ގެލަންގެ ފަސޭހައިން ފުރާލެވޭ ޓޭންކެއް ހިމެނޭ އުފެއްދުމެކެވެ.

މިއީ ގެންގުޅެން ފަސޭހަ ގިނަ އިރު ބެޓެރީގެ ބާރު ދެމި ހުންނަ، 4 ގަޑިއިރު ވަންދެން މަސައްކަތް ކުރެވޭ އުފެއްދުމެކެވެ.

ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ލަކްސްރިކާ ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ ރީއިންވެންޓް މޯލްޑިވްސް އުފެއްދީ މިދިޔަ އަހަރެވެ.

މިހާރު މުޅި ދުނޔޭގައި ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ވެސް ފެނިފައިވާ މި ދަނޑިވަޅުގައި އެ ކުންފުނިން ދަނީ ޑިސްއިންފެކްޝަންގެ ޚިދުމަތް ދިނުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ބޮޑު ޑިމާންޑެއް ޑިސްއިންފެކްޓް ކުރަން ބޭނުންވާ ސާމާނަށް އޮންނަނީ ކޯޕަރޭޓް ވިޔަފާރިތަކާއި ހޮސްޕިޓަލިޓީގެ ދާއިރާގައެވެ.

މިހާރު އޮތް ފުރަބަންދަށް ލުއި ދިނުމަށް ފަހު ޖުލައި މަހު އަލުން ހުލުވާލުމާއެކު ވިޔަފާރިތަކުގެ ޚިދުމަތްތައް އަލުން ދިނުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އަދި ކުރިއަށް އޮތީ އާ އާންމު ހާލަތުގެ އުސޫލުތަކަށް ތަބާވެ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ދާން ޖެހޭ ދުވަސްކޮޅެކެވެ.

އެހެންކަމަށް ވާއިރު ވިކްޓަރީ އިނޮވޭޝަންސްގެ އާ ދެ މޮޑެލް އަކީ ގެސްޓްހައުސް އާއި ސަފާރީ އުޅަނދުތަކަށް އެންމެ އެކަށޭނެ ދެ މޮޑެލް ކަމަށް ރީއިންވެންޓް މޯލްޑިވްސްއިން ގަބޫލުކުރެއެވެ.

އެ އާލާތްތައް ބޭނުން ކުރުމަށް މާބޮޑު ތަމްރީނެއް ބޭނުމެއް ނުވެއެވެ. އެހެންކަމުން ފަސޭހަކަމާއެކު ސްޓާފުންނަށް ވެސް މިއާލާތްތައް ބޭނުންކޮށްގެން އެ ތަންތަން ސާފުކޮށް ޑިސްއިންފެކްޓްކޮށްލެވޭނެއެވެ.

ރީއިންވެންޓްއިން ގަންނަ ކޮންމެ ޕްރޮޑަކްޓަކަށް މެއިންޓެނަންސް އާއި ރިޕެއަގެ ޚިދުމަތްދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު