ލަންކާގައި ތިބި ދިވެހިން ގެނައުމަށް ބާއްވަން އުޅުނު ފްލައިޓް ފަސްކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން ބުނީ، ސްރީލަންކާގައި ތިބި، ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް ހުކުރު ދުވަހު ބާއްވަން އޮތް ފްލައިޓްގެ ދަތުރު މިހާރު ފަސްކޮށްފައިވާ ކަމަށެވެ.

މި ދަތުރު ފަސްކޮށްފައިވަނީ ކީއްވެގެން ކަން މޯލްޑިވިއަން އަކުން ހާމަ ކޮށްފައެއް ނުވެއެވެ.

މޯލްޑިވިއަން އިން ބުނީ، ފްލައިޓް ދެން ބާއްވާނެ ދުވަހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

 

ކޮވިޑް-19 ގެ ސަބަބުން ލަންކާގައި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް މޯލްޑިއަން އިން ވަނީ މީގެ ކުރިން ދަތުރުތަކެއް ކޮށްފައެވެ. އަދި މި މަހުގެ 15 ވަނަ ދުވަހާއި 17 ވަނަ ދުވަހުވެސް މޯލްޑިއަން އިން ވަނީ މެލޭޝިއާއަށް ހާއްސަ ދަތުރުތަކެއް ކުރުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު