ހުރިހާ ވައްތަރެއްގެ މާސްކް ހުޅުމާލޭ ސަމާ ސްޕޯޓްސް އިން ވިއްކަން ފަށައިފިއެވެ.

އެ ފިހާރައިގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެފިހާރައިން ވަރަށް ގިނަ ތަފާތު ގިނަ ވައްތަރުތަކުގެ މާސްކް މިހާރު ލިބެން އެބަހުރި ކަމަށެވެ.

ސަމާ ސްޕޯޓްސް ހުޅުވާފައި ހުންނާނީ ހަވީރު 16:00 އިން ރޭގަނޑު 21:00 އަށެވެ.

ސްކޫލް ކުދިންނަށް ހާއްސަ މާސްކާއި، ކުޑަކުދިންގެ އެކި ޑިޒައިންތަކިގެ މާސްކާއި ބޮޑެތި މީހުންނަށް ހާއްސަ މާސްކްގެ އިތުރުން ޑިސްޕޮސިބަލް މާސްކް ވެސް ސަމާ ސްޕޯޓްސް އިން ވިއްކައެވެ. މީގެ އިތުރުން ސެނެޓައިޒާ ވެސް އެފިހާރައިން ވިއްކައެވެ.

"ސްކޫލް ކުދިންގެ މާސްކް ހުންނަން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ މާސްކް އަޅުގަނޑުމެން ވިއްކަނީ. އޭގެ އިތުރުން ކުޑަކުދިން ސްކޫލް ފިޔަވައި އެހެން ތަނަކަށް ދާން ބޭރަށް ނިކުންނަނަމަ އަޅަން ހާއްސަ ޑިޒައިން މާސްކްތައް ވެސް އެބަހުރި." އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ވިއްކާ މާސްކްތަކަކީ ގިނަ އިރު މަސައްކަތުގައި އުޅެން ޖެހުނު ނަމަވެސް އަޅައިގެން ހުންނަން އުނދަގޫ ނުވާނެ މެޓީރިއަލްތައް ބޭނުން ކޮށްގެން އުފައްދާފައިވާ މާސްކް ކަމަށެވެ.

ސަމާ ސްޕޯޓްސް ފިހާރަ ހުންނާނީ ހުޅުމާލޭ ހިތިގަސްމަގު ލޮޓް ނަމްބަރު 10597 ގައެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމަށް ކޮންމެ މީހަކު ވެސް ގެއިން ނިކުންނައިރު މާސްކް އަޅަން ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ގެންދަވަނީ އިރުޝާދު ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު