މާލޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ "ފަތަހަ" އިން ވިއްކަމުންދާ ހަތަރު މީހުންނަށް ކުޅެވޭ ކެރަމް ބޯޑު އާ ސްޓޮކެއް ލިބިފައިވާކަމަށް ފަތަހަ އިން ބުނެފިއެވެ.

އަބަދުވެސް ފަތަހައިން ލިބެމުން އަންނަ މި ކެރަމް ބޯޑަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބޭތީ، މި އަހަރު ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ގެނައި ސިޕްމަންޓް މާރިޗު މަސްތެރޭގައި ވަނީ ވިކި ހުސްވެފައެވެ.

އެހެންވެ ކަސްޓަމަރުންގެ ޑިމާންޑަށް ބަލާފައި ފަތަހައިން އަނެއްކާވެސް މި ވަނީ ހަތަރު މީހުންނަށް ކުޅެވޭ ކެރަމްބޯޑުގެ އާ ސްޓޮކެއް ރާއްޖެ ގެނެސްފައެވެ.

https://www.facebook.com/1558403014454382/posts/2331476547147021/

ފަތަހައިން ބުނީ، ތިން ސައިޒަށް ހުރި މި ކެރަމް ބޯޑުތަކުގެ އަގަކީ ބޮޑު (ސައިޒު "32) ބޯޑެއް 650.00ރުފިޔާ، މެދު (ސައިޒު "26) ބޯޑެއް 450.00ރުފިޔާ އަދި ކުދި (ސައިޒު "20) ބޯޑެއް 350.00ރުފިޔާ އަށް ފަތަހައިގެ ހުރިހާ ފިހާރަ ތަކަކުން ލިބޭނެ ކަމަށާއި ގަންނަ ކޮންމެ ކެރަމް ބޯޑަކާއެކު ފޮތި ބައެއް ހިލޭ ލިބޭނެ ކަމަށެވެ. އަދި ކެރަމް ބޯޑަށް އަޅާ ޕައުޑަރާއި ކެރަމް ބޯޓު ބަހައްޓާ ސްޓޭންޑުވެސް ފަތަހައިން ވިއްކަމުން އަންނަ ކަމަށެވެ.

ކެރަމަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ކުޅިވަރެކެވެ. ކުރިން ކެރަމް ކުޅެ އުޅުނީ ހަތަރު މީހުންގެ މެދުގައެވެ. އެހެން ނަމަވެސް މިހާރު ހަ މީހުންނަށް ކުޅެވޭ ކެރަމް ބޯޑުވެސް މި ވަނީ ރާއްޖެއަށް ތައާރަފްކޮށްފައެވެ. ހަ މީހުންނަށް ކުޅެވޭ ކެރަމް ބޯޑު ރާއްޖެއަށް ތައާރަފްކޮށްފައި ވަނީވެސް ފަތަހަ އިންނެވެ.

ހަތަރު މީހުންނަށް ކުޅެވޭ ކެރަމް ބޯޑުގެ އާ ސްޓޮކެއް މިހާރު ފަތަހައިން ލިބޭނެ ކަމަށް އެ ކުންފުނިން ބުނާއިރު، މިއީ ޔަގީނުންވެސް ކެރަމް ބޯޑު ކުޅެން ފޯރި ހުންނަ މީހުންނަށް ވަރަށް އުފާވެރި ހަބަރަކަށް ވެގެން ދާނެއެވެ.