ފިނިކުރި ކާބޯތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުންދާ ކުކުޅު ފިހާރައިގެ ޝޯ ރޫމެއް އއ. ތޮއްޑޫގައި ހުޅުވަން ނިންމައިފި

އެތަނުގެ މާކެޓިން މެނޭޖަރު މުހައްމަދު ނަޝާތު ވިދާޅުވީ، އެ ކުންފުނީގެ ފިހާރައެއް މިއަދު ހަވީރު ހަތަރެއް ޖަހާ އިރު، ތޮއްޑޫގައި ހުޅުވަން ނިންމީ ސަރަހައްދުގައި ހިމެނޭ ރަށްތަކަށް ފަސޭހަ ކަމާ އެކު، ފިނިކުރި ކާބޯތަކެތި ފޯރު ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އަދި އެ ޝޯ ރޫމް ހުޅުވުމާއި އެކު އއ. އަތޮޅުގެ ގިނަ ބަޔަކަށް ތާޒާކަމާއެކު ހެޔޮ އަގުގައި، ފިނި ކުރި ތަކެތި ލިބޭނެ ކަމަށް ނަޝާތު ވިދާޅުވިއެވެ.

"މިއީ ކުކުޅު ފިހާރައިން އަތޮޅު ތެރޭގައި ހުޅުވި ފުރަތަމަ ޝޯ ރޫމް. މާލެ އާއި ހުޅުމާލޭގައި ތިން ފިހާރަ ވަނީ ހުޅުވައިފަ. މި މަހުގެ ތެރޭގައި އިތުރު ކުކުޅު ވިއްކާ ޝޯ ރޫމްތައް އެހެން އަތޮޅުތަކުގައި ވެސް ހުޅުވާނެ." ނަޝާތު ވިދާޅުވިއވެެ.

ކުކުޅު ފިހާރައަށް އާންމުންގެ މަގުބޫލުކަން ބޮޑުވެ އީ- ޝޮޕް، އީ- ޝޮޕިން މޯލްއަކަށް ބަދަލުކުރަން ނިންމާފައި ވަނީ ޖޫން މަހުގެ ކުރީކޮޅެވެ.

ނަޝާތު ވިދާޅުވީ އީ-މޯލްގެ ޚިދުމަތް މުޅި ރާއްޖެއަށް ލިބޭނެ ކަމަށާއި، އީ-މޯލް މެދުވެރިކޮށް ޝޮޕިން މޯލްއަކުން ލިބޭ ހުރިހާ އެއްޗެއް ލިބެން ހުންނާނެ ކަމަށެވެ.

ކުކުޅު ފިހާރައަކީ ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބޭނެ ޝޮޕިން މޯލްކަމަށްވާ އިރު އެތަނުން ލިބޭ ހުރިހާ އެއްޗެއް ވެސް އެހެން ތަންތަނަށް ވުރެ އަގު ހެޔޮއެވެ.

މީގެ އިތުރުން ކުރިން އީ-ޝޮޕް މެދުވެރިކޮށް ވިއްކަމުން އައީ ކުކުޅުގެ ބާވަތްތައް އެކަނި ކަމަށްވީ ނަމަވެސް މިހާރު އީ-މޯލް މެދުވެރިކޮށް ކާބޯ ތަކެތީގެ އިތުރުން ރީތިވާ ސާމާނާއި، ގޭތެރެއަށް ބޭނުންވާ ސާމާނުވެސް ލިބޭނެ ކަމަށް ނަޝާތު ވިދާޅުވިއެވެ.

ކުކުޅު ފިހާރައިން ދަނީ ޚާއްސަ ވީކްލީ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. އެ ޕްރޮމޯޝަން ތިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި ކުކުޅު ފިހާރައިން ވަނީ ކަރީކަޓް ތައާރަފްކޮށްދީފައެވެ.

ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ ހުރިހާ ސައިޒެއްގެ ކަރީ ކަޓް ތައާރަފް ކުރުމާއި ގުޅިގެން ވިޔަފާރި ވެރިންގެ ވަގުތު ވަރަށް ބޮޑަށް ސަލާމަތްވާނެ ކަމަށް އެ ފިހާރައިން ފާހަގަކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު