ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލާ އިތުރު ޑޭޓާ އާއި ސްޕީޑް ލިބިގެންދާނެ ގޮތަށް ދިރާގުން މިއަދު އެކުންފުނީގެ ހޯމް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ދިރާގުން މި އަޕްގްރޭޑް ތައާރަފުކޮށްފައިވަނީ ޑިޖިޓަލް ޓެކްނޮލޮނީ ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދުވަސްވަރެއްގައި އަދި ވަކިން ޚާއްސަކޮށް އިންޓަނެޓަށް ނުހަނު ބޮޑަށް ބަރޯސާވާން ޖެހިފައިވާ ދުވަސްކޮޅެއްގައި ކަމަށް ދިރާގުން ބުނެފައި ވެއެވެ.

އަދި މިގޮތަށް ހަމަޖައްސަން ނިންމީ ވޭތުވެ ދިޔަ މަސްތަކުގައި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރާ މިންވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތަން ފެނުމާއެކުގައި ކަމަށް ދިރާގުން ބުނެފައި ވެއެވެ.

އެގޮތުން ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާއެކު ކަސްޓަމަރުންނަށް %20 އާއި %65 އާ ދެމެދުގެ އިތުރު ޑޭޓާ އަދި މާ ރަގަޅު ސްޕީޑްވެސް ލިބިގެންދާނެކަމަށް ދިރާގުން ބުނެފައި ވެއެވެ.

ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެއެވެ.

މިއައި ބަދަލާ ގުޅިގެން ދިރާގު ޗީފް މާކެޓިންގ އޮފިސަރ މަހުމޫދު ދައްސަރ ވިދާޅުވި ގޮތުގައި ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް މި ގެނައި ބަދަލަކީ ދިރާގުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގެގައި ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ. އަދި މި ގެނައި ބަދަލާއެކު ކަސްޓަމަރުންނަށް އިންޓަނެޓް މަހުފީ އިން 21% އާއި %40 އާ ދެމެދުގެ ލުޔެއް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން، ޑިޖިޓަލް ކޮށް ކިޔަވާ، މަސައްކަތް ކޮށް އަދި އެހެނިހެން ކަންތައްތއް ކުރުމަށް އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެކަމަށް އުންމީދުކުރާކަމަށެވެ.

ރާއްޖޭގެ ގިނަ ގޭބިސީތަކަށް މިހާރު ދިރާގު ފައިބަރ ބްރޯޑްބޭންޑް އަޕްގްރޭޑްގެ އިތުރު ސްޕީޑް އަދި ޑޭޓާ ތަޖުރިބާ ކޮށްލެވޭނެއެވެ. އަދި ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ލިބޭ ހުރިހާ ރަށެއްގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕެކޭޖްތައް ތަޖުރިބާ ކޮށްލުމުގެ މަގުފަހިކޮށްދިނުމަށް ދިރާގުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން 16 ރަށެއްގައި މިހާރު ދިރާގުން ދަނީ ނެޓްވޯކް ކެޕޭސިޓީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ. އެގޮތުން އަގު، ކޮލިޓީ އަދި ސްޕީޑަށް އެއްވެސް ތަފާތުކުރުމެއް ނެތި މިހާރު ރާއްޖޭގެ ގޭބިސީގެ 76 އިންސައްތައަށް އަދި 61 ރަށަށް މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދީ ޑިޖިޓަލް ރާއްޖެއަކަށް ދިވެހި ރާއްޖެ ވާސިލްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޔެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މުހައްމަދު

  ދިރާގައް ނުގުޅިގެން އުޅޭތާ 15 ދުވަސް

  12
 2. ވިސްނޭ

  ލާރިކަނީ ހައްދުންނެއްޓޭ ވަރަށް...

  11
 3. ނުރަބޯ

  އެހެން ބަޔަކަށް ފައިބަރބްރޯޑްބޭންޑަށް ހުއްދަ ދިނީމަ އިނގޭނީ ދިރާގުގެ ފެންވަރުވެސް.

 4. ގުއިޗުންމެއި

  ދެކުނކުނިވެސް ކަޑަ ހަމަފެލުން އޮތީ