ދިވެހިންނަކީ ވަރަށް ޓެކްނޮލޮޖީއަށް ފޯރި ހުންނަ ބައެކެވެ. ދިވެހިން އެންމެ ބޭނުން ވާނީ ވެސް އެންމެ ފަހުގެ މޮޅެތި އެއްޗިއްސެވެ. ވަކިން ހާއްސަކޮށް ފޯނާއި ގަޑި މިއީ ދިވެހިންނަށް މާ ކަމުދާ އެއްޗިއްސެވެ. ފެޝަން ވިޔަސް މީހުންނަށް ދެއްކެން ނަމަވެސް ދިވެހިން ގަންނަ މި ސްމާޓް އެއްޗިއްސަކީ އަގު ކުޑަ ހެޔޮ އެއްޗިއްސެއް ވެސް ނޫނެވެ.

ދިވެހިންނަށް އެންމެ ފަހުގެ ފޯންތަކާއި އެންމެ ފަހުގެ ސްމާޓް ގަޑި އާއި ޓެކްނޮލޮޖީގައި ހިމެނޭ ސްމާޓް އުފެއްދުންތައް ރާއްޖެ ގެނެސް ވިއްކަމުން އަންނަ މައިބޭ އިން ވަނީ ރޯލްމީ އެސް08 ރާއްޖޭގެ ބާޒާރަށް ނެރެފައެވެ.

މިދިޔަ ހަފްތާ ތެރޭގައި ރާއްޖޭގެ ބާޒާރަށް ނުކުތް ރޯލްމީ އެސް08 ޔޫރަޕްގެ މާކެޓްތަކުގައިވެސް މިހާރު މަޝްހޫރު އުފެއްދުމެއް ކަން ފާހަގަކޮށްލަން ޖެހެއެވެ.

ރޯލްމީ މިއީ ކޮން ބައެއް؟

ރޯލްމީ އަކީ ޒުވާން ޓެކްނޮލޮޖީ ކުންފުންޏެކެވެ. ސްމާޓް އުފެއްދުންތައް، ދުނިޔޭގެ ބާޒާރަށް ނެރެ، އާއްމުންގެ މަގުބޫލުކަމެއް ހޯދަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން ސްމާޓް ވޮޗްގެ އިތުރުން، ވަޔަލެސް ބްލޫޓޫތު، ހެޑްސެޓް ދުނިޔޭގެ ބާޒާރަށް ނެރެމުން ދެއެވެ.

ރޯލްމީގެ މިޝަންއަކީ އެ މީހެއްގެ އުފެއްދުންތައް "ޒުވާން، ސްޓައިލިޝް އަދި އެހާ ތަފާތު" އުފެއްދުންތަކަކަށް ހެދުމެވެ.

ރޯލްމީ 08 ސްމާޓް ވޮޗްއަށް ބަލާލުމެއް

ރޯލްމީ 08 ސްމާޓް ވޮޗަކީ ކަޅުކުލައިގެ އެންޑްރޮއިޑް، ފުލް ޓަޗް ސްކްރީން ގަޑިއެކެވެ. މި ގަޑީގައި ތިން ޖީބީ ރެމެއް، އިންނައިރު، ރެމްގެ ސައިޒަކީ 32 ޖީބީއެވެ. އަދި މި ގަޑީގެ ފްރޮންޓް ކެމެރާގައި 8 މެގަޕިކްސަލް އިންނަ އިރު، ސައިޑް ކެމެރާގައި އިންނަނީވެސް 8 މެގަޕިކްސަލް ކެމެރާއެކެވެ.

އެހެންކަމުން މިއީ ފޮޓޯ ނެގުމަށްވެސް ފެންވަރުގެ ގަޑިއަކަށް ވެގެންދާނެއެވެ. އަދި މިއީ ވޯޓާ ޕްރޫފް ގަޑިއެއްކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.

މީގެ އިތުރުން މި ގަޑިއަކީ ސްޕޯޓް މޯޑް ގަޑިއެއްކަމުން، ޖިމްގައި އާއި ބޭރުގައި ކުޅިވަރު ކުޅުމުގައި އުޅޭއިރު މިއީ ހަމަ ބެސްޓް ފްރެންޑެވެ.

ރޯލްމީ 08 ސްމާޓް ވޮޗް މައިބޭގައި ވިއްކާ އަގަކީ 3000 ރުފިޔާއެވެ.

މައި ބޭ އަކީ ރޯލްމީގެ ރާއްޖޭގެ އެޖެންޓެވެ. އެ ފިހާރައިން ރޯލްމީގެ ހުރިހާ މޮޑެލްއެއްގެ ސްމާޓް ވޮޗް، ހެޑް ސެޓް ވިއްކަމުން ދާނެއެވެ.

އެގޮތުން އެތަނުން ވިއްކާ ރޯލްމީ މޮޑެލްގެ ސްމާޓް ވޮޗްގެ ތެރޭގައި ރޯލްމީ އެސް08، ރޯލްމީ އެސް07، ރޯލްމީ އެސް06 އަދި ރޯލްމީ އެއާ ޕްރޯ ހިމެނެއެވެ. މީގެ އިތުރުން ރޯލްމީ ވަޔަލެސް ހެޑްސެޓްގެ ތެރޭގައި ރޯލްްމީ ޓީ06، ޓީ07، އަދި ޓީ08 ހިމެނެެއެވެ.

ރޯލްމީ އެސް06

މައި ބޭއިން ވިއްކާ ރޯލްމީ ބްރޭންޑްގެ ތަކެއްޗާއި އަދި އެ ތަނުން ވިއްކާ ފަހުގެ ފޯންތަކުގެ މައުލޫމާތު ހޯދުމަށް ގުޅާނީ 7779554 ނުވަތަ 7959525 އަށެވެ. ނޫނީ ބޮޑުރަސްގެފާނު މަގުގައި ހުންނަ ސައިރިކްސް ކޮލެޖް ކައިރީގައި ހުންނަ އެ ފިހާރައަށް ޒިޔާރަތް ކޮށްލާށެވެ.

ކިޔުންތެރިންގެ ހިޔާލު